Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން އަޒްމިރާލްދާއާއި މަހާޒް ވަކިކުރައްވައިފި
  • ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން އަޒްމިރާލްދާއާއި މަހާޒް ވަކިކުރައްވައިފި

admin May 14, 2025
large_thumb_1747198291215

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރައްވައިފިއެވެ.ފަނޑިޔާރުން ވަކިކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުންނެވެ. ވަކިވަކިން ނެގި ވޯޓުގައި ދެ ފަނޑިޔާރުންވަކިކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރު ވަކިކުރުމަށް މަޖިލީހުން ފާސްވީ ވަކިވަކިން އެހި ވޯޓުގައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތިންބައިކުޅަ ދެބައަށްވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ. އެގޮތުން 68 މެންބަރުން އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައެވެ.04 އޭޕްރީލް 2025ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާކަމަށް ސާބިތުވާކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.އެހެންކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒްގެ އެއަމަލަކީ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެއެވެ.އެ މައްސަލަ ދިރާސާކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓިން ނިންމެވި ނިންމެވުމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކުރައްވާފައެވެ. މެންބަރުން ވަނީ، ދަށު ކޯޓުގެ ޤާޟީންނަށް ދެ ފަނޑިޔާރުން ނުފޫޒް ފޯރުވިކަމަށް ސާބިތުވާކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް މެންބަރުން ވާހަކަފުޅު ދައްކަވަމުން ވަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކުގެ ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އަދި މެންބަރުން ވަނީ ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ މިދިޔަ އެމްޑީޕީގެ ދައުރުގައިކަމަށްވެސް ވިދާޅުވެފައެވެ.ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ. އަދި ސްލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު 33އަށް އަރައެވެ.ނަމަވެސް މިސަރުކާރުގައި މިހާތަނަށް ފަނޑިޔާރުންނާމެދު އަޅާފަވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނަސޭހަތްދިނުމުގެ 2 މައްސަލަކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

އެމެރިކާއަށް ގުޑާވެސް ލެވޭކަށް ނެތެވެ. ހުރިހާ އެއްޗެއް އީރާނުގެ ރާޑަރުތަކަށް އެބަ އަރައެވެ

އެއާޕޯޓު ކުންފުނީގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

Continue Reading

Previous: 15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ
Next: ފަނޑިޔާރުން ވަކިކުރުމުގައި ގޯހެއް ނޫޅޭ: ހުސްނީ މުބާރިކް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.