Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙައްޖާޖީންގެ ޑެބިޓު ކާޑުގެ ލިމިޓު 2000 ޑޮލަރަށް އިތުރުކޮށްދިނުމަށް ރައީސް ނިންމަވައިފި
  • ޚަބަރު

ޙައްޖާޖީންގެ ޑެބިޓު ކާޑުގެ ލިމިޓު 2000 ޑޮލަރަށް އިތުރުކޮށްދިނުމަށް ރައީސް ނިންމަވައިފި

އަލްއުސްތާޛް ޢަލީ އާދަމް May 12, 2025
397995_d296cc1f-8_-1536x1024

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑު ލިމިޓު، 2000 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަންގަވާފައިވާކަމަށެވެ. ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ޑެބިޓު ކަޑުގެ ރަސްމީ ލިމިޓަކީ 250 ޑޮލަރެވެ. އެހެންކަމުން ރައީސުލްޖުމްހުރިއްޔާ ހަމައްޖައްސަވައިދެއްވި މި އިންތިޒާމާއެކު ކޮންމެ ޙައްޖުވެރިއަކަށް ޖުމްލަ 2000 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެބޭންކަށް ޝުކުރުު ދަންނަވާފައެވެ.

ޙައްޖާޖީންގެ ކާޑު ލިމިޓު އިތުރުކޯށްދެއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދިޔަ ޢުމްރާވެރީންނަށްވެސް މިއުސޫލުގެ ތެރެއިން ޑޮލަރު ލިމިޓު އިތުރުކޮށްދެއްވާފައެވެ. މިގޮތުން ޢުމްރާއަށް ޢުމްރާވެރީންނަށް، 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވިއެވެ. ބީއެމްއެލުން ހާމަކުރައްވާފައިވާގޮތުގައި ޢުމްރާވެރީންނަށް އެއް މިލިއަން ފަސްހާސް އެއްސަތޭކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދޫކޮށްފައިވެއެވެ.

ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލަ ޙައްލުކޮށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އައު ޤާނޫނަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. 

މިއާއެކު ދިވެހިން ރާއްޖެއިން ބޭރަށް ދިއުމަށް ލިބޭ 500 ޑޮލަރު 1000 ޑޮލަރަށް މަތިކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަޖައްސުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި

މަންދިގެ މައްސަލަ ފެމެލީ ކޯޓުގައި ފަށައިފި

ގަދަކަމުން ހެކިބަސް ނަގަން ބޭނުން ނޫން: ޔާމީން

Continue Reading

Previous: ސަމިޓް ވަރަށް ކާމިޔާބު! ދެން ކޮންމެ އަހަރަކު އޮންނާނެ
Next: ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރު އުވައިލާން އެދިއްޖެ

Related Stories

IMG_5863
  • ޚަބަރު

10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުކޮށްދެއްވުމީ ޙައްޖާޖީންނަށް ރައީސް ހޯއްދަވައިދެއްވި ލުޔެއް: ޝަކީލް

admin May 26, 2025
IMG_5792
  • ވިޔަފާރި
  • ޚަބަރު

ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި

admin May 24, 2025
397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.