Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބުރު މޮޅުވެ ހަތަރެއްގައި ހަމަޖެހިލައިފި
  • ކުޅިވަރު

ބުރު މޮޅުވެ ހަތަރެއްގައި ހަމަޖެހިލައިފި

admin January 5, 2026
IMG_9070

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް 3-1 އިން ބަލިކޮށް، މައްޗަން ގޮޅީ ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ 4 ގައި ހަތަރު ހަމަޖެހިލައިފިއެވެ.

މީގެ ކުރިން ބުރުން ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-3 ލަނޑުން ބަލިވެފައެވެ.

މިރޭގެ މޮޅާއި އެކު 13 މެޗުން ބުރަށް 23 ޕޮއިންޓް ލިބިފައި ވާއިރު، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަަބު ވެސް އޮތީ 23 ޕޮއިންޓުގައެވެ. ނަމަވެސް ބުރަށް ވުރެ 1 މެޗު މަދުން ކުޅެގެންނެވެ.
މާދަމާ ރޭ ނިއު ނުކުންނާނީ ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ 37 ވަނަ މިނިޓްގައި ހަޑްސަން ޑިއާޒް އެވެ. އޭނާ މި ގޯލު ޖެހީ ގްރީން ސްޓްރީޓްސްގެ ކީޕަރު ނައިޖީރިއާގެ އޯޖޯ ހެދި ގޯހަކުން ފައިދާ ނަގައިގެންނެވެ.

ފުރަތަމަ ހާފް ނިންމައިލީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ހާފު ފަށައިގެންއަށް މިނިޓް ތެރޭ ބުރުގެ މުހައްމަދު ނާއިމް ގޯލެއް ޖަހައި ނަތީޖާ ފުޅާކުރިއެވެ. މިއީ ވެސް ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ޑިފެންސްނުކުރެވި ދޫވި ބޯޅައެކެވެ. ނާއިމް އެ ބޯޅަ ފޮނުވައިލީ ގޯލުގެ ތިރީ ކަނަށެވެ.

ބުރުގެ ފަހު ގޯލު ޖެހީ ލިބުނު ޕެނަލްޓި އަކުން ބަދަލު ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާނު) އެވެ. އެއީ 85 ވަނަ މިނެޓުގައެވެ. މި ޕެނަލްޓީ އަކީ، ނާއިމް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.

13 މެޗުން 8 ޕޮއިންޓާއި އެކު ތާވަލުގެ 8 ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އިން ލަނޑު ޖެހީ މެޗުގެ އިތުރު މިނެޓް ތެރޭގައެވެ. މިއީ، ގްރީން ސްޓްރީޓްސްގެ ފަހަތުން ކުޅުނު ދިގު ބޯޅައަކުން ބުރުގެ އޭރިއާތެރެއިން އަރައި، މިސްރުގެ ޑިފެންޑަރު، އެލްސައީދު ބޮލުން ޖަހައި ވައްދައިލި ބޯޅައެކެވެ.

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

ގައުމީ ވޮލީ ލީގު: ޕޮލިހުން ލީގު ހޯދުމާއި ގާތަށް

Continue Reading

Previous: ސަރުކާރުން ރައްޔިތުންގެ އަޑުއަހައި ފުންކޮށް ވިސްނުމަށް އީރާނުގެ ހުކުރު ޚުޠުބާއި ގޮވާލައިފި
Next: މެޖޯރިޓީ ބޭނުން ވިޔަސް، ޙަރާމެއް ޙަލާލެއް ނުކުރެވޭނެ

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.