ނައިޖީރިއާގެ މުސްލިމު ބޮޑު އާބާދީ އެއް އޮންނަ ސަރަޙައްދެކެވެ. އެމީހުން ހޭލީ ބުދަ ވިލޭރޭ ފަޖުރަށް ތައްޔާރުވާށެވެ. ނަމަވެސް ފަތިހުގެ ބަންގީގެ އަޑު އިވުމުގެ ކުރިން އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
މިއީ އިސްލާމިކް ސްޓޭޓާއި ގުޅުން ހުރި ބަޔަކު ވޯރޯ އާއި ނޫކު އަވަށަށް ވަދެ ރައްޔުތުންގެ އަތް ފައި ބަނދެ، އަނެއް ބަޔެއްގެ ގަޔަށް ބަޑި ޖަހައި، އެކި އަނިޔާތައް ކޮށްލުމަށްފަހު 200 އެއްހާ މީހުން މަރައިލި ހާދިސާއެވެ.
ސައިކަލުތަކުގައި ހަތިޔާރު ހިފައިގެން އައި ބަޔަކު ވަނީ ގެދޮރުގައި ހުޅުޖަހައި އަންދާލައި، ނުވިތާކަށް ދިހަވަރަކަށް އަންހެނުންނާއި ކުޑަކުދިން ރަހީނު ކޮށްގެން ވެސް ގެންގޮސްފައެވެ.
ބުދަ ވިލޭރޭ މި ހާދިސާ ހިނގި އިރު އެކަން ނުދަންނަ މީހަކު ވެސް އުޅުނެވެ. (މުހައްމަދު ކާސިމް) ކިޔައިދިން ގޮތުގައި އެރޭ ފަތިސްނަމާދަށް މިސްކިތް “ފަޅު”ކަން އޭނާ އަށް އިޙްސާސް ކުރެވުނެވެ. އެއީ ޢާންމުކޮށް އަބަދުވެސް ޖަމާޢަތަށް އަންނަ ބަޔަކު އެރޭ ނާންނާތީއެވެ. “ފަހުން އެނގުނީ… އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!
