Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!
  • ދީން

އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!

admin February 17, 2026
ED927CE8-7679-4A53-B59B-46CCAFC3A5D6

ބިތުފަންގި ވިދާޅުވާ ލޯބިވާ އެންމެހާ އަޚުންނާއި އުޚްތުންނޭވެ. މި ފެށުނީއެވެ. މާތްވެގެންވާ ބަރަކާތުން ފުރިގެންވާ މައްސަރެވެ، ރަމަޟަން މަހެވެ. މި މައްސަރަކީ 1000 މައްސަރުގެ ހެޔޮކަންތަކުން ފުރިގެންވާ ރެޔެއް ކަމަށްވާ ލައިލަތުލްޤަދްތި އަންނަ މައްސަރެވެ. މިއީ ރޭތަކުގެ ތެރެއިން އާދައިގެ ޢަމަލެއްގެ ގޮތުގައި ނުހަދާށެވެ. الإِمَام ابن القيم (ވިދާޅުވެފައިވެ އެވެ. ”ލައިލަތުލް ޤަދްރި އަކީ މުޅި އަހަރުގެ ރޭ ތަކުގެ ތެރެއިން އެންމެ ރެއެއް ކަމުގައިވިޔަސް، އެ ރޭ ހޯދުމަށްޓަކައި މުޅިއަހަރުގެ ހުރިހާ ރެއެއްގައި ރޭ އަޅުކަމުގައި އެ ރޭ ހޯދުމަށްޓަކައި ޤާއިމްވާނަމެވެ. ފަހެ، އެއީ 10 ރޭގެ ތެރެއިން ރެއެއް ކަމުގައި ވުމުން ތިބާ ދެކެނީ ފަހެ ކިހިނަކުންތޯ އެވެ“ بدائع الفوائد 55/1

އެންމެ ދިހަ ރެ އެވެ! އެ ރޭތަކުގައި ލައިލަތުލް-ޤަދްރި ވާނެ ކަން ކަށަވަރެވެ.

ލައިލަތުލް-ޤަދްރީގައި ކިޔުމަށް ޚާއްޞަ ދުޢާއެއް ވާރިދުވެގެންވެ އެވެ. ޙަދީޘްގައިވެ އެވެ.(قلتُ: يا رسولَ اللهِ أرأيتَ إن علمتُ أيَّ ليلةِ القدرِ ما أقولُ فيها ؟ قال: قولي: اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي) عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ. ތިމަންކަމަނާ ރަސޫލާ އަރިހުގައި ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ބައްދަލުވެއްޖެ ހިނދުގައި އެ ރޭގައި ތިމަން ކަމަނާ ކިޔާނީ ކޯންޗެއް ތޯ އެވެ؟

އެ ހިނދު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. މިފަދައިން ދަންނަވާށެވެ. (اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ) صحيح الترمذي

އައްތިރްމިޛީ 3513

ޚުންނޭވެ! މި ރޭގައި ކިޔުމަށް ވާރިދުވެގެންވާ މި ދުޢާއާއި މިރެއާއި ވަރށްބޮޑު ގުޅުމެއްވެ އެވެ.

މިރެއަކީ އިސްވެ ބަޔާންވެ ދިޔަ ފަދައިން، އެއް އަހަރުގެ އަމުރުތައް ލިޔެވިގެންދާ ރެ އެވެ.

އަޅާގެ އެންމެހައި ކަންތައްތަކެއް އަންނަ އަހަރުގެ ލައިލަތުލް-ޤަދްރިއާ ހަމައަށް ލިޔެވިގެންދެ އެވެ.

ވިސްނާލުން ހުއްޓެވެ! އިހްސާސުކޮށްލުން ހުއްޓެވެ. ތިޔަ އަޚާ އަހަރުގައި އޮފީސްގައި ނުވަތަ މަސައްކަތުގައި ކޮށްފައިވާ ކަންތައްތަކުގެ ސިޓީއެއް، ރިޕޯޓެއް ލިޔެފަ، ވެރިޔާގެ އަތަށް އެރުވެނީ އެވެ. ފަހެ، ރިޕޯޓް ލިޔާ މީހާގެ ގާތުގައި “ރަނގަޅަށް ލިޔެދީ” “އެވެނި، މިވެނި ދުވަހަކު ކޮށްފައިވާ ކަންތަކަށް މަޢާފް ކުރައްޗޭ” “މަޢާފްކޮށްދީ އެ އެއްޗެހި ނުލިޔަދީ…” މިފަދަ ކިތައް ބަސްތަކެއް ބުނާނެ ހެއްޔެވެ؟ އެހެނީ މުސްތަޤްބަލުގައި ވަޒީފާގެ ކުރިއެރުމާއި ކަންކަން މިންގަނޑު ކަނޑައެޅެނީ މި ރިޕޯޓްގެ މައްޗަށެވެ. މިއީ ދުނިޔެވީ އިޙްސާސެވެ.

