Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބަސް ވިކޭނެއޭ ބުނި އަމޯރިމް، ޔުނައިޓެޑުން ބޭރުކޮށްލައިފި
  • ބޭރު ކުޅިވަރު

ބަސް ވިކޭނެއޭ ބުނި އަމޯރިމް، ޔުނައިޓެޑުން ބޭރުކޮށްލައިފި

admin January 5, 2026
IMG_9059

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް މަގާމުން ވަކިކޮށްފިއެވެ. 

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމަށްފަހު އެ ކްލަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ކްލަބުން މިހާރު ހޯދަމުންދާ ނަތީޖާތަކަށް ބަލާފައި ކްލަބްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި މިއީ މެންޗެސްޓަރ ޔުނައިޓެޑްއަށް މިސީޒަންގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކްލަބުން އެޅި ފިޔަވަޅެއް ކަމަށެވެ.

މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ބުނެފައިވަނީ މި ނިންމުމަކީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ކްލަބަށް އެންމެ ރަނގަޅު ހިސާބަކަށް އެރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. 

މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ 6 ވަނާގައެވެ. އެއީ ލީގުގެ އެއްވަނާގައި އޮތް އާސެނަލްއަށްވުރެ 17 ޕޮއިންޓް ފަހަތުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަންއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ލީޑްސް ޔުނައިޓެޑް އަތުންވެސް ވަނީ މޮޅުނުވެވިފައެވެ. އަދި އެންމެ ފަހުން އެޓީމު ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. 

އަމޯރިމް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކި ވާހަކަ ތަކުގައި ބުނެފައިވަނީ އޭނާ އަކީ ހަމަ އެކަނި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ނޫންކަމަށާއި ކްލަބްގެ ގިނަ ކަންކަމުގައި އޭނާގެ ބަސްވިކޭނެކަމަށާއި އޭނާ މަގާމާ ހަވާލުވީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ކަމަށެވެ. 

ރުބިން އަމޯރިމް އަކީ މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން މިގާމުން އިސްތިއުފާ ދިން ފަހުން އެކްލަބަށް ގެނައި 10 ވަނަ ކޯޗެވެ. އަދި 10 ކޯޗުންވެސް މިވަނީ ނަތީޖާތައް އެންމެ އެދެވޭގޮތަށް ނުނެރުމުން މަގާމުން ވަކިކޮށްފައެވެ.

ހާލަންޑުގެ ދެގޯލާއެކު ސިޓީއަށް މޮޅެއް

ޑޮނަރޫމާ ގެނެސް ގާޑިއޯލާ ގަދަކޮށްފި

އެތްލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް

Continue Reading

Previous: ގައުމީ ކޯޗުކަމަށް އަނެއްކާވެސް އިސްޓަވާން އުރުބާނީ
Next: ދެއިންތިޚާބު އެއްކޮށްލުމުގައި އަންނި އާއި ޝާހިދުގެ ވިސްނުން ތަފާތު

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.