Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މި ލިބޭ މުސާރައިން ބޭރު ގައުމުތަކުގައި ދިވެހިންނަށް މާ އަރާމުކޮށް ދިރިއުޅެވޭ
  • ލައިފްސްޓައިލް

މި ލިބޭ މުސާރައިން ބޭރު ގައުމުތަކުގައި ދިވެހިންނަށް މާ އަރާމުކޮށް ދިރިއުޅެވޭ

admin January 23, 2026
2BDBB718-C66C-46EB-B31E-00BC36BA4178

އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އަކީ ވަރަށް ރީތި ތަންގަން ހުރި އަދި ބޮޑެތި ޝޮޕިންމޯލާއި ހިތްފަސޭހަ ކޮށްލާނެ ބޮޑެތި ބަގީޗާތަކާއި ޕާކުތައް ތިބި ގައުމުތަކެވެ. ގޯތިތައް ވެސް ރާއްޖެއާއި އަޅަބަލާއިރު ނިސްބަތުން ބޮޑު ވެފައި ދިރިއުޅުމުގެ ހަރަދުތައް ރާއްޖެއާއި އަޅަބަލާއިރު ބޮޑުތަނުން ކުޑައެވެ.

ދެކުނު އޭޝިއާގެ ތަރައްގީ ވެފައިވާ ގިނަ ސިޓީތަކުގައި ވެސް މުސާރައިގެ ގޮތުގައި މަހަކު 500 ޑޮލަރު ލިބުނަސް އަރާމުކޮށް ދިރިއުޅެވޭނެއެވެ. ރާއްޖޭގައި ދެމަފިރިން މަސައްކަތް ކޮށްގެން މަހަކު 1500 ޑޮލަރުގެ މުސާރައެއް ގެއަށް ވެއްދިޔަސް ދެކޮޅުޖެހޭ ގޮތެއް ނުވެއެވެ. މިވަރުގެ މުސާރައެއް ލިބޭނަމަ ލަންކާ ނުވަތަ އިންޑިއާގައި މާ އަރާމުކޮށް ދިރިއުޅެވިދާނެއެވެ.

ރާއްޖޭގެ 8000 ރުފިޔާއިން އިންޑިއާ، ޕާކިސްތާން އަދި ލަންކާ ފަދަ ގައުމުތަކުގައި އެޕާޓްމަންޓެއް ނަގައިގެން އެތަނަށް ކުލި ދައްކައިގެން. އަސާސީ ބޭނުންތައް ފުއްދައިގެން ދިރިއުޅެވެއެވެ. މީގެ މިސާލުތައް ކޮލަމްބޯ، ލާހޫރު، ނުވަތަ ޗެންނާއީ ފަދަ ސިޓީތަކުން އެހެރީ ފެންނާށެވެ. މި ސިޓީތަކުގައި އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އެވްރެޖް ކުލި އުޅެނީ 100 ޑޮލަރާއި 250 ޑޮލަރާއި ދެމެދުގެ އަގެއްގައެވެ. 3 ނުވަތަ 4 ކޮޓަރީގެ އެޕާޓްމެންޓް 300 ޑޮލަރާއި 400 ޑޮލަރުގެ މަހުކުއްޔަކަށް އެބަ ލިބެއެވެ.

ދެން އޮތީ ކެއުމުގެ ޚަރަދެވެ. ޢާންމު ސައިހޮޓަލަކުން ނުވަތަ ރެސްޓޯރަކަށް ދިޔ ކަމުގައި ވިޔަސް، 5 ޑޮލަރާއި 10 ޑޮލަރާއި ދެމެދުގެ އަގަކުން ހެސްކިޔާފައި ބަކަރިމަހާއި ބަތާއި ނުވަތަ ކުކުޅާއި ފަރާޓާ އާއި ބިރިޔާނީ ފަދަ އެއްޗެހިން ކޮންމެވެސް އެެއް ކެއުން ކާލެވެއެވެ. އަދި އެއާއި އެކީގައި އައިސްކްރީމް އަޅާފައި ހުންނަ ބޮޑު ބިއްލޫިތައްޓެއްގައިވާ މީރު ފަލޫދާގެ ބުއިމެއް ވެސް ގަނެވޭނެއެވެ. މި ހުރިހާ ކަމަކަށް ރާއްޖޭގެ 200 ރުފިޔާ ނާރައެވެ.

