Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ!
  • ކޮލަމް
  • ދީން

އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ!

އަލްއުސްތާޛް ޢަލީ އާދަމް September 11, 2025
IMG_7184

އެމް.ޑީ.ޕީ. އަށް ރާއްޖޭގެ ވެރިކަން ކުރުމަށް ދެދައުރު ލިބިއްޖެ ބޭރުގެ ޖިޔޯ ޕްލިޓިކްސް އާއި ރާއްޖޭގެ ކަންކަން ހިނގަމުން އައިސްފައިވާ ގޮތަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ރިޢާޔަތް ކުރާ ނަމަ ދެންނެވޭނީ އެމް.ޑީ.ޕީ ގެ ވެރިކަމުގެ ނަތީޖާއަށް ބަލާއިރު، މިއީ އިސްމީ ދައުލަތަކަށް ވީހިނދު އެމް.ޑީ.ޕީ.އަށް ރާއްޖޭގެ ވެރިކަން ދިނުން ހުއްދަ ނުވާނެކަމެވެ،

އެހެންކަމުން މާތްﷲއާއި ރަސޫލާمحمد صلى اللّه عليه وسلّم ގެ ރިސާލަތު ޤަބޫލުކުރާ އާޚިރަތް ދުވަހާއި ޤިޔާމަތް ދުވަހަށް އީމާންވާ އަދިﷲ ޚަރާމްކުރެއްވިހާކަމަކަށް ނަފްރަތުކުރާ ކޮންމެ މީހަކު ވެސް މާތްވެގެންވާ އިސްލާމް ދީނާއި މިޤައުމުގެ މިނިވަންކަމާއި މުޅިޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް އިޙްލާޞްތެރިވެ އަމާނާތެރިވެ ﷲ ގެ ވަޖުހުފުޅައްޓަކައި ، މިކަންކަން ހިމާޔަތް ކުރުމުގައި އެއްގޮތެއްގައި ، ސާބިތުވެ ޢަޒުމުކަނޑައަޅައިގެން ތިބުމުގެ ތަވްފީޤު ދެއްވުން އެދި ، ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ އަރިހަށް ވަޞިއްޔަތް ކުރަމެވެ.

قوله تعالى: قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ (88)
سلآمލެއްވި شعيبގެ ފާނުވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން ހެޔޮވެގެންވާ رزق ދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، إصلاح ކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި اللَّه ގެ حضرة ން މެނުވީ، އަހުރެންނަށް توفيق ލިބުމެއްނުވެތެވެ. އަހުރެން وكيل ކުރަނީ، އެކަލާނގެއަށެވެ. އަދި توبة ވަނީވެސް، އެކަލާނގެ حضرة އަށެވެ. (88)
މިއާޔަތުގެ ތަފްސީރު:

ޝުޢައިބު عليه السلام އެބައިމީހުންނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހުންނެވީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ޙުއްޖަތާއި ދަލީލުގެ މަތީގައި ކަމަށް ވެފައި އެކަލާނގެ ތިމަންކަލޭގެފާނަށް ޙިކްމަތްތެރިކަމާއި ނަބީކަން ދެއްވާފައިވާނަމަ، ތިޔަބައިމީހުން މަގުފުރެދުމުގެ ތެރެއަށް ދޫކުރައްވައި، ޝިރުކުކުރުމާއި، ހުތުރު ޢަމަލުކުރުން ތިޔަބައިމީހުންނަށް މަނާ ނުކުރެއްވުމީ ތިމަންކަލޭގެފާނު ކުރެއްވުން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ ތިޔަބައިމީހުންނަށް އެއްވެސް ކަމެއް މަނާކުރައްވާފައި އެކަން ކުރައްވާ ބޭކަލަކު ކަމުގައި ތިމަންކަލޭގެފާނު ނުވެއެވެ.

ތިމަންކަލޭފާނު ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ ތިމަންކަލޭގެފާނުގެ އަމިއްލަފުޅު ނަފުސަށްވެސް އަމުރުކުރައްވާ ކަންތަކަށެވެ. ތިމަންކަލޭގެފާނުގެ މިގޮވައިލެއްވުމުން ތިމަންކަލޭގެފާނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުންގެ އިޞްލާޙަށާއި ކާމިޔާބީއަށް މެނުވީ ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަވަމެވެ. މާތް ﷲގެ އެހީތެރިކަމާއެކު މެނުވީ އަޅާއަށް ހެޔޮކަމަށް ތައުފީޤު ނުލިބެއެވެ.

