Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބޮޑު ދެއިންތިޚާބު އެއްކޮށްލަން މަޖިލީހަށް ހުށަހަޅައިފި
  • ޚަބަރު

ބޮޑު ދެއިންތިޚާބު އެއްކޮށްލަން މަޖިލީހަށް ހުށަހަޅައިފި

admin January 5, 2026
5FD8C555-15B9-4124-9EF3-8EAE17610049

ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ.

މި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. މީގެ އިތުރުން، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ވަނީ ހުށަހަޅުއްވާފައެވެ. މި ބަދަލާއެކު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި މިހާރު ހިނގަމުންދާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.

މި ބަދަލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގެންނަ ބަދަލެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. ޖުލައި 7، 2024ގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށެވެ.

އިންތިޚާބުތަކުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި އިރު، ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.

“ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކު އެކީގައި ބޭއްވުމުން،” .. ރައީސް

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައްތައް ހަމަޖައްސައިދިނުމަށް ސަރުކާރަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

އޮޑިދޯނި ގަތުމަށް ފައިނޭންސިން ސްކީމް ތަޢާރަފް ކުރަނީ

މުލީގައި 300 ހައުސިންގ ޔުނިޓް އަޅަނީ

Continue Reading

Previous: ފޯނުން ޖުވާ ކުޅުނަސް ޖަލަށް ލެވޭ ގޮތަށް ހަދަނީ
Next: ލިވަޕޫލާއި ފުލަމް މެޗު – އޮފަސައިޑޭ ބުނި ގޯލް ރަނގަޅު

Related Stories

Screenshot_20260215-112302
  • ލައިފްސްޓައިލް
  • ޚަބަރު

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

admin February 15, 2026
Screenshot_20260215-112800
  • ޚަބަރު

ރޯދަމަހު އޮފީސް ގަޑިއަށް އިތުރު ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުން ބުނެފި

admin February 15, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.