Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި
  • ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

admin September 16, 2025
IMG_7253

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން ކުރިއަށްދާ މަގު ފުޅާކުރުމާއި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިނގާގޮތް މިއަދު ބައްލަވާލައްވައިފިއެވެ. މިއީ މާލޭގެ މައި މަގެއް ޒަމާނީ ފެންވަރަށް، ހަތަރު ލޭނަށް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެކެވެ.


މި މަޝްރޫޢު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ނިންމައި އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ. މަގު ހަތަރު ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މާލެ އުތުރުފަރާތުން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.


ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގަތީ، އެމް.އެމް.އޭ ސަރަހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށެވެ. އެ ސަރަހައްދަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދެންނެވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.


މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކޮށް އިންސްޓޯލް ކުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. އަދި ބިން ހިއްކުމުގެ 82 އިންސައްތަ މަސައްކަތްވެސް މިހާތަނަށް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް އަބްދުﷲ ފާއިޒް ވިދާޅުވީ، ހިއްކުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އޮކްޓޫބަރު 13 ގެ ނިޔަލަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ނިންމާލުމަކީ ޓާގެޓެއްކަމަށް އޭނާ ވިދާޅުވިއެވެ. މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓް އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމައި އާންމުނަށް ހުޅުވާލުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.


ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މިމަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 830 މީޓަރުގެ ސަރަޙައްދު (އޭގެ ތެރެއިން 737 މީޓަރުގައި އެއްގަމު ތޮށީގެ މަސައްކަތް) ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.


ބޮޑުތަކުރުފާނު މަގު ތަރައްޤީވެ ނިމޭއިރު، ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ. މިއީ މާލޭގައި އެންމެ ކާރުބާރުބޮޑު ސަރަޙައްދަކަށްވުމުގެ އިތުރުން މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރާއި ގިނަ އޮފީސްތައްވެސް ހިމެނޭ ސަރަޙައްދެކެވެ.

ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ

ވިޔަފާރި ބަނދަރު ވިއްކާލާކަށް ނޫޅޭ - މިނިސްޓަރު

15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ

Continue Reading

Previous: މީޑިއާ ބިލު ޤާނޫނުއަސާސީއާއި ތަޢާރުޒުނުވާ ކަމަށް ކައުންސެލަރ ޖެނެރަލް ވިދާޅުވެއްޖެ
Next: ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.