މަސްވެރިންނަށް މިފްކޯއިން ދޯކާ ދީފި

By admin Jul1,2024

ކައްޒާބު މަސްވެރިންނަށް ދޯކާ ދީފި! މިއީ މަސްވެރިންނަށް ދިން ބޮޑު އަނިޔާއެއް!ރައީސް މުއިއްޒު މަސްވެރިންނަށް ޚިޔާނާތްތެރިވެ އޮޅުވާލައިފި އެވެ. އިންތިޚާބުގެ ކުރިން މުއިއްޒު ވަނީ އޭނާއަށް ވެރިކަން ދީފިނަމަ މަދުވެގެން ކިލޯއަކަށް 20 ރުފިޔާ ދޭނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު މިއަގު ދަށްކުރަމުންކުރަމުން ގޮސް ކަޅުބިލަމަސް ކިލޯއެއް މިހާރު 5 ރުފިޔާއަށް ތިރިކޮށްފިއެވެ.

މިއީ ކުރީގެ އެމްޑީޕީ ސަރުކާރުގައި އޮތް ރޭޓަށްވުރެ ވަރަށް ބޮޑަށް ދަށްވުމެކެވެ. އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެންމެ އާދައިގެ ލައްޓި ރާގޮނޑި ކިލޯއެއްވެސް 10 ރުފިޔާ އާއި 15 ރުފިޔާއަށް ގަތެވެ. އަދި ކަޅުބިލަމަސް ގޮނދާ 25 ރުފިޔާއަށް ގަތެވެ. ނަމަވެސް ޕީއެންސީ ސަރުކާރުން މިފްކޯ މާފިޔާ ކުންފުނި މެދުވެރިކޮށް 5 ރުފިޔާއަށް ވުރެ ބޮޑުކޮށް ގަނެގެން ނުވާނެ ކަމަށް ބުނެ މަސް ގަންނަ ފަރާތްތަކަށް އަމުރު ނެރެފިއެވެ.

މިއީ ސީދާ މަސްވެރިންނަށް ދިން ލަނޑެކެވެ.ޚަބަރު ލިބިފައިވާ ގޮތުގައި އަދިވެސް ކިލޯއެއް ދިވެހި މަސްވެރިން އަތުން ގަންނަ އަގު މިފްކޯ މާފިއާއިން ދަށްކުރާނެއެވެ.

“ގަންނަ އަގު އެނގޭނީ އަހަރެމެންނަށް. މަސްވެރިންނަކަށް ނޫން އެނގޭނީ މަސް ގަންނާނެ އަގު. ބޮޑު އަގު ހޯދަންޏާ އެހެން ބަޔަކަށް ވިއްކާލާ

މިފްކޯގެ އެންމެ މަތީ ފެންވަރުގެ މީހަކު ބުނި ކަމަށް އެކުންފުނީގެ މުވައްޒަފަކު ބުންޏެވެ. އޭނާގެ ނަން ހާމަކުރަން އަޅުގަނޑުމެން ބޭނުން ނުވެއެވެ. ސަބަބަކީ އެއީ … ކުދިންގެ ބައްޕައެކެވެ. މާލޭގައި ދިރިއުޅެނީ ކުއްޔަށެވެ. ހަމައެކަނި މިފްކޯއިން ލިބޭ އެއްޗެއް ނޫނީ އޭނާއަކަށް ނުލިބެއެވެ.

މަސް ގަންނަ އަގު މި ބޮޑުތަނުން ދަށް ކުރުމަކީ މަސްވެރިންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. މަސްވެރިކަމުގެ ސިނާއަތަކީ އިޤްތިޞާދުގެ ބިންގާއެއް ކަމުގައިވާއިރު، ގުނާ ނުލެވޭ ވަރުގެ އާއިލާތަކަށް ސަރުކާރުން މި ދިން އަނިޔާގެ ހިތި އަސަރު ކުރާނެއެވެ. މިއީ ސަރުކާރުން ރާވައިގެން މަސްވެރިންނާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް މިފްކޯގެ މުވައްޒަފަކު ބުންޏެވެ.

މިބަދަލު ގެނައީ ފައިނޭންސުން ބުނެގެން. އެމީހުންނަކީ ތައިލެންޑުގެ ކުންފުނިތަކާއި ގުޅިގެން ޔޫރަޕަށް މަސްބޭރުކުރާ މީހުން. ދިވެހި މަސް ތައިލެންޑުގެ ކުންފުނިތައް މެދުވެރިކޮށް މި ބޭރުކުރަނީ. އެހެންވެ އަގު ކުޑަކޮށް ދިވެހިންގެ އަތުން ގަނެގެން އެކަން ކުރަން މިމީހުން ބޭނުންވަނީ. މިކަމުގައި މިހާރު ބައި އަޅާނެ މިފްކޯގެ މަތީ ފަންތީގެ އެންމެނަށްވެސް.

މިސަރުކާރުން މަސްވެރިން ބާނާ މަސް ވީހާވެސް ކުޑަ އަގެއްގައި ގަންނަން މަސައްކަތް މިފެށީ ބޮޑެތި އޮޅުވާލުންތަކުގެ ތެރެއިންނެވެ. މުއިއްޒު އަށް ކައްޒާބޭ ކިޔަނީ މިފަދަ ކަންތަކާ ހެދިއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post