މިއާ ޚިލާފަށް ރާއްޖޭގައި، ޚާއްޞަކޮށް މާލެއާއި ހުޅުމާލޭގައި، ދެކޮޓަރީގެ އެޕާޓްމަންޓަކަށް ކުލި ދައްކަން އެކަނި ވެސް 10،000 އާއި 15000 ރުފިޔާ ދެމެދުގެ އަގެއް ހޭދަވެއެވެ. އެއް ކޮޓަރިއެއްގެ އަގު ވެސް ގިނަ މީހުން ދެނީ 5000 އާއި 7000 ރުފިޔާ އާއި ދެމެދުގެ އަގަކަށެވެ. ދެން އޮތީ ކާއެއްޗެހީގެ ވާހަކައެވެ. އާދައިގެ ހޮޓަލަކުން ރޮށްޓައި ރިހައާއި ކާލައިގެން ބިލް ދައްކަން ދާއިރު 100 އަށްވުރެ ބޮޑެވެ. ފަލޫދާ އަކާއި ބަކަރި ނުވަތަ ގެރިމަހާއި ބަތް ކާލައިގެން ބިލް ދައްކަން ބަލާއިރު 500 ރުފިޔާ އިން ފުއްދާނުލެވޭނެއެވެ.

މި ޚަރަދު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިން އިމްޕޯޓަށް ބަރޯސާ ވުމެވެ.

ރާއްޖޭގެ ބައެއް ކުންފުނިތަކުން މިހާރު ވެސް މުދާ ގެންނަނީ ލިބެންޖެހޭ އަގަށް ވުރެ ބޮޑުކޮށެވެ. މިސާލަކަށް އެސްޓިއޯ އަށް ބަލާލަމާ ހިނގާށެވެ. އިންޑިއާ އިން ތަރުކާރީ އާއި މޭވާ އާއި ބިސް ފަދަ ތަކެތި މިހާރު ލިބޭ ރޭޓަށް ވުރެ މާ އަގުހެޔޮކޮށް ރާއްޖެއަށް ލިބެން އެބަ ހުއްޓެވެ. އެ ފުރުސަތު ވެސް އެސްޓީއޯ އަށް ލިބިފައި ވެއެވެ. މިހާރު އެސްޓީއޯ އަށް ފިޔާ، އަލުވި، ބިސް ލިބޭ އަގަށް ވުރެ މާ އަގު ހެޔޮކޮށް އެތަކެތި ބަރާބަތަށް ސަޕްލައި ކޮށްދޭނެ ސަޕްލަޔަރަކު ލިބެން ހުއްޓެވެ. ނަމަވެސް އެސްޓީއޯގެ ޕްރޮކިއުމެންޓުން ވެސް ބޭނުމީ މުދާ ހޯދުމުގައި އަބަދުވެސް ޑީލް ހަދާފައިވާ ސަޕްލަޔަރުތަކުގެ ބޭނުން ހިފާށެވެ. އެ ފަރާތްތަކަށް އިތުބާރު ކުރެވޭލެއް ބޮޑުކަމުންނެވެ. މުދާ ޝޯޓޭޖް ނުވާނެ ކަމުގެ ޔަޤީންކަމަށް ޓަކައި ކަމަށް ވެސް ވެދާނެއއވެ. ނަމަވެސް، މިހާ އަގު ހެޔޮކޮށް ބަރާބަރަށް މުދާ ސަޕްލައި ކޮށްދޭނެ ބަޔަކު އެސްޓީއޯއަށް ޕްރޮޕޯސް ކުރީމާ ޓެސްޓަކަށް ނަމަވެސް އެސްޓީއޯ އިން އެ ފުރުސަތުގެ ބޭނުން ހިފުން ރަނގަޅެވެ. އޭރުން ރައްޔިތުންނަށް 14 ރުފިޔާ އަށް ބައެއްފަހަރު ލިބެން ހުން ފިޔާކިލޯ 7 ރުފިޔާއަށް ލިބޭނެއެވެ.

