Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުގެ އިންޒާރު: އިސްރާއީލު ނައްތާލައި އެމެރިކާގެ 19 ބޭސް ފުނޑާލައި މަނަވަރުތައް ވެސް ފައްތާލާނަން!
  • ޚަބަރު

އީރާނުގެ އިންޒާރު: އިސްރާއީލު ނައްތާލައި އެމެރިކާގެ 19 ބޭސް ފުނޑާލައި މަނަވަރުތައް ވެސް ފައްތާލާނަން!

admin January 26, 2026
EC5CBFA4-3FD9-4093-B8EC-ADC9CC1D3446

އިސްރާއީލު ނައްތާލައި އެމެރިކާގެ 19 ބޭސް ފުނޑާލައި މަނަވަރުތައް ވެސް ފައްތާލާނެ ކަމަށް ބުނެ އީރާނުން ވަރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުން މި އިންޒާރު ދިނީ އެމެރިކާ ސިފައިން އީރާން ކައިރިއަށް ހަނގުރާމަ މަތީ މަނަވަރާއި އެތައް ހާސް ދިފައިންނާއި ހަތިޔާރާއި އެކު ޖަމާވުމުންނެވެ.
ކޮންޓިންޖެންޓެއް ބަހައްޓައިފިއެވެ.

އެމެރިކާގެ އެންމެ ވަރުގަދަ ޔޫއެސްއެސް އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއާ ފޯސް މެދުއިރުމައްޗަށް ވަނީ ޓޮމަހޯކް ކްރޫޒް މިސައިލްތަކާއި އެންމެ ފަހުގެ އެއާ ޑިފެންސް ސިސްޓަމްތައް ހިފައިގެންނެވެ.

މިކަމާއި ގުޅިގެން އީރާނުން ބުނީ އެ ޤައުމުގެ ފަސްގަނޑަށް އެންމެ ޙަމަލާ އެއް އަމާޒު ކޮށްލިޔަސް އެމެރިކާގެ ވަރުގަދަ އަސްކަރިއްޔާ ގޮވައިގެން އައިސް އޮތް މަނަވަރު ފައްތާލައި، އިސްރާއީލުގެ ވަސް ފިލުވާލައި އަދި ކިއެއްތަ؟ މެދުއިރުމައްޗާއި ޤަލްފުގައިވާ އެމެރިކާގެ 19 ބޭސް ގޮއްވާލާނެ ކަމަށެވެ.

އީރާނުން އެ އިޝާރާތްކުރީ މެދުއިރުމައްޗާއި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ބޮޑެތި 19 ބޭސް ނުވަތަ އަސްކަރީ މަރުކަޒުތަކާއި ފެސިލިޓީތަކެވެ. އެއީ، މުހައްރާގު އެއާފީލްޑް (ބަހްރެއިން)؛ އަލް އުދައިދު އެއާ ބޭސް (ޤަޠަރު) އާއި ޑރ. ކޭމްޕް އަރިފްޖާން، ކޭމްޕް ބުއެރިންގް، އަލީ އަލް ސަލީމް އެއާ ބޭސް، ކޭމްޕް ޕެޓްރިއޮޓް/ކުވައިތު ނޭވަލް ބޭސް އަދި ކޭމްޕް ސްޕީއާހެޑް (ކުވައިތު)؛ އަލް ދަފްރާ އެއާ ބޭސް އާއި ޖެބެލް އަލީ ބަނދަރު (ޔުނައިޓެޑް އަރަބް އެމިރޭޓްސް)؛ ޕްރިންސް ސުލްޠާން އެއާ ބޭސް އާއި އެސްކާން ވިލެޖް (ސައުދީ ޢަރަބިއާ)؛ އައިން އަލް އަސަދު އެއާ ބޭސް އާއި އުރުބިލް އެއާ ބޭސް (ޣިރާޤް)؛ މުވައްފާޤް އަލް ސަލްތީ އެއާ ބޭސް/އަޒްރާޤް (އުރުދުން)؛ އިންސިރްލިކް އެއާ ބޭސް (ތުރްކިޔޭ)؛ އަލް ތަންފް ގެރިސަން (ސީރިއާ) އެވެ. މީގެ އިތުރުން މިޞްރާއި އިސްރާއީލުގައިވާ ތަންތަނެވެ.

އެމެރިކާ އިން ވަނީ އީރާނު ވަށާލާފައެވެ. ގަލްފާއި އަރަބި ކަނޑު ސަރަޙައްދުގައި ބޭސްތައް ހަދައިގެންނެވެ.

ސީއެސްސީއަށް ކުރީގެ އެމްޕީ މުޖްތާޒް

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

އިނާޔަތް ކުޑަކުރުން: އަންނިގެ ތާއީދު ރައީސް މުޢިއްޒަށް

Continue Reading

Previous: ކުއްލި ޚަބަރު: ނަބްލޫސްގެ ގެތަކުން ގަދަކަމުން މީހުން ނެރެ، ހުޅު ޖަހަނީ
Next: ދެން އޮތީ ގިރާވަރު ފަޅު ހިއްކުން: ރައީސް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.