އީރާނުން އެކީއެކަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާއިން ކުރި ޕްރެޝަރަށް އީރާނުން ދެކޮޅު ހެދުމުން، އެންމެ ފަހުން އެމެެރިކާއިން އީރާނުގެ ޔުރޭނިއަމް މަޝްރޫއަށް ހުއްދަ ދީފިއެވެ. މިހާރު ހިނގަމުންދާ ނިއުކްލިއާ މަޝްވަރާތަކުގެ ތެރެއިން ޔޫރޭނިއަމް މުއްސަނދިކުރުން ކުރިއަށް ގެންދިއުމަށް އެމެރިކާއިން ރުހިފައިވާއިރު، އީރާނުގެ އޮފިޝަލުން ސިފަކުރެއްވި ގޮތުގައި ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ގާބިލްކަމަކީ “ރަތް ރޮނގެއް” ކަމުގައި ވާއިރު، މާނައަކީ އެއީ ކޮންމެ އެއްބަސްވުމެއްގައި ވެސް ވާހަކަ ނުދެއްކޭނެ ޝަރުތެކެވެ.
ތެހެރާނުން ބުނާ ގޮތުގައި ވޮޝިންޓަނުން މިހާރު ވަނީ އުނބަށްޖަހައި، އީރާނުގެ ޔޫރޭނިއަމް މުއްސަނދިކުރުމުގެ ހަރަކާތްތައް މުޅިން ހުއްޓާލުމަށް ބާރުއެޅިއެޅުން ހުއްޓަލާފައެވެ.
އޭގެ ބަދަލުގައި މަޝްވަރާތައް ކުރިއަށް ގެންދަނީ މުޅިން ސަސްޕެންޑް ކުރުމަށް ޑިމާންޑް ކުރުމުގެ ބަދަލުގައި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ލެވެލް ވަކިވަރެއްގައި ބެހެއްޓުމާއ، އަދި މޮނިޓަރިން މެކޭނިޒަމްތައް ލިމިޓް ކުރުމަށެވެ.
ޔޫރޭނިއަމް މުއްސަނދިކުރުމަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި ނާޒުކު މައްސަލައެކެވެ. ލޯ ލެވެލް އެންރިޗްމަންޓް ސިވިލް ނިއުކްލިއާ ހަކަތައާއި މެޑިކަލް ބޭނުންތަކަށް ޔުރޭނިއަމް ބޭނުން ކުރެވުނަސް، ނިއުކްލިއާ ބޮމެއް ހަދާފާނެތީވެ ވަކިމިންވަރަކަށް ޔުރޭނިއަމް މުއްސަނދިކުރުން އޮންނަނީ މަނާ ކޮށްފައެވެ.
