Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން
  • Uncategorized

ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

admin September 7, 2025
IMG_7532

ފަލަސްޠީނުގެ ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލައި، އެ ސަހަރުގައި ބިކަ ކޮށްލާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ ހަރަކާތުގެ އުޅަނދުތަކުގައި ދަތުރުކުރާ މީހުން އިސްރާއީލުގެ ޖަލަށް ވަންނަން ޖެހިދާނެ ކަމުގެ ނުސީދާ އިންޒާރެއް އިސްރާއީލު ސަރުކާރުން ދީފިއެވެ.

އިސްރާއީލުން ބުނީ އެ މީހުންގެ ސެކިއުރިޓީ ފޫއަޅުވާލަން މަސައްކަތްކުރާ ކޮންމެ ބަޔަކަށް ޔަހޫދީ ސަރުކާރުން ހުރަސް އަޅަނެ ކަމަށެވެ.

ބިތުފަންގި އަށް ކަށަވަރުވެފައިވާ ގޮތުގައި ފްލޮޓިއްލާގެ ޙަރަކާތުގައި ޢަމަލީ ގޮތުން ދެދިވެހީން މަސައްކަތް ކުރެއެވެ. އެއީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުންނެވެ. ނަން ހާމަކުރަން ނޭދޭ ފަރާތަކުން ބުނީ އިންޓަނޭޝަނަލް އެއިޑުން ފްލޮޓިއްލާ ޙަރަކާތަށް ދެ ބޯޓު ހޯދާފައިވާ ކަމަށާއި އެ ބޯޓުފަހަރުގައި އިންޓަރނޭޝަނަލް އެއިޑްގެ ދެބޭފުޅުން ޙަރަކާތެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އިންޓަރނޭޝަނަލް އެއިޑްގެ ޗެއާމަން އަޙްމަދު އިޤްބާލް ބިތުފަންގި އަށް ވިދާޅުވީ މާތްރަސްކަލާނގެ މަގުގައި ތެދުވެރިކަމާއި އެކު ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުވައިދިނުމަށް އެ ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތުގައި އެއްވެސް ބޭފުޅަކު އެ ޖަމްޢިއްޔާގެ ފަރާތުން އެއްވެސް ބޯޓެއްގައި ޣައްޒާއަށް ދަތުރު ނުކުރާނެ ކަމަށެވެ. އަދި ދެމީހަކު ދާނެ ކަމަށް ދެކެވޭ ވާހަކަ އޮޅުންފިލުއްވައިދެއްވަމުން ވިދާޅުވީ، ފްލޮޓިއްލާ ޙަރަކާތުގައި އިބްރާހިމް ޝާޒް (ބޮޑޭ) އާއި އަޒްހާދު އުޅެނެ ކަމަށާއި އެ ދެބޭފުޅުން ގްރައުންޑް އޮޕަރޭޝަންތަކުގައި އުޅޭނެ ކަމަށެވެ. އުޅަނދުގައި ދަތުރުކުރިޔަސް ޔަގީނުންވެސް ޣައްޒާއަށް ވަންނަން މަސައްކަތް ނުކުރާނެ ކަމަށާއި އެދެބޭފުޅުން ހެދީ ތަމްރީނު ކަމަށެވެ.