ދެން ހުރީ ކޮންސްޓްރަކްޝަން މެޓީރިއަލެވެ. ޢިމާރާތްތަކުގެ ކުލި އަގުބޮޑުވަނީ ވެސް ޢިމާރާތް ކުރުމުގެ ޚަރަދު ބޮޑުކަމުންނެވެ. ޢިމާރާތެއް ކުރާނަމަ ބޭނުންކުރަންވީ ޗައިނާގެ އެންމެ އާދައިގެ ތަކެއްޗެއް ނޫނެވެ. ސޭފްޓީ އަށް ބަލަން އެބަ ޖެހެއެވެ. ގެއެއް ޢިމާރާތް ކުރަންވާނީ ގިނަ ދުވަހު ދިރިއުޅެވޭނެ ގޮތަށް، ފެންވަރު ރަނގަޅަށެވެ. ރާއްޖެއަށް 750 ޑޮލަރަށް އެންމެ ކޮލިޓީ ޔޫރަޕްގެ ދަގަނޑު ނުލިބެންވީ ސަބަބެއް ނެތެވެ. އެކަމަކު ވެސް ވިލާ އިންނާއި އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކުން ދަގަނޑު ގެންނަނީ ވެސް އަސްލު އަގަށް ވުރެ ބޮޑު އެއްޗެއް ދީފައެވެ. 750 އަށް ލިބޭ އެނބުރި ދަގަނޑު ޓަނު ވެސް ބިލް ކޮށްފައި ހުންނަނީ 800 އެއްހާ ޑޮލަރަށެވެ. މި ދައްކަނީ ޙަޤީޤީ ވާހަކަ ތަކެވެ. ޢިމާރާތްތަކުގެ ކުލީގެ ޚަރަދު ބޮޑުވެފައިވާ އެއް މައްސަލައަކީ މިއެވެ.

ކޮންމެޔަކަސް، ކާބޯތަކެއްޗަކީ ރާއްޖޭގެ އެންމެނަށް ބޭނުންވާ ވަރަށް ދިވެހި ފަސްގަނޑުގައި ހެއްދިފައިވާ އެއްޗެއް ނޫނެވެ. ސަރުކާރުން މިކަމުގައި ބޮޑެތި ހޭދަތަކެއް ކުރިޔަސް އެކަށީގެމްވާ ނަތީޖާއެއް ނުފެނެއެވެ.

ރާއްޖޭގެ ދިރިއުޅުމުގެ ޚަރަދު މިހާ ބޮޑީ ބޭރުން ގެންނަ މުދާތަކުގެ ޝިޕިންގ ޚަރަދާއި ޓެކްސްގެ ސަބަބުން އަގުތައް އުފުލުމުންނެވެ. މިކަންކަން ހައްލު ކުރެވޭނީ ސަޕްލަޔަރު ބަދަލުކޮށްގެން ކަމަށް ދެކެމެވެ.

ރާއްޖެއަކީ ބޯކޮށް ޑޮލަރު ވަންނަ ތަނެއް ނަމަވެސް ޑޮލަރުވެސް މިތިބީ މަދު ބައެއްގެ އަތުގައެވެ. ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޑޮލަރު އަތުޖެހޭނެ ގޮތެއް ހެދިފައެއް ނެތެވެ. ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގައި ރައްޔިތުން ޑޮލަރު ފަހަތުން ނުދިޔަޔަސް، ރާއްޖޭގެ 8000 ރުފިޔާ މަހުމުސާރައަށް އެމީހުންނަށް ލިބޭ ނަމަ މެދުފަންތީގައި ފަސޭހަކަމާއެކު ނުދަރައި ދިރިއުޅެވޭނެއެވެ.

ލޭޑީސް ފިންގާ އަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް

ކުންނާރު ފަތަކީ ސިހުރާއި އެސްފީނާ އަށް ފަރުވާއެއް

ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމީ ޚަޒާނާ ގެއްލި މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް - ޝާޒް ވަލީދު

Continue Reading

Previous: ޣައްޒާގެ އައްސޭިފަށުގައި ދެން ހުންނާނީ ރިސޯޓުތައް: ޓްރަމްޕުގެ އާއިލާ
Next: ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

Related Stories

156B117E-4E4B-4355-B788-A2BECAB2AD1F
  • ރިޕޯޓް
  • ލައިފްސްޓައިލް

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ ރަމްޒީ ސިޔާސަތަކަށް ވުމުގެ ނުރައްކާ އެބައޮތެވެ!

admin February 12, 2026
A95D23B6-4A7A-4051-83AF-4944FEBC9BE2
  • ލައިފްސްޓައިލް
  • ޚަބަރު

ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމީ ޚަޒާނާ ގެއްލި މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް – ޝާޒް ވަލީދު

admin January 26, 2026
IMG_9329
  • ފޮޓޯއިން ބުނެދެނީ
  • ލައިފްސްޓައިލް

ކުންނާރު ފަތަކީ ސިހުރާއި އެސްފީނާ އަށް ފަރުވާއެއް

admin January 13, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.