Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ
  • ލައިފްސްޓައިލް
  • ޚަބަރު

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

admin February 15, 2026
Screenshot_20260215-112302

ސިވިލް ސަރވިސް މުވައްޒަފުންނަށް މަސައްކަތުގައި އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް ދިމާވާ އެކި ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ގިނަ މުވައްޒަފުންގެ އެދުމެއްކަމަށް ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، އެކި ޙާލަތްތަކާއި ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން އަދާކުރެވޭނެ ބައެއް މަސައްކަތް ހުރިނަމަވެސް އޮފީހަށް ހާޒިރުވާން ޖެހުމަކީ ތަކުލީފަކަށްވެ އެކަމުގެ ސަބަބުން އުފެއްދުންތެރި ކަމަށް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން މުވައްޒަފުންނަށް މެދުވެރިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު މި ލުއިތައް ދިނުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި މިއަހަރުގެ ތެރޭގައި މިބަދަލު ގެނައުމަށް މަސައްކަތް ކުރަމުންއަންނައިރު، “ބަފަރ ޓައިމް”ގެ ގޮތުގައި ކަނޑައަޅާ ވަގުތު ހާމަކުރާނެކަމަށްވެސް ސީއެސްސީން ވިދާޅުވެއެވެ.

މިބަދަލުގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މަސައްކަތުގެ ގަޑީގެ ތެރެއިން ލުއިތަކެއް ދިނުމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށްވެސް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސީއެސްސީން އަންނަނީ ކުރަމުންނެވެ.މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނުންނަށް ވިހެއުމާއި ގުޅިގެން މިހާރު ދެމުންދާ ލުއިތަކުގެ އިތުރަށް ލުއި ދިނުމަށް ސަރުކާރުން އަންނަނީ، މަސައްކަތް ކުރަމުންނެވެ.

މިމަސައްކަތުގެ ދަށުން މިހާރު ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސް ދުވަހުގެ މެޓަރނިޓީ ޗުއްޓީއެއް އަންނަނީ ދެމުންނެވެ. އަދި ތުއްތު ދަރިފުޅަށް 1 އަހަރު ފުރުމާ ހަމައަށް ވަޒީފާގެ ވަގުތު ތެރޭގައިވެސް ދަރިފުޅު ގާތު މަޑުކުރެވޭނެހެން ލުއިތަކެއް ވަނީ ދީފައެވެ. މިހާރު ސަރުކާރުން ދަނީ، ޤާނޫނަށް ބަދަލު ގެނެސް މިމުއްދަތު އިތުރުކޮށް، 1 އަހަރުގެ ބަދަލުގައި ދަރިފުޅަށް 2 އަހަރު ފުރުމާއި ހަމައަށް ލުއިދޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

ފަހަތުން އަރައި ރާއްޖެ ބަލިކޮށް ކިރްގިސްތާން ތަށި ހޯދައިފި

ލޯފަން ކުދިންގެ ޙައްޤުގައި ދިރާގުން އެހީވެއްޖެ

Continue Reading

Previous: ރޯދަމަހު އޮފީސް ގަޑިއަށް އިތުރު ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުން ބުނެފި
Next: އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.