Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އޮޑި އާއި ނިއު އެއްވަރުވެ މާޒިއާ ލީގާއި ގާތަށް
  • ކުޅިވަރު

އޮޑި އާއި ނިއު އެއްވަރުވެ މާޒިއާ ލީގާއި ގާތަށް

admin January 6, 2026
IMG_9095

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުޅުނު މެޗު އެއްވަރުވެ ލީގު ހޯދުމުގެ ފުރުސަތު މާޒިޔާ އިން ބޮޑު ކޮށްފިއެވެ. ނިއު އާއި އޮޑި ވާދަކުރި މެޗު ނިމުނީ 0-0 އެއްވަރުވެގެންނެވެ.

މި ނަތީޖާ އެކު މާޒިޔާ ވަނީ ތާވަލުގެ ކުރީގަ 8 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ކޮންމެ ޓީމަކަށް ލީގުގައި ދެންއޮތީ ބާކީ ފަސް މެޗެވެ. ލީގުގެ އެއްވަނައިގަ މާޒިޔާ އޮތީ އެއްވެސް މެޗަކުން ބަލިނުވެ 37 ޕޮއިންޓާ އެކުވެ. އޮޑި ދެވަނާގައި އޮތީ 29 ޕޮއިންޓާއެކުއެވެ. ނިއު ތިންވަނައިގަ އޮތީ 24 ޕޮއިންޓާއެކުއެވެ.

ނިއުއަށް ވުރެ އެއްޕޮއިންޓު މަދުން ހޯދައިގެން ބުރު ސްޕޯޓްސް ކުލަބު ހަތަރު ވަނައިގަ އޮތް އިރު ވިކްޓަރީ 5 ވަނައިގަ އޮތީ 20 ޕޮއިންޓާއެކުއެވެ. ހަވަނާގަ އޮތް އީގަލްސް އަށް 19 ޕޮއިންޓް ލިބުނުއިރު ޓީސީ 7 ވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ.

ލީގުގެ ރެލިގޭޝަން ޒޯނުގައިވާ ޓީމުތަކުގެ މެދުގަ ވާދަވެރިކަން ބޮޑުއިރު ކުލަބް ގްރީން ސްޓްރީޓްސް 8 ވަނައިގަ އޮތީ 8 ޕޮއިންޓާއެކުއެވެ. ވެލެންސިއާ 9 ވަނައިގަ އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓަރީ ތާވަލުގަ ފުލުގައި އޮތީ 7 ޕޮއިންޓާއެކުއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުން ވެސް އެޓޭކްގައި މާގިނަ ހަމަލާތަކެއް އެފެއްދިފައެއް ނުވެއެވެ. އަދި ދެޓީމުގެ ވެސް ކުރިއަށް ކުޅޭ ކުޅިންތެރިންނަށް މާގިނަ ބޯޅަތަކެއްވެސް ދެވިފައެއް ނުވެއެވެ. 

މެޗުގެ 17 ވަނަ މިނިޓުގައި ނިއުގެ ހަސަން އަޒޫމް އަލީ ފޮނުވާލި ބޯޅައެއްގެ ބޭނުންވެސް ނިއުގެ ކުޅުންތެރިންނަށް ވަނީ ހިފޭގޮތް ނުވެފައެވެ. 41 ވަނަ މިނިޓުގައި އޮޑީގެ ފުރަތަމަ ޓީމުގައި އަލަށް ހިމެނިގެން ކުޅުނު ބިދޭސީ ފޯޥާޑް ކެއަނޫ ބްރައުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 72 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ހިލޭ ޖެހުމެއް ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. 74 ވަނަ މިނިޓުގައި ނިއުގެ ލައިބީރިއާ ގައުމީޓީމުގެ މިޑްފީލްޑަރ އަބްދުލްﷲ ބިލިޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މި ދެޓީމު ފުރަތަމަ ބުރު ވާދަކުރި މެޗު އޮޑި ސްޕޯޓްސް ކުލަބު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މިއީ މި ލީގުގައި ނިއު އެއްވަރުވި ތިންވަނަ މެޗެވެ.

އަޑިއެޅި ވެލެންސިއާ ރެޑީ ވެއްޖެ!

ވެލެންސިއާ ކިބައިން ގްރީނުން ބަދަލު ހިފައިފި

ދިވެހި ކުޅުންތެރިން އަންޑަ އެސްޓިމޭޓް ނުކުރޭ

Continue Reading

Previous: ކެންޑިޑޭޓުންގެ ފޯމު ފުރުމަށް “މައި ޕޯޓަލް” ހުޅުވާލައިފި
Next: 44 މިލިއަނުން ޖޫރިމަނާކޮށް 23 އަހަރަށް ބައްސާމް ޖަލަށް

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.