އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ނުބައި ނުލަފާ ކާފަރުންތައް ހިފާފައިވާ ހުޅަނގު އައްސޭރި އަށް ވަދެ، ހިބްރޫންގެ ދެކުނުން ފަލަސްތީނުގެ 20 އަހަރުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު ރާޖިހް ނަސްރުالله ގެ ބަނޑު ފަޅާލައި މަރާލައިފިއެވެ.
ޔަހޫދީން ބުނާ ގޮތަށް ނަހަދާނެ ކަމަށް ބުނެ ޖަދަލުކުރުމުން އޭނާ އަށް މި ޢުޤޫބާތް އެ މީހުން ދިނީ، ތިމާމެން ވަރުގެ ބަޔަކު ފަލަސްޠީނުގެ ބިމުގައިނުތިބޭނެ ކަމަށާއި، ހުޅަނގުއައްސޭރީގައި އުޅެވޭނީ ތިމަންނާމެން ބުނާ ގޮތަށް ހަދައިގެން ކަމަށް ބުނެ އިންޒާރު ދެމުން ކަމަށް ނުރަސްމީ މަސްދަރުން ބުންޏެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، އަލްދާހިރިޔާ އަށް ނިސްބަތްވާ މި ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ޙާލު ވަރަށް ސީރިއަސް ކަމަށާއި މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ
މި ކަންތައްގަނޑުގެ ތެރޭގައި އިތުރު ޒުވާނަކަށް ވެސް ޔަހޫދީ ސިފައިން އަނިޔާ ދިނެވެ.
