
ސްޓެލްކޯގެ އެމްޑީ ފަހުމީ؛ އޭނާ އަޑީގައި ހުރެގެން ހިންގާފައިވާ ޖަރީމާތައް ވަރަށް ގިނަ ކަމަށް ތުހުމަތު ކުރެވޭ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ތެރޭގައި މޫލާފައިވާ ކޮރަޕްޝަން ނެޓްވޯކެއް އެބައޮތެވެ. މެނޭޖިން ޑިރެކްޓަރު ފަހްމީ އާއި އޭނާގެ ގާތް އެކުވެރިންގެ ހެކިތަކުން މިކަންކަން ހާމަވެ އެވެ. މި ސްކީމް އެނބުރެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަރަށް ސިއްރިޔާތުގައި އުފެއްދި ކުންފުންޏަކާއި ހިސާބުން ކަމަށް ހެކިތަކުން ބުނެދެއެވެ.
ސްޓެލްކޯގެ ތެރެއިން ލިބިފައިވާ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި ކުންފުނީގެ ކޮންޓްރެކްޓްތަކުގެ ގާތްގަނޑަކަށް %70 – ޖެންސެޓްތަކުން ފެށިގެން ކްލެޑިންގ އާއި ހަމައަށް މަސައްކަތްތައް ދީފައިވަނީ އެއްބަޔަކަށެވެ. ފަހުމީ އާއި ގުޅިފައިވާ ކުންފުންޏަށެވެ.”ފެކްޓަރީ އިންސްޕެކްޝަންސް” ގެ ނަމުގައި ބޭރުގެ ދަތުރުތަކަށް ކޮލިޓީ ކޮންޓްރޯލް ޗެކްތައް ހެދުމަށް ގޮސްފައިވާއިރު އެއިން ފަހުމީއަށް ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. މާލޭގެ މަގުތަކުގައި އަޅަން އިރުޝާދުދިން ކޭބަލްތަކުގެ ބަދަލުގައި އާދައިގެ ހިމަ ކޭބަލެއް ވަޅުލުމުގެ ޒިންމާއިން ވެސް ފަހުމީ އަށް ރެކެވޭނެ ގޮތެއް ނެތެވެ.
މީގެ އިތުރުން ސްޓެލްކޯއިން މިހާރު ވަނީ ސައިކަލް ކޮންޓޭނަރުތަކެއް ޗައިނާއިން އެތެރެކޮށްފައެވެ. ޖަޕާނާއި ތުރުކީގައި މީގެ ކޮލިޓީ ސައިކަލްތައް ހުއްޓައި އާދައިގެ އަދި ހަމައެހެންމެ އަގާއި ނުބައްދަލު ސައިކަލްތަކެއް އެތެރެކުރުމަށްފަހު މި ވިޔަފާރިއަށް ވަނީ ވެސް ވަކި ބަޔަކަށް ފައިދާ ހޯދުމަށް ކަމަށް ތުހުމަތު ކުރެވެއެވެ.

ޗައިނާއިން ގޯގޯރޯ ބްރޭންޑުގެ ސްކޫޓަރުގެ ހޯލްސޭލް އަގުތައް ވަރަށް ވެސް ހެޔޮކަމަށް ވެއެވެ.
ސްޓެލްކޯއިން މިހާރު ގެނެސްގެން އުޅޭ ބްރޭންޑަކީ ވެސް ގޯގޯރޯ އެވެ. ޗައިނާއިން ގޯގޯރޯ ބްރޭންޑުގެ 100 ސްކޫތަރު ގަންނަ ކަމުގައި ވަނީނަމަ އޭގެ އެއްޗަކަސް ޖެހޭ ހޯލްސޭލް ޕްރައިސް އަކީ 339 ޑޮލަރެވެ. ރާއްޖެއާއި ހަމަޔަށް މި ހުރިހާ އެއްޗެއް ގެންނައިރު އެއްޗަކަށް 500 ޑޮލަރު ނާރާނެއެވެ.