އަޚާ އެވެ!

ކުރިއަށް އޮތް އެއް އަހަރުގެ ކަންތައްތައް ނިޔާކުރެވެނީ އެވެ.

އެހިނދު ތިބާގެ ދުލުން ބުނަނީ މިފަދަ އެވެ.

އެ އެންމެހައި ކަމެއް ތަޤްދީރު ކުރައްވައި، ނިޔާކުރައްވާ، އައްސަވައިވޮޑިގަންނަވާ ފަރާތަށް ތިބާގެ އަޑު އެއްވެސް ހުރަހެއްނެތި ދާނެ ގޮތުގައިވާ ފަރާތަށް ތިބާގެ ބަސްތަށް ކަމުގައިވަނީ މިފަދައިންނެވެ. اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ) ”އަޅުގެ ވެރި ﷲ! ހަމަކަށަވަރުން އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސެވުމަށް ލޯބިވެވޮޑިގަންނަވާ އިލާހެވެ. މި އަޅާގެ ފާފަ ފުއްސަވާނދޭވެ.“

ޔަޢުނީ : އަޅުގެވެރި އިލާހެވެ! މިއަޅާއަށް ކުރެވިފައިވާ ކުށްތަކަށް މަޢާފް ދެއްވާށެވެ. މިއަޅާ ކުށްތައް ކޮށްފައިވެ އެކުއްތަކަށް މިއަޅާ އިޢުތިރާފްވަމެވެ. މިއަޅާއަށް ލިޔެވޭ ތަޤްދީރު ކުށްތަކަށް މަޢާފްލިބި އެއްވެސް ގެއްލުމެއް، ނުރައްކަލެއް، ދަތި އުނގަދުލެއް، ބިރުވެރި، މުޞީބާތްނުވާ ހެޔޮ ތަޤްދީރެއް ލިޔެ ނިންމަވާންދޭވެ!

އަޚާ އެވެ! މި ފަދަ ނިޔާއެއް ނިޔާކުރެވިގެންދާހިނދު އެކަކުވެސް ކަންނެތް ކަމާއި، އިހުމާލުވެ، ފަރުވާކުޑަވެ އަޅާލުންނެތިވެ ހުރުން މިއީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟

އަޚުންނޭވެ! މިއަދު ތިޔަ އަޚާ ހަނދުމަ ކުރަނީ އެވެ! މާދަމާ ޢަމަލުތަކުން ދައްކަން ނުކުންނަންވީ އެވެ.

ދުޢާއަކީ އެންމެހައި އަޚުންނަށް މި ދުވަސްތަކުގެ ހެޔޮކަން ޙާޞިލް ކުރުމުގެ ތަޥްފީޤު ﷲގެ ޙަޟުރަތުން ލިބިގެން ދިއުމެވެ. އެއިލާހުގެ އަޅަމެންނަށް މި ހެޔޮ ޢަމަލުތަކަށް ތަޥްފީޤު ދެއްވާށި އެވެ.

و الحمد لله رب العالمين.

(އަބޫ އަނަސް)

މައިންބަފައިންމިވާހަކަ ބުނެދިންތަ؟

“ރުޤްޔާ” ގެ ނަމުގައި އެ ނަގާލަނީ އިއްފަތްތެރިކަން - ދެނެގަންނާނީ ކިހިނެއް؟

އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ

Continue Reading

Previous: ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ
Next: ރަމަޟާން މަހަށް މަރްޙަބާ! މިއީ އިޞްލާޙްވާންވީ ވަޤުތު: ރައީސް ޑރ.މުޢިއްޒު

Related Stories

10037E23-3B94-448B-9638-7B10A11BF13A
  • ދީން
  • ޚަބަރު

އަނެއްކާވެސް ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ވަގުތީ މިސްކިތެއް، މިއީ މިފަދަ 7 ވަނަ ވަގުތީ މިސްކިތް

admin February 20, 2026
20BC11EF-DA97-40ED-80B8-93737FD2775D
  • ދީން
  • ޚަބަރު

ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް އޭއައި ބޭނުން ނުކުރުމަށް އަންގައިފި

admin January 28, 2026
IMG_9111
  • ދީން
  • ޚަބަރު

އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ

އަލްއުސްތާޛް ޢަލީ އާދަމް January 7, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.