Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މައިންބަފައިންމިވާހަކަ ބުނެދިންތަ؟
  • ދީން

މައިންބަފައިންމިވާހަކަ ބުނެދިންތަ؟

އަލްއުސްތާޛް ޢަލީ އާދަމް April 17, 2025
IMG_4903

ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އޮތް ތަނެއްކަން އެކަކަށް ވެސް ކުރިއަކުން ނޭނގެއެވެ. މަންމަ ގެ ބަނޑުގައި އޮތްކަމާއި އޮތީ ކިހާ ދުވަހަކުކަން ނޭނގެއެވެ. ދުނިޔެއަށް ހޭލެވުނު އިރު އިންސާނަކަށް ވިޔަސް ޖަނަވާރަކަށް ވިޔަސް ބޭނުންވާހާ އެއްޗެއް ﷲ تعالى ކާއިނާތުގައި ލައްވާފައިވެއެވެ. އެކަން އެނގުނީ، ވާހަކަ ދެކެވި އަޑު އިވޭ ޢުމުރަށް އެޅުމުންނެވެ .

Ginger Shot

އެހެން ނަމަވެސް ހުރިހާ އެއްޗެއް ހޯދުމަށް ތަޅާފޮޅައެވެ.
ދުނިޔެދޫކޮށް ދަނީ ހުސްއަތާއެވެ، އެކައްޗެއްވެސް ނުލައެވެ. މިކަމުން އެނގޭ އެއްޗަކީ ދުނިޔެ އާއި ދުނިޔޭގައި ވާހާ އެއްޗެއްގެ މިލްކުވެވޮޑިގެންވާ ފަރާތަކީ ﷲ سبحانه وتعالىކަމެވެ. އިންސާނާ އަކީ ނިޢުމަތްތަކަށް ޝުކުރުވެރިވެ ނިއުމަތްތައް ބަލަހައްޓަންޖެހޭ ފަރާތެވެ.

މިއީ ދުނިޔޭގެ ހަޔާތުގެ ޙަޤީޤަތެވެ. އިންސާނާ ދުނިޔޭގައި އުޅޭއިރު އޭނާއަށް ޣައިބުގައިވާ ކަންކަން ﷲ ވަންހަނާ ކުރައްވާފައިވާ ކަންކަން ނޭނގުނަސް މަރުވާނެކަން އެއީ ޔަޤީންވާ ކަމެކެވެ. އެހެންކަމުން ދުނިޔެއަށް ތިމާ ފޮނުއްވުމަށް ﷲ އިރާދަ ކުރެއްވުމަކީ، މިންވަރުކުރެއްވުމަކީ ، ކުޑަ ނިއުމަތެއް ނޫނެވެ. އެހެނީ އިންސާނާ ދުނިޔެއަށް ފޮނުއްވީ ދާއިމީކޮށް އުޅުމަކަށް ނޫނެވެ. ދާއިމަށް އުޅެން އޮތް ތަނަކީ އާޚިރަތެވެ. އެތަނުގައި ސުވަރުގެ އާއި ނަރަކަ ވެއެވެ. ދުނިޔޭގައި ހެޔޮކަން ހޯދިމީހަކަށް އޮތީ ސުވަރުގެއެވެ. ނުބައިކަން ހޯދި މީހަކަށް ނަރަކައެވެ. އެހެންކަމުން ދުނިޔެއިން ލިބެން އޮތް ބައި ތިމާއަށް ޙައްޤު މިންވަރު ހޯދުމަށް އަދި އާޚިރަތުގައި ވެސް ތިމާއަށް އޮތް މިންވަރު ހޯދުމަށް ހެޔޮ ޢަމަލުތައް ކުރުމުގައި ހުންނަންޖެހެއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ﷲ އީ އެއްކައުވަންތަ އިލާހު ކަމަށް ޤަބޫލުކުރުމާއި ، محمد صلى اللّه عليه وسلم އަކީ ފަހުގެ ރަސޫލާކަމަށް އީމާންވާންޖެހެއެވެ. ޙަރާމް، ޙަލާލު އެނގެން ޖެހެއެވެ. ފުރިހަމަ މުސްލިމަކަށް ވާނީ ﷲ ފަރުޟު ކުރައްވާފައިވާ ކަންކަމުގެ އިތުރުން، ނަހީ ކުރައްވާފައިވާ ހުރިހާ ކަމަކީ ވެސް ގެއްލުން ހުރި ކަންތައްތަށް ކަމަށް ދެކި އެކަންކަމަށް ނަފްރަތު ކުރާ މީހަކަށް ވެގެނެވެ. ހެޔޮކަމުގެ ކޮންމެ ޢަމަލަކީ ހެޔޮކަމުގެ ތިލަފަތަށް ލެވޭ އެއްޗެއްކަމަށް ޤަބޫލުކުރަންވާނެ އެވެ. އިންސާނާ އަބަދު ވެސް ހަނދާނުގައި ބަހައްޓަންވީ، އޭނާގެ މައްޗަށް ދެޙައްޤެއް އަދާކުރުން ވާޖިބު ކުރައްވާފައި ވާކަމެވެ.

