ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓަރ އަމީން (އެކްސް ޕްލެޓްފޯމް)
ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ރޭގަނޑު ފްލައިޓް ޖެއްސުމުގެ އިންތިޒާމުތައް ގާއިމުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ނައިޓް ލޭންޑިން ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށާއި އެގޮތުން ފުނަދޫ އެއާޕޯޓަކީ އެ ޚިދުމަތް ގާއިމުކުރި އެންމެ ފަހު އެއާޕޯޓު ކަމަށެވެ.
ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށްވެސް އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު 18 އެއާޕޯޓު ހިންގަމުންދާއިރު މީގެ ތެރޭގައި ބައިނަލްއަގުވާމީ 5 އެއާޕޯޓު ހިމެނެ އެވެ.