“އަޅުގަނޑުމެންގެ ފަރާތުން ޣައްޒާއަކަށް ނުދާނެ އެއްވެސް ބޭފުޅަކު. އަދި ޑޭންޖަރ ޒޯނޭ މިކިޔާ ހިސާބަކަށް ވެސް ނުދާނެ. އަޅުގަނޑުމެންގެ ދެބޭފުޅުން ވަނީ ކަމަކާއި ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ކަނޑުމަތީގެ ތަމްރީނުތައް ހަދާފައި. އެއީ އެއްވެސް ޙާލެއްގައި އިސްރާއީލުގެ ސިފައިން ފޫއަޅުވާލައި ޣައްޒާއަށް ދިޔުމަކަށް ނޫން. އަޅުގަނޑުމެންގެ ގާތުން އެތައް ޤައުމަކުން އެބަ އެދޭ ދިވެހިން ވެސް މި ޙަރަކާތުގައި ދަތުރުކުރާ ބޯޓުތަކަށް އަރައި ޣައްޒާ އަށް ވަނުމަށް. ނަމަވެސް، އަޅުގަނޑުމެން އެ ކަމަށް ނޯ މިޖަހަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ދިވެހި ސަރުކާރަށް މިކަމުން ޕްރެޝަރެއް އަންނާކަށް އަދި ދިވެއްސަކު އެންމެ ހިނދުކޮޅަކަށްވެސް ޔަހޫދީންގެ ބާރުގެ ދަށަށް ފޮނުވާކަށް… އައިއޭސީން އޭނަ (ބޮޑޭ) ބޯޓަށް އެެރިޔަސް ހުންނާނީ މީހުންނަށް އިންސްޓްރަކްޝަން ދިނުމަށް… މި ޙަރަކާތުގައި އިތުރު ދިވެއްސަކު ބައިވެރިވާން މިހާތަނަށް އެދިފައެއްވެސް ނުވޭ. އެދުނަސް އަޅުގަނޑުމެން ކެންސަލް ކުރާނަން” އިންޓަރނޭޝަނަލް އެއިޑްގެ ޗެއާމަން ވިދާޅުވިއެވެ.

ޣައްޒާއަށް ކަނޑުމަގުން ކުރާ ދަތުރުގެ ބައިވެރިންގެ ތެރެއިން ސްޕެއިންގެ ބާސެލޯނާއިން ފުރި މީހުން މީގެ ކުރިން އިސްރާއީލުން ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ، އެއީ އިންޓަރނޭޝަނަލް ޤާނޫނާއި ޚިލާފު ކަމަކަށް ވާތީ މިހާރު އެ އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. އެ މީހުން މިހާރު ދަނީ ބާސެލޯނާއަށް ދަތުރު ކުރަމުންނެވެ.

ކަނޑުމަގުން ދަތުރުކޮށް، ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް އިންސާނީ އެހީތެރިކަމަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން އިސްނަގައިގެން މިހާރު ހަތަރުވަނަ ފަހަރަށް މަސައްކަތްކުރާއިރު ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ ކުރިޔަށް އޮތް ދަތުރު ވަނީ ކުޑަކޮށް މަޑުޖައްސައިލާފައެވެ.
ޚަބަރު ލިބެމުންދާ ގޮތުގައި އެ ދަތުރު އޮންނާނީ މި މަހުގެ 10ގެ ފަހުންނެވެ.

އިންޓަރނޭޝަނަލް އެއިޑުން 2 ބޯޓެއް މި ވަގުތު މި ޙަރަކާތުގައި ބައިވެރިކުރުމަށް ވިސްނަމުންދާއިރު، އިސްރާއީލުން މިހާރު ޕްލޭން ކުރަމުން ދަނީ މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ އުޅަނދެއް އަތުލައި މީހުން ވެސް ހައި ސެކިއުރިޓީ ޖަލަކަށް ބަދަލުކުރުމަށެވެ.

ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުން މަސައްކަތް ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ބަނޑުހައި ހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޣައްޒާގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން އަމިއްލަ ވަޒަނުން ބޭރުކޮށް، އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ.

އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި

ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އެއްވަނަ ކުންފުންޏަކީ އެމްއޭސީއެލް

ޤަތަރު ބޭސްގައި ތިބި އެމެރިކާ ސިފައިން ބިރުން އެތަން ދޫކޮށް ފިލަން ފަށައިފި

Continue Reading

Previous: އިސްލާމްދީން ދެކެ ލޯބިވާ ދަރިންތަކެއް އުފައްދާ: މެޑަމް ސާޖިދާ
Next: ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!

Related Stories

0222BF4A-6DA6-46CD-AAA9-42427C41E9CD
  • Uncategorized

މިޞްރުގެ ޖަލުން ސިޓީ އެއް

admin January 19, 2026
2A81CD2A-B2BB-4AEB-8470-DEF6B845F78A
  • Uncategorized

ޤަތަރު ބޭސްގައި ތިބި އެމެރިކާ ސިފައިން ބިރުން އެތަން ދޫކޮށް ފިލަން ފަށައިފި

admin January 14, 2026
  • Uncategorized

އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި

admin January 13, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.