Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ލިވަޕޫލާއި ފުލަމް މެޗު – އޮފަސައިޑޭ ބުނި ގޯލް ރަނގަޅު
  • ބޭރު ކުޅިވަރު

ލިވަޕޫލާއި ފުލަމް މެޗު – އޮފަސައިޑޭ ބުނި ގޯލް ރަނގަޅު

admin January 5, 2026
IMG_9047

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން ރަށުން ބޭރުގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު އެ ޓީމަށް 20 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ފުލަމް އަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. 

މި މެޗުގެ 17 ވަނަ މިނިޓުގައި ފުލަމްގެ ހެރީ ވިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. 

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ލިވަޕޫލްގެ ފްލޯރިއަން ވާރޓްޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. 

ލިވަޕޫލް އިން ޖެހި މި ލަނޑު ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ނިންމި ނަމަވެސް ގިނައިރުތަކެއް ވަންދެން ވީޑީއޯ ބެލުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީން ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފަ އެވެ. 

މި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ފުލަމް ޓީމުގެ މެމްބަރަކަށް ކުރިމަތިވި މެޑިކަލް އިމަރޖެންސީ އަކާއި ގުޅިގެން ރެފްރީ ވަނީ މެޗުގެ ކުޅުން 15 މިނިޓަށް މެދުކަނޑާލާފަ އެވެ. 

މި މެޗުގައި ލިވަޕޫލް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި ކޯޑީ ޖެކްޕޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. 

ނަމަވެސް އޭގެ ތިން މިނިޓު ފަހުން ފުލަމްގެ ހެރިސަން ރީޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

ލިވަޕޫލާއި އާސެނަލް މެޗު ނިންމާލީ ޕޮއިންޓަކުން

އެމްބާޕޭއަށް ރަތެއް ދެއްކިޔަސް ރިއަލް މޮޅުވެއްޖެ

ޑޮނަރޫމާ ގެނެސް ގާޑިއޯލާ ގަދަކޮށްފި

Continue Reading

Previous: ބޮޑު ދެއިންތިޚާބު އެއްކޮށްލަން މަޖިލީހަށް ހުށަހަޅައިފި
Next: ލޭޑީސް ފިންގާ އަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.