ޗައިނާއިން ވިއްކާ މިދެންނެވި ގޯގޯރޯ ބްރޭންޑުގެ ސްކޫޓަރުގެ 1500 ވޯލްޓޭޖްގެ އިލެކްޓްރިކް ސައިކަލް ގަނޑުކޮށް އެއްފަހަރާ 100 ގަންނަ ކަމުގައި ވަނީނަމަ 1000W އާއި 2000W އާއި ދެމެދަށް އިންޖީނު ސެޓަޕް ހަދައިދޭއިރު އޭގެ އަގަކީ ވެސް މަދުވެގެން 100 ނަގާކަމުގައި ވަނީނަމަ އެއްޗެއް 339 ޑޮލަރެވެ. ނަމަވެސް ސްޓެލްކޯއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރަން އުޅޭ މި ވިޔަފާރީގައި ސައިކަލެއްގެ އަގު 80،000 ރުފިޔާއަށްވުރެ ބޮޑެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސައިކަލްތައް ޗައިނާއިން ރާއްޖެ ގެނެސްފައިވަނީ ސީދާ ސްޓެލްކޯއާއި މި ސައިކަލްތައް އުފެއްދި ކުންފުނި މެދުވެރިވުމުގެ ބަދަލުގައި އިތުރު ފަރާތްތަކެއް މެދުވެރިވެ ކޮރަޕްޝަން ހިންގައިގެން އަސްލު އަގު ބަދަލުކޮށްގެންނެވެ.

މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ޓެކުސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ހަމައެކަނި ކޮރަޕްޝަނެއް ނޫނެވެ. އެއީ ފަސާދައެވެ. ރައްޔިތުންގެ އަތުން ވައްކަން ކުރުމެވެ. މިއީ ސީދާ ފަހުމީއަށް ބައި އެޅޭ ގޮތަށް ހިންގި ޖަރީމާއެއް ކަމަށް ބުނެވެއެވެ.
މިކަންކަން މިމަގުން ކުރާއިރު، މީގެ ކުރިން ވެސް ސްޓެލްކޯއަށް ބަރާބަރަށް ރައްޔިތުންގެ އަތުން ކަރަންޓު ބިލަސށް ވަންނަ ފައިސާ މިހާފު ވެސް ބަރާބަރަށް ލިބޭއިރު، ސްޓެލްކޯއިން މުވައްޒަފުންނަށް ދޭނެ މުސާރަ އެތަނުގެ އެކައުންޓުގައި ނުހުންނަނީ، ފަހުމީގެ ހިންގުން ބޮއްސުންލީމައެވެ.
މުވައްޒަފުންގެ މުސާރަދިނުން ލަސްވެ، ޚިދުމަތްތައް ކޮޅުންލައި، ބިލިއަން ޑޮލަރު ސްޓެލްކޯއަށް ގެއްލިއްޖެއެވެ.
ފަހުމީ މިހާރު ވެސް ހަދާ ގޮތަކީ އޭނާގެ ތިމާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކަށް ސްޓެލްކޯގެ ދަތުރުތައް ބޮޑު އަގުގައި ދީގެން ، “ހަމައެކަނި ސައިތައްޓެއް ބޯލަން ވެސް” ހަވީރު ފުރައިގެން ކ. އަތޮޅު ހުރައަށް ދަނީއެވެ. އެ ރަށަށް ގޮސް ސައި ބޯލުމަށްފަހު އެނބުރި އަންނަނީމާބޮޑު ކަމެއް ނުކޮށެވެ. މި ދަތުރުތައް މި އަޅަލަނީ އާއިލީ ގުޅުން އޮންނަ ލޯންޗުފަހަރުތަކަސް ބޮޑު އަގުގައި ބިލް ކޮށްގެންނެވެ.
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ސިއްރުން ފަހުމީ ހިންގާފައިވާ އަދި ހިންގަމުންދާ ޖަރީމާތަކެވެ. މިފަދަ ކަންކަމަށް، މި ޚިޔާނާތް ކުރިއަށް ގެންދިއުމަށް ރައީސް ފުރުސަތު ނުދެއްވާނެއެވެ. ގައުމުގެ ރައީސް ކިތަންމެ ރަނގަޅުވިޔަސް، ދަށުން މަސައްކަތްކުރާ ފަހުމީ ކަހަލަ “ރައްޔިތުންގެ ލޭބޯ ފުރޭތަ”ތައް ތިބޭ ކަމަށް ވާނަމަ ގައުމުގެ ހިންގުން ރަނގަޅެއް ނުވާ ެއެވެ.
ރައީސުލްޖމްހޫރިއްޔާގެ އުޞޫލަކީ އިންސާފެވެ. ކޮރަޕްޝަން ނައްތާލުމެވެ. އެމަނިކުފާނު އައްޔަންކުރެއްވި މީހަކު ވެސް ކޮރަޕްޝަނުގެ ފައިސާ ނަގާނަމަ ނުވަތަ ކޮރަޕްޝަން ހިންގާނަމަ އެއީ އެމަނިކުފާނަށ ހަޖަމް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަން ފާއިތު ީ ކުޑަ ދުވަސްކޮޅު ރައްޔިތުންނަށް ވަނީ ފެނިފައެވެ.