Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ލޭޑީސް ފިންގާ އަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް
  • ލައިފްސްޓައިލް

ލޭޑީސް ފިންގާ އަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް

admin January 5, 2026
IMG_9049

ލޭޑީސް ފިންގަރ އަކީ ނުކައި ދޫކޮށްލަންވީ ވަރުގެ އެއްޗެއް ނޫނެވެ. ގިނަ އަދަދަކަށް ލޮނދި ހިމެނޭ މި ތަރުކާރީއަކީ އޭގައި ސިއްހަތަަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ.

މި ތަރުކާރީ އަކީ އަހަރެމެންގެ ކެއުމުގައި ބީރައްޓެހި އެއްޗަކަސް، ހަގީގަތަކީ މިއީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، ވިޓަމިންސް، އެންޒައިމްސް، ކެލްސިއަމް، ޕޮޓޭސިއަމް އަދި މި ނޫނަސް ސިއްހަތަށް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. މިއީ އާއްމުކޮށް ހޫނުގަދަ ހިސާބުތަކުގައި ހެދޭ އެއްޗަކަށް ވުމުން ރާއްޖޭގައި މިތަކެތި ހައްދަން ފަސޭހަ ވާނެ އެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ވެސް މި ބާވަތް ހައްދާ އުޅެއެވެ.

މިއީ ލޭގެ ޕްރެޝަރު ކޮންޓްތޯލް ކުރުމަށާއި ހަކުރު ދަށް ކުރުމަށްވެސް އެހީތެރިވެދޭ ތަރުކާރީގެ ބާވަތެކެވެ. އަދި މީގައި ކެލޮރީސް ހިމެނޭ މިންވަރު މަދުވުމުގެ ސަބަބުން މިއީ ބަރުދަން ލުއިކޮށްދޭ ބާވަތެއްވެސް މެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތްކުރާ ކޮންމެމީހަކުވެސް ކެއުމުގައި ލޭޑީސްފިންގާ ބޭނުންކުރުމަކީ ވަރަށްވެސް ބޭނުންތެރިކަމެކެވެ.

ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ކިޔާ މޮލިކިއުލްއަކީ ސެލްތައް ހަލާކުކޮށް ކެންސަރަށް މަގުފަހި ކުރުވާ އެއްޗެކެވެ. ކާނާގެ ބައެއް ބާވަތްތަކުގައި ހިމެނޭ އެންޓައި އެކްސިޑެންޓް ކިޔާ މާއްދާއަކީ ހަށިގަނޑުގައި އުފެދޭ މިފަދަ ފްރީ ރެޑިކަލްތައް ނައްތާލާ މާއްދާއެކެވެ. ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލް އާއި ވިޓަމިން އޭ އަދި ވިޓަމިން ސީއަކީ މިދެންނެވި އެންޓި އޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ ކެންސަރާއި ހަނގުރާމަކުރާ ބާވަތްތަކެކެވެ. މީގެއިތުރުން ކެންސަރ ސެލް ބްލޮކް ކުރާ ލެކްޓިން ކިޔާ މާއްދާއެއްވެސް ލޭޑިސް ފިންގާގައި އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ ކެންސަރު ބަލިން މީހާ ދިފާޢުކޮށްދީ، އެބަލިން ރައްކާތެރިވެ ދެމިހުރުމަށް މަގުފަހިކޮށްދޭނެ ތަރުކާރީއެކެވެ.

ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލްއަކީ ލޭ ގަނޑުވުމުންނާއި ފްރީ ރެޑިކަލްސް ހަށިގަނޑުގައި އެފެދުމުން ދުރުކޮށްދޭ އެއްޗަކަށް ވުމުން ސްޓްރޯކް ޖެހުމުންވެސް ރައްކާތެރިކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓިއޮކްސިޑެންޓުގެ ސަބަބުން ސިކުނޑި އިންފްލޭމްވުމުންވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ލޭޑީސް ފިންގާގައި ޖެލީ ގޮތަށް ހުންނަ ތަތް މާއްދާއަކީ ކޮލެސްޓްރޯލްއާއި އެކުވެ ހަށިގަނޑުން ކޮލެސްޓްރޯލް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަންވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން މިއީ ސިކުނޑީއާއި ހިތުގެ ދުޅަހެޔޮ ކަމަށް ކެއުމުގައި ކޮންމެހެންވެސް ހިމަނަންޖެހޭ މުހިންމު ތަރުކާރީއެކެވެ.

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ...

ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި

Continue Reading

Previous: ލިވަޕޫލާއި ފުލަމް މެޗު – އޮފަސައިޑޭ ބުނި ގޯލް ރަނގަޅު
Next: އަރަމުން އަންނަ ތަރި (އުމައިރު މުޢިއްޒު) ނިއު އާއި ގުޅިއްޖެ

Related Stories

B9F4E63E-7389-4D67-B3F3-2A635F1F1451
  • ރިޕޯޓް
  • ލައިފްސްޓައިލް

ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި

admin February 24, 2026
Screenshot_20260215-112302
  • ލައިފްސްޓައިލް
  • ޚަބަރު

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

admin February 15, 2026
156B117E-4E4B-4355-B788-A2BECAB2AD1F
  • ރިޕޯޓް
  • ލައިފްސްޓައިލް

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ ރަމްޒީ ސިޔާސަތަކަށް ވުމުގެ ނުރައްކާ އެބައޮތެވެ!

admin February 12, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.