Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކުށުގެ ވެށްޓަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އަޅާނަން: ވަޒީރު އިޙްސާން
  • ޚަބަރު

ކުށުގެ ވެށްޓަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އަޅާނަން: ވަޒީރު އިޙްސާން

admin May 13, 2025
IMG_5517

ޤާނޫނުތަކަށް އަލަށް ގެނެވުނު އިސްލާހުތަކާއެކު ކުށުގެ ވެށްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއްކަމަށް ބަޔާންކުރާ ކަމަށާއި އެކަން ކުރާ މީހުން ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިހާތަނަށް އައިރު، ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކުދިންނާއި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ. 

“މި 1000 ކުދިންނަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި ފެންނާނީ ޖަލުން. ނޫނީ އެވަރުގެ ކުށަކަށް އަރައިގަންނަތަން. އެހެންވެގެން އަޅުގަނޑުމެން ހޯޕް އައިލެންޑްގެ ނަމުގައި ރަށެއް މިއަޅަނީ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑްގެ މަޝްރޫޢުގެ ދަށުން ފެށޭނެ ކަމަށެވެ. ހޯޕް އައިލެންޑަކީ އަޚުލާޤު ރަނގަޅު، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ކުށްކުރާ ކުދިން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފެސިލިޓީތަކަކާއެކު ތަރައްޤީކުރާ ރަށެކެވެ.

ވަޒީރު ވިދާޅުވީ، ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކުށުގެ މާޙައުލަށް ކުޑަކުދިން ހުށައެޅުން، ކުށެއްގެ ގޮތުގައި މީގެ ކުރިން ނުބެލި ނަމަވެސް، މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ފިޔަވަޅު އެޅޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުށުގެ މާޙައުލަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް އެޅެންދެންވެސް ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ބައެއް ޕްރޮގުރާމްތައް ހިންގަމުންދާ ކަމަށެވެ. އެ ގޮތުން އެފަދަ ކުދިންނަށް އަމާޒުކޮށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމްތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ އެކިއެކި ފަރުވާ ދިނުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޖިނާޢީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު 14 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީވެސް ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

ކައިވެނިކުރަން އައި މީހަކަށް ގުޅިއޭ ކިޔައި އޮޅުވާލައިގެން ފަނޑިޔާރެއްގެ ޒިންދަގީ ދުއްވައިލި ވާހަކަ…

ދުންފަތާބެހޭގޮތުން ގޮތް ކަނޑައެޅުން މިއަދު

Continue Reading

Previous: ޓްރަމްޕުގެ “ޖައްވީ ގަނޑުވަރުގެ އެތެރޭގެ ފޮޓޯތައް” މިހިރީ!
Next: ފަހުގެ ޖީލަށް ދުންފަތް މަނާކުރާ ބިލަށް އެމްޑީޕީން ދެކޮޅު! ނަމަވެސް ފާސްކޮށްލައިފި

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.