Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކުންފުނިތަކުގެ ފައިދާ 10 ޕަސަންޓް އިތުރުވެ އެސެޓްސް 205 ބިލިއަނަަށްވުރެ މަތީގައި
  • ވިޔަފާރި

ކުންފުނިތަކުގެ ފައިދާ 10 ޕަސަންޓް އިތުރުވެ އެސެޓްސް 205 ބިލިއަނަަށްވުރެ މަތީގައި

admin December 19, 2025
IMG_8783

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިތަކުގެ ތެރެއިން 15 ކުންފުންޏަކުން މި އަހަރުގެ ރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ހޯދައިފިއެވެ. މި ކުއާޓަރުގެ ތެރޭގައި އެ ކުންފުނިތަކުން ހޯދި އާމްދަނީ 13.29 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުން އަރާފައިވާއިރު މިއީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޑިވެލޮޕްމަންޓް ޕްލޭނިން އިން ފާހަގަކުރި ގޮތުގައި ދައުލަތުގެ 12 ކުންފުންޏަކަށް ޖުމްލަ 281 މިލިއަން ރުފިޔާ ގެ ގެއްލުމެއް ލިބުނު ނަމަވެސް، އެސްއޯއީ ތަކަށް އަދިވެސް 1.76 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗް.ޑީ.ސީއަށް 268.49 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. ޕީ.ސީ.ބީގެ 2024 ވަނަ އަހަރުގެ ސެކްޓަރ ރިޕޯޓުގައި އެޗް.ޑީ.ސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ އަދަދަކީ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ނިމުމުގެ ކުރިން، ކުންފުނިން ފޯރުކޮށްދީފައިވާ ޕްރޮވިޝަނަލް އަދަދުތަކަށް ބިނާކޮށް ހިމެނިފައިވާ އަދަދެކެވެ. އެޗް.ޑީ.ސީގެ 2023 ގެ އޮޑިޓް ފައިނަލްވިއިރު، 2024 ގެ މާލީ އަދަދުތަކަށް އަސަރުކުރާ ބައެއްކަންކަން ހިނގާފައިވާތީ، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ބަލާއިރު އެޗްޑީސީއަށް ފައިދާވާނެކަމަށް ލަފާކުރާކަމަށް ޕީސީބީން ހާމަކުރެއެވެ. 

މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އާމްދަނީ %9 ދަށްވި ނަމަވެސް ޕީސީބީގެ ޑޭޓާއިން ދައްކާ ގޮތުގައި ސާފު ފައިދާ %10 އިތުރުވެފައިވެއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 4.02 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރެކޯޑް އާމްދަނީއެއް ހޯދިއެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ %42 އިތުރުވުމެކެވެ.

މި ސަރުކާރު އައި ފަހުން އަބަދުވެސް އެސްއޯއީގެ އެސެޓްސް އިތުރުވަމުން ދާއިރު މިއަހަރު ވަނީ 205.24 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފި

މީރާއިން ނެތުނު ޓެކްސް ނުދައްކާ މީހުންނާއި ކުންފުނިތަކުގެ ލިސްޓު މިއޮތީ!

Continue Reading

Previous: ހުޅުމާލެ-3 އިން ދޫކުރި ގޯތީގެ ގުރުއަތުލުން މާދަމާ
Next: ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އެއްވަނަ ކުންފުންޏަކީ އެމްއޭސީއެލް

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.