ޕޯޗުގަލްގެ ފުޓުބޯޅައިގެ ރަސްގެފާނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބިލިއަނަރު އެލޮން މަސްކު ސިއްރިޔާތުގައި އިސްލާމް ދީން ކިޔަވަމުންދާ ކަމަށް އަޑު ފެތުރިއްޖެ އެވެ.
މި ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރެމުންދާއިރު، ވައިރަލް ވަމުންދާ ޕޯސްޓްތަކުގައި ރޮނާލްޑޯ މިސްކިތްތަކަށް ޒިޔާރަތްކުރާ މަންޒަރާއި، ބަންގި ގޮވާއިރު ވާހަކަދެއްކުން ހުއްޓާލައި ބަންގި އަށް އިހްތިރާމް ކުރާ މަންޒަރާއި، ބަނގުރާ ބުއިމުން ދުރުހެލިވާ ފޮޓޯތަކަށް އިޝާރާތްކޮށްފައިވެއެވެ. ރޮނާލްޑޯ އަކީ ރާ ބޯ މީހެއް ނޫނެވެ.
ބައެއް ޕޯސްޓްތަކުގައި ނަން ސެންސަރުކުރުމަށްފަހު ރޮނާލްޑޯގެ ކުލަބުގެ މެމްބަރުންނާއި ހަވާލާދީ ބުނެފައި ވަނީ އޭނާ މިހާރު ޝަހާދަތް ވެސް ކިޔާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ރޮނާލްޑޯގެ އެއްވެސް އިންޓަވިއުއެއްގައި މިކަން ކަށަވަރުކޮށްދީފައި ނުވެއެވެ.
އަނެއްކޮޅުން މުސްލިމުންނަށް މިނިވަންކަމާއި އެކު ވާހަކަ ދެކުމުގެ ފުރުސަތު އެކްސް އިން ލިބޭނެ ކަމަށާއި، މުސްލިމުންނާއި ދެކޮޅަށް ހުޅަނގުގެ މީޑިއާތަކުގައި ވާހަކަ ދައްކާތީވެ އެލޮން މަސްކު އެކަމާއި މެދު ވަނީ ހިތްހަމަނުޖެހިފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެލޮން މަސްކް ވެސް މަޑުމަޑުން އިސްލާމް ދީނާއި މެދު ޝައުގުވެރިކަން އުފެދެމުންދާ ކަމަށެވެ.
