Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުން ކަނޑު އަޑީގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފި
  • ޚަބަރު

އީރާނުން ކަނޑު އަޑީގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފި

admin January 29, 2026
838D2175-BAB1-4A66-A959-95A871279127


އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ޕްރެޝަރާއި އެކު އެމެރިކާއިން އީރާނާއި ދެކޮޅަށް ހަނގުރާމަ އެއް ފެށުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، ޚޮރްމުޒް ކަނޑުއޮޅީގެ އެންމެ އަޑިއާއި ޖެހެންދެން ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން ބުނީ އެ ޤައުމު ވަށައިގެންވާ ސަރަޙައްދުގެ އެއްގަމާއި، ކަނޑާއި އަދި ކިއެއްތަ، ކަނޑު އަޑީގެ ވަކިވަކި ގާތަކަށް ދަންދެން މިހާރު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އެއިން އެއްވެސް ތަނަކުން ދުޝްމަނުންގެ ޙަމަލާއެއް އަތުވެފާނެތީވެ ޖެހިލުމެއް ނުވާ ކަމަށެވެ.

އީރާނުން މިހާރު ވަނީ ކަނޑުއަޑިއަށް ޑްރޯންތަކާއި ޖީޕީއެސްތަކާއި ކަނޑުއަޑީގައި ބޭނުންކުރާ ރާޑަރު ސިސްޓަމްތަކާއި، އަޑު ދެނެގަނެވޭނެ އާލާތްތަކާއި އެކި ވައްތަރުވައްތަރުގެ ކެމެރާތަކާއި ރޮބޮޓުތައް ފޮނުވާފައެވެ. މީގެއިތުރުން ސަބްމެރީންތައް ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

ކަނޑުއަޑީގެ ރޮބޮޓް


“އަޅުގަމޑުމެންނެއް ނޫޅޭން ހަނގުރާމައަކަށް ދާކަށެއް… ނަމަވެސް ފުރިހަމައަށް ތައްޔާރުވެފައި މި އޮތީ،” އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު އަކްބަރުޒާދޭ އާއި ޙަވާލާދީ ތުރްކިޔޭގެ ޓީވީ ޗެނަލުން ބުންޏެވެ.

އޭނާ ވިދާޅުވީ، ހަނގުރާމައެއް ހިނގައިފިނަމަ، އެންމެ މިލިމީޓަރެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި އީރާނުން ދާނީ ކުރިއަށެވެ.

ޚޮރްމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެޔޮ ޝިޕްމަންޓްގެ ތިންބައިކުޅަ އެއްބައެވެ. މިތަން މެދުވެރިކޮށް ދުވާލަކު 20 މިލިއަން ފީފާގެ ތެޔޮ އުފުލައެވެ.

އެމެރިކާ އަށް ތެޔޮ ސަޕްލައި ކުރާ ޣިރާޤުގެ %85 ތެޔޮ އުފުލަނީ މި ކަނޑުއޮޅިންނެވެ. ސަޢޫދީ ތެލުގެ %35 އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް ގެ %20 އުފުލަނީ މި މަގުންނެވެ. މި ސަބަބާއި ހުރެ ޣިރާޤާއި ސަޢޫދީ އަދި ޢަރަބި ޢިމާރާތުން ބުނީ އީރާނަށް ޙަމަލާ ދިނުމަށް އެ ޤައުމުތަކުގެ ވަޔާއި ކަނޑާއި އެއްގަމެއް ނުލިބޭނެ ކަމަށެވެ. ސަބަބަކީ އީރާނަށް ޙަމަލާ ދިނުމަށް ދުޝްމަނުން އެހީތެރި ވެއްޖެ ނަމަ
އީރާނުން އެ ޤައުމުތަކަށް ޙަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާތީއެވެ،

މަސްވެރިކަމުން ނަފާ ހޯދާ ބިޔަ މަޝްރޫޢު ފަށައިފި

ރައީސްގެ ވަޢުދާއި އެއްގޮތަށް 24 ގަޑިއިރު މުދާ ކްލިއާ ކުރާގޮތަށް ހަދައިފި

ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް

Continue Reading

Previous: ޓްރަމްޕު ދެކެ ބިރެއް ނުގަނޭ! ބިރުގަންނަނީ ހަމައެކަނި الله އަށް: ޚާމަނާއީ
Next: އެމެރިކާ އާއި ދެކޮޅަށް ނިއުކްލިއާ ދެބާރުން އީރާނާއި އެކު ޑީލެއް ހަދައިފި

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.