Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ތެޔޮ އުފައްދާ މިންވަރު މަތިވެ ތެލުގެ އަގު ވެއްޓެނީ
  • ރިޕޯޓް

ތެޔޮ އުފައްދާ މިންވަރު މަތިވެ ތެލުގެ އަގު ވެއްޓެނީ

admin April 8, 2025
IMG_4713

ދުނިޔޭގެ ބާޒާރުގައި ތެޔޮ އުފައްދާ މިންވަރު ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. އިންޓަރކޮންޓިނެންޓަލް އެކްސްޗޭންޖް (އައިސް)ގައި ވިލާތާއި އެފްރިކާ އަދި މެދުއިރުމަތީގެ ބާޒާރުތަކުގައި ތެލުގެ އަގުތަކާއި އުފައްދާ މިންވަރު ދެނެގަތުމަށް ބޭނުން ކުރާ ސާފު ނުކުރާ ތެޔޮ، ބްރެންޓް ކްރޫޑްގެ އެންމެ ފަހުގެ އަގުތަކުން ހާމަވާ ގޮތުގައި، ތެޔޮ އުފައްދާ މިިންވަރު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އުފުލިފައިވާ މިންވަރަށް ވުރެ މައްޗަށް އުފުލިފައެވެ. އެއާ އެކު، ތެލުގެ އަގުތައް ވެސް ވަނީ ވެއްޓެން ފަށާފައެވެ.

އިޤުތިޞާދީ ދާއިރާގެ މާހިރުން ބުނީ، ތެޔޮ އުފައްދާ އަދި ބޭރުކުރާ ޤައުމުތައް ކަމުގައިވާ އޯޕެކް+ގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު ރެކޯޑު އަދަދަކަށް އިތުރު ކޮށްފައި މި ވަނީ، ދުނިޔޭގެ ބާޒާރަށް މި ވަގުތު ކުރިމަތިވެފައިވާ ވިޔަފާރީގެ ނުތަނަސްވަސް ކަން ނުވަތަ ހަނގުރާމައާ ގުޅިގެން ކަމުގައެވެ. ދުނިޔޭގެ މާލީ އަދި ހިއްސާގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައި ވަނީ، އެމެރިކާއަަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ އެތަކެއް ގުނައަކުން އިތުރު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި، ބައެއް ޤައުމުތަކުން އެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އިޤުތިޞާދީ ފިޔަވަޅުތައް އަޅަން ފެށުމާ ގުޅިގެންނެވެ.

އައިސްގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ހުސްވި ހަފުތާގެ ތެރޭގައި ގިނަ އަދަދެއްގެ އިންވެސްޓަރުން ވަނީ ތެލުގެ ދާއިރާގެ އެސެޓްތައް ނުވަތަ މުދަލާއި ހިއްސާ ވިއްކައިލާފައެވެ. މިއާ އެކު، ތެލުގެ ސްޓޮކް އެތަކެއް ގުނައަކުން އުފުލި، ތެލުގެ އަގުތައް ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދަަށަށް ނުދާ މިންވަރަކަށް ވެއްޓިފައެވެ. މިއީ، ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ތެލުގެ އަގުތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ވެއްޓިގެން ދިޔަ ފަހަރު ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބްރެންޓް ކްރޫޑްގެ 4.067 މިލިޔަން ހިއްސާ ވިއްކާލާފައިވާ ކަމުގައި އައިސްގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މިއީ، 2020ވަނަ އަހަރު ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ހާލަތަށް ވުރެ ހައްސާސް ހާލަތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ވެސް ހަކަތައިގެ ބާޒާރުތަކަށް ލޮޅުންއަރައި، ތެލުގެ އަގުތައް ވެއްޓި، ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 62.52 އެމެރިކާ ޑޮލަރަށް

އެމެރިކާއަަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ އެތަކެއް ގުނައަކުން ބޮޑު ކުރުމަށް ރައީސް ޓްރަމްޕް ނިންމަވާފައި ވަނީ އޭޕްރިލް 2ވަނަ ދުވަހުއެވެ. އެކި ޤައުމުތަކުން އެމެރިކާއަށް އިމްޕޯޓު ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކޮށްފައި ވަނީ އެކި މިންވަރަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޑިޔުޓީއެއް ތަޢާރުފު ކުރައްވާފައި ވަނީ ޗައިނާއިން އެތެރެ ކުރާ މުދަލަށެވެ.

ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ މާލީ އަދި ހިއްސާގެ ބާޒާރުތައް އެރި ލޮޅުންތަކުގެ އަސަރު އިތުރަށް ބޮޑުވެގެން ދިޔައީ ތެޔޮ އުފައްދާ އަދި ބޭރުކުރާ ޤައުމުތައް (އޯޕެކް+)ގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އޯޕެކް+ގެ ޤައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ނިންމާފައެވެ. އޯޕެކުން ކުރިން ނިންމާފައި އޮތީ މޭ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 135,000 ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށެވެ. ނަމަވެސް، އެ ނިންމުން މުރާޖާކޮށް، މޭ މަހުގެ ތެރޭގައި ދުވާލަކު 411,000 ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް އޯޕެކުން މިހާރު ވަނީ ނިންމާފައެވެ.

މި ނިންމުމާ އެކު ބްރެންޑް ކްރޫޑްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 62.52 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. މާރިޗު 31ގައި ބްރެންޑް ކްރޫޑް ފީފާއެއްގެ އަގު ހުރީ 74.74 އެމެރިކާ ޑޮލަރުގައެވެ. ތެލުގެ އަގުތައް ވެއްޓެން ފަށާފައިވާ އެއް ސަބަބަކީ، ޗައިނާއާ ދެކޮޅަށް އިޢުލާނު ކޮށްފައިވާ ޑިޔުޓީ އިތުރަށް ބޮޑު ކުރުމަށް ނިންމަވާފައިވާ ކަން ރައީސް ޓްރަމްޕް ހާމަ ކުރެއްވުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވަނީ އެ ޤައުމަށް އެތެރެ ކުރާ އެމެރިކާގެ މުދަލުން ނަގާ ޑިޔުޓީ އިތުރު %34އަށް ބޮޑު ކުރުމަށް ނިންމާފައެވެ. ޓްރަމްޕް ވިދާޅުވީ، އެ ނިންމުން ބަދަލު ނުކޮށްފި ނަމަ، ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ އިތުރު %50ން ބޮޑު ކުރާނެ ކަމުގައެވެ. ޓްރަމްޕް އެ ގޮތަށް އަމަލު ކުރައްވައިފި ނަމަ، ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %104އަށް އުފުލިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރިއެވެ.

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ...

ކުޑަކުދިންނަށް އާވައްތަރެއްގެ ހަކުރުބައްޔާއި ކެންސަރުގެ ނުރައްކާ! ސަމާލުވޭ!

“ރުޤްޔާ” ގެ ނަމުގައި އެ ނަގާލަނީ އިއްފަތްތެރިކަން - ދެނެގަންނާނީ ކިހިނެއް؟

Continue Reading

Previous: ބެންކޮކް ދަތުރާ ގުޅިގެން ނެރުނީ ޒިންމާއިން ބޭރު، ހަގީގަތާ ހިލާފު ރިޕޯޓެއް: ހދ. އަތޮޅު ކައުންސިލް
Next: ވާނުވާ ނިމުމަކަށް ގެނައުން، އިންސާނީ ހައްގުގައި ރާއްޖެ މޮޅަކާއި ދިމާލަށް..!

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.