ފުރަތަމަ ކަމަކީ ޢިބާދާތެވެ. ދެވަނަ ކަމަކީ މުޢާމަލާތެވެ.
ޢިބާދާތަކީ އަޅުކަމެވެ. އަޅުކަމުގެ ތެރޭގައި ވާޖިބު ކުރައްވާފައިވާ ފަރުޟު ކުރައްވާފައިވާ ކަންތައްތައް، ނަމާދު ، ރޯދަ ، ޒަކާތް ދިނުން ޙައްޖުވުން، ފިޔަވައި ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ހިމެނެއެވެ. މިޘާލަކަށް ޞަދަޤާތް ކުރުން، ތެދު ހެދުން، އަމާނާތްތެރިވުން، އިޙްސާންތެރިވުން، އަނބި ދަރިންނަށް ޚަރަދުކުރުން، އެމީހުންނަށްޓަކައި ދުޢާކުރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނަށްޓަކައި ދުޢާކުރުން، ދަރިންނަށްޓަކައި މައިން ބަފައިން ދުޢާކުރުން، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމާއި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުން، ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ބަލައިގެން އުޅުން، މީސްތަކުންގެ މުދަލާއި އަބުރަށް ރައްކާތެރިވުން ފަދަ ކޮންމެ ކަމަކީ އަޅުކަމެވެ. ޘަވާބު ލިބޭނެ ކަންކަމެވެ.

ދެވަނަ އަށް އަދާކުރަންޖެހޭ ޙައްޤަކީ ، މުޢާމަލާތްކުރުމެވެ. މުޢާމަލާތް ކުރުމަކީ، ދޭދޭ މީހުންގެ މެދުގަ އާއި ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ މުޢާމަލާތެވެ. ދުލުން ވިޔަސް، ފައިސާއިން ވިޔަސް، މުދަލުން ވިޔަސް، އެއްބަސްވުންތައް ހަދައިގެން ވިޔަސް ނަހަދައިވިޔަސް، ކުރެވޭ މުޢާމަލާތަކުގައި އަދާކުރަންޖެހޭ ޙައްޤަކީ އަމާނާތެކެވެ. މުޢާމަލާތަކީ ކޮންމެ މީހަކު ވެސް އަނެކާގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤެއް އޮންނަ ކަމެކެވެ.

ތިމާ އަނެކާއަށް ޓަކައި ، އަދާކުރަންޖެހޭ ޙައްޤެއް އޮތްކަމަށް އިޢުތިރާފް ވުމަކީ ކަމެއް ކުރުމަށް ނުވަތަ ކޮށް ދިނުމަށް ބުނުމެވެ. ނުވަތަ ކޮށްދޭންޖެހޭ ކަމެއް އޮތުމެވެ. މިއިން ކޮންމެ ކަމަކީ ވެސް އަމާނާތެކެވެ. އެހެންކަމުން ޢިބާދާތާއި މުޢާމަލާތް ކުރުން ހެޔޮ ކޮށްގެން ނޫނީ ފުރިހަމަ މުސްލިމަކަށް ނުވާނެއެވެ.

ކަންކަން ގޯހުން ދިޔުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ، ނުބައިކަމެއް ކުރެވޭ ވަގުތު ނުވަތަ ކުރާ ވަގުތު ހެއްދެވި ފަރާތަށް ބިރުވެތި ނުވެވުމެވެ. ހެޔޮކަމަކަށް ވުރެ ބޮޑަށް މާއްދިއްޔަތަށްޓަކައި ކުރާކަމަކަށް ހެދުމެވެ.

ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ

Continue Reading

Previous: ރިއަލް މެޑްރިޑްގެ އުންމީދުތައް ފުނޑާލައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް
Next: އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ޓެކްނޮލޮޖީ އާއި ދުރަށް ދިޔުން: އެމެރިކާ

Related Stories

IMG_5045
  • ދީން
  • ޚަބަރު

ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ

admin April 26, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.