Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ގުރުއަތުން ލިބުނު ފުލެޓުތައް ވެސް މިސަރުކާރުން އަތުލުމުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް
  • ޚަބަރު

ގުރުއަތުން ލިބުނު ފުލެޓުތައް ވެސް މިސަރުކާރުން އަތުލުމުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް

admin September 14, 2025
E4436502-E24B-41BA-ACB4-B562DEC9BE75

ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ޙައްޤު ގޮތުގައި ފުލެޓު ލިބުނު ފަރާތްތަކުގެ އަތުން މި ސަރުކާރުން ފުލެޓުތައް އަތުލަމުންދާތީ، އަދި ގުރުއަތުން ލިބިފައިވާ ފުލެޓުތައް ވެސް މިސަރުކާރުން އަތުލާފައިވާތީ، ރައްޔިތުންގެ މެދުގައި ސަރުކާރަށް ނުރުހުން ބޮޑުވެއްޖެއެވެ. މި ކަމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުން އަންނަ އިރު، ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ހިތްތަކުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު އެއްބަސްވުމުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށެވެ. މީގެ ކުރިން ބައެއް ފަރާތްތަކަށް ލިބުނު ފްލެޓުތައް މި ސަރުކާރުން ނުހައްޤުން އަތުލަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު، މިކަންކަން މިހެން ހިނގަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4،000 ފްލެޓުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވީ، މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވާ ކަމަށެވެ. އަދި 3،119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓާއި، މެއިންޓަނެންސް ފީ ދައްކާފައިވާކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. މި ފީ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ. މިއީ ސީދާ ވަކި ބައެއްގެ ހައގުތަކަށް އަރައިގަނެ ކޮށްފައިވާ ކަމެއް ކަމަށް ފެންނާން އެބައޮތެވެ. ބަޔަކަށް ލިބިފައިވާ ފުލެޓިތަކެއް އެއްވެސް ސަރވޭ އެއް ކުރުމެއް ނެތި ތިމާ ބޭނުންހާ ގޮތަކަށް ބޭނުންވާ ބަޔަކަށް މިސަރުކާރުން ދިނުމަކީ ނާޖާއިޒު މަންފާތަކެއް ސަރުކާރުގެ ވެރިން ނެގުމަށް ކުރަމުންދާ ވިޔާނުދާ އަދި ވަރަށް ހަޑި މުޑުދާރު އަމަލެއް ކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ފުރާފައިވާ ފޯމުން ލިބުނު ފުލެޓް މިސަރުކާރުން އނިގުޅައިގަނެފައި ވާތީއެވެ.

ޕޮއިންޓުގެ ގޮތުން ބަލާފައި ކުރީ ސަރުކާރުގެ ގުރުއަތުން ލިބުނު ފުލެޓުތައް މި ސަރުކާރުން އަތުލައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ މި ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް ބެލެވޭ. އެކަމަކަށް މަޢާފެއް ނުކުރެވޭނެ! މީހެއްގެ ޙައްޤަކަށް ނާރާނަމޭ ކިޔައި ، ޙައްޤު ގޮތުގައި ލިބުނު ފުލެޓުތައް މި ސަރުކާރުން ނިގުޅައިގަނެފި ކަމުގެ ހެކި އެބަހުރި!


އެފްޑީސީން ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ ކުއްޔަށް 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓް ފީގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ތިން ކޮޓަރީގެ ތަންތަން 9،500 ރުފިޔާއަށް ދޫކުރަން ނިންމާފައިވާއިރު، އެ ތަންތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓް ފީގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.
މި 4،000 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 2800 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. މި އެޕާޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
މި މަޝްރޫޢުގެ ދަށުން ހަދާ “ދޯދި ޓަވަރު” އަދި “އުދަރެސް ޓަވަރު”ތަކުގައިވެސް ސްޓްރަކްޗަރަލް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާފައެވެ. އަދި ހުރިހާ ޓަވަރުތަކުގައިވެސް ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. ޢިމާރާތުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ނިމިފައިވަނީ އުދަރެސް ޓަވަރުތަކުގެއެވެ. އަދި ދޯދި ޓަވަރުތަކުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ. މި މަޝްރޫޢުތައް މިހާރު ކުރިއަށްދާ ނަމަވެސް، ފްލެޓު ލިބުނު ފަރާތްތަކުގެ އަތުން ފްލެޓު އަތުލުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަން ފާހަގަކުރެވެއެވެ.

ލީކު: ޣައްޒާ އަކީ އެމެރިކާގެ ވަގުތީ ސްޓޭޓަކަށް ހަދަން މަސައްކަތް ކުރަނީ

ހަނގުރާމަ ހުއްޓުވަން ފެއިލް ވި އދ ގެ ބާރު ކަނޑުވާލަނީ

މި ސަރުކާރުން ޙައްޖު ކޯޓާއިން ވައްކަމެއް ނުކުރާނެ

Continue Reading

Previous: އިނާޔަތް ކުޑަކުރުން: އަންނިގެ ތާއީދު ރައީސް މުޢިއްޒަށް
Next: ހާލަންޑުގެ ދެގޯލާއެކު ސިޓީއަށް މޮޅެއް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.