ތިމަންކަލޭގެފާނުގެ ހުރިހާ ކަމެއްގައި ތިމަންކަލޭގެފާނު ވަކީލުކުރައްވަނީ ހަމައެކަނި މާތް ﷲގެ ޙަޟްރަތަށެވެ. ތިމަންކަލޭގެފާނު ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައިގަންނަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ.
އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. ދެން، އެކަލޭގެފާނު މިވަނީ ކާފިރުކަމާއި އުރެދުމުގައި ދެމި ތިބުމާއި، މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަތުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި އިންޒާރުކުރައްވާފައެވެ. އެކަލޭފާނު ވިދާޅުވިއެވެ.

وَيَـٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَـٰلِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ ﴿٨٩﴾
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް مصيبة ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) نوح ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ هود ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ صالح ގެފާނުގެ قوم ގެމީހުންނަށް ޖެހުނުފަދަ مصيبة އެކެވެ. لوط ގެފާނުގެ قوم ގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ. (89)
މިއާޔަތުގެ ތަފްސީރު:

ތިމަންކަލޭގެފާނަށް އޮތް ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އެއީ ތިޔަބައިމީހުން ރަޙްމާނުވަންތަ ރަސްކަލާނގެއަށް އީމާންވުން ދޫކުރަންޖެހޭ ސަބަބަކަށް ނުހަދާށެވެ. އެކަމަކުގެ ސަބަބުން ތިޔަބައިމީހުންނަށް މާތް ﷲގެ ކޯފާ ޙައްޤުވެދާ ހުށްޓެވެ. އޭރުން ތިޔަބައިމީހުންނަށް ކުރީގެ ކާފިރު ޤައުމުތަކަށް އައި ފަދަ ޢަޛާބެއް އަތުވެދާނެއެވެ. ނޫޙު عليه السلام ގެ ޤައުމު ޠޫފާނުން ނެތިދިޔަ ފަދައިން، ޞާލިޙު عليه السلام ގެ ޤައުމު ބިންހެލުމާއި ބިންގަނޑު ތެޅިގަތުމުގެ ސަބަބުން ނެތިދިޔަ ފަދައިންނެވެ.

އަދި މާތް ﷲ އެބައިމީހުންގެ ރަށް ބަންޑުން ޖައްސަވައި، އެބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ވެއްސެވި ލޫޠު عليه السلام ގެ ޤައުމުގެ ތެރެއިން އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ. ތިޔަބައިމީހުންނީ ނަސޭހަތް ލިބިގަނެ، ޢިބްރަތް ޙާޞިލްކުރާ ބަޔަކު ކަމުގައި ނުވަނީ ހެއްޔެވެ؟

“މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

ޣައްޒާ ބަނޑަށްޖެހި އެންމެން ހަފުސްވާއިރު، ހަތިޔާރުގެ ގޮތުން ބާރުގަދަ އަރަބިން ކޮބާ؟

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

Continue Reading

Previous: ރާއްޖެއަށް ސަރަޙައްދުގެ ޗެމްޕިއަން! ރައީސްގެ ޝުކުރު އެންމެނަށް!
Next: އދ. ގެ އާންމު މަޖިލީހުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ގަރާރެއް ފާސްކޮށްފި

Related Stories

10037E23-3B94-448B-9638-7B10A11BF13A
  • ދީން
  • ޚަބަރު

އަނެއްކާވެސް ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ވަގުތީ މިސްކިތެއް، މިއީ މިފަދަ 7 ވަނަ ވަގުތީ މިސްކިތް

admin February 20, 2026
ED927CE8-7679-4A53-B59B-46CCAFC3A5D6
  • ދީން

އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!

admin February 17, 2026
2199C078-CD55-41BB-9760-B2F2D041613B
  • ރިޕޯޓް
  • ކޮލަމް

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.