އިސްތަންބޫލަށް ދެންމެ ބާރުގަދަ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ނަގޫރޯޅީގައި ބައެއް ލޯންޗުފަހަރާއި ޔޮޓުތަކަށް ވެސް ގެއްލުން ލިބިފައިވާއިރު ބައެއް ޢާންމު ރައްޔިތުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވި ކަމަށް ޚަބަރުތައް ބުނެއެވެ.
މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނުލިބުނު ކަމުގައި ވިޔަސް ބައެއް ޢިމާރާތްތަކުގެ ފުރާޅުވެސް އެއްލާލާފައިވާއިރު، ނަގޫރޯޅިއާއި އެކު ވާރޭ ވެސް ވެހުނު ކަމަށާއި، ލިބުނު ގެއްލުންތައް ދިރާސާ ކުރަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
