Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އަޑިއެޅި ވެލެންސިއާ ރެޑީ ވެއްޖެ!
  • ކުޅިވަރު

އަޑިއެޅި ވެލެންސިއާ ރެޑީ ވެއްޖެ!

admin September 20, 2025
IMG_7301

ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ކުލަބު ވެލެންސިއާ އަޑިއަޅަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއެ އަހަރުގެ މެދުތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެލެންސިއާ އަށް ކުޅުންތެރިން ގަތުން މަނާކުރި އެވެ. އެއީ އެ އަހަރު ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެންނެވެ. 

މި ފައިސާ އާއި ފީފާ އަދި އޭއެފްސީ އަށް ދައްކަން ޖެހުނު ފައިސާގެ އަގު 1.3 މިލިއަނަށްވުރެ ގިނަވި އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން 2023 ވަނަ އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުތީ އުމުރު ހަމަނުވާ ސްކޫލް ކުދިންގެ ޓީމަކާއެކުގަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސީޒަނުގެ ވަކި ހިސާބަކުން މެޗުތަކަށް ކުޅުންތެރިން ހަމަނުވެ ގިނަ މެޗުތަކެއް ނުކުޅެ ދޫކޮށްލި އެވެ. 

ނަމަވެސް މިހާރުގެ ޗެއާމަން ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ހަވާލުވުމަށްފަހު އައު މެނޭޖްމަންޓުން މިހާރު ވަނީ މި އަޑިގަނޑުން ޓީމު ސަލާމަތްކޮށްދީފަ އެވެ. ކުޅުންތެރިންނަށް ދައްކަންޖެހޭ ފައިސާ އާއި ފީފާ، އޭއެފްސީގެ ދަރަނި އަދާކޮށް ވެލެންސިއާ ވަނީ ސީޒަނަށް ތައްޔާރުވެފަ އެވެ. މިރޭ ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނައިރު ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ) ތައްޔާރު ކުރި ޓީމުގައި ގިނައީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. 
ޓީމުގައި މައިގަނޑު ގޮތެއްގައި ތިބީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިން ވެލެންސިއާގައި ހިމެނެ އެވެ. ދެން ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ވެސް 8 ކުޅުންތެރިން ހިމެނެ އެވެ. 

މި ކުޅުންތެރިންނާއެކު ކުޅެން ވެލެންސިއާއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެއީ މޯލްޑޯވާގެ ކީޕަރަކާއި ސްޕޭނުގެ ފޯވަޑަކާއި މިސުރާއި ކިރިގިސްތާނުގެ ޑިފެންޑަރެކެވެ. މި ގޮތުން ބަލާއިރު މި ސީޒަނަށް އެންމެ ބޮޑަށް ޕްރެކްޓިސްކޮށް، ޒުވާން ޖޯޝުން ފުރިގެންވާ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފެންނަން އޮތް ޓީމަކީ ވެލެންސިއާ އެވެ. 

ވެލެންސިއާގެ މެނޭޖްމަންޓުން ބުނީ ޓީމުގައި ޒުވާން ކުޅުންތެރިން މާބޮޑަށް ގިނަވާން ޖެހުނީ މާލީ ގޮތުން އަރައިގަންނަން ދިމާވި ދަތިތަކުގެ ސަބަބުންނެވެ. މި ގޮތުން ދަރަނިން ސަލާމަތް، ފީފާ ޓްރާންސްފާ ބޭން ފިލުވާލުމަށް ވެލެންސިއާއިން 1.3 މިލިއަން ހަރަދު ކުރަން ޖެހުމާއި އޭގެ އިތުރުން ވެސް ޓީމުގެ އެކި ކަންކަން ކަމަށް ކުރި ހަރަދުތަކާއެކު ވެލެންސިއާގެ ހޭދަ ދެ މިލިއަނުން އަރައި ދިއުން ކަމަށެވެ. 

“މިހެންވެ ބޮޑު އަގުގައި ކުޅުންތެރިން ގެނެސްގެން ކުޅުވޭކަށްނެތް. މިއަށްވުރެ ބޮޑަށް ވެލެންސިއާ އިސްކަން ދެނީ ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކޮށް، މި ސީޒަނުގެ ނަތީޖާތައް ރަނގަޅު ކުރަން. މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ ޒުވާން ކުޅުންތެރިންނަށް އިންވެސްޓްކޮށް މުސްތަގްބަލް ރަނގަޅު ކުރުން،” ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުންޏެވެ. 

ސީޒަނުގެ ފުރަތަމަ މެޗުގައި ވެލެންސިއާއިން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ވެލެންސިއާ ކިބައިން ގްރީނުން ބަދަލު ހިފައިފި

މުހިންމު 3 ކުޅުންތެރިން ނެތީސް، ދެއްވަދޫއިން ވިލިނގިލި ބަލިކޮށް ފެށުން ރަނގަޅު ކޮށްފި

އިސްރާއީލް ބައިވެރިވާނަމަ، ފްރާންސާއި ނެދަރލެންޑްސް، ސްލޮވީނިޔާ، އައިސްލެންޑް އަދި އަޔަލެންޑުން ލަވަ...

Continue Reading

Previous: ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފި
Next: ރިއަލް މެޑްރިޑަށް ވަގުތު ދިނުމަށް އެންޑްރިކް ވޯލްޑްކަޕަށް ނުދާން ނިންމައިފި

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.