ވޯލްޑު ބޭންކުން ރާއްޖެއަށް ލޯނު ނުދޭން ނިންމައިފި

By admin Jul1,2024

ރާއްޖޭގެ ސަރުކާރުން ބުނީ ގައުމުގެ އިގްތިސާދު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެއީ ކައުންސިލްތަކުންވެސް ގައުމުގެ ވެރިންތައް ކޮޕީކޮށް ، ވެރިން ހަރަދުކުރާ ބީދައިން ހަރަދުކުރަން ފެށީމައެވެ. ޖަގިޔާ ނާޒިމްވެސް މިއަދު މަޖިލީހުގައި އެކަމަށް އަލިއަޅުވައި ގދ އަތޮޅު ކައުންސިލުން ޑުބާއީއާ ތުރުކީ އަދި ބެންކޮކަށް ދާ ވާހަކަ ބުނެ ބަނގުރޫޓުވާން އުޅޭއިރު ހަރަދު ބޮޑު ކައުންސިލްތަކުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. ކޮންމެއަކަސް ގައުމަށް މިހެން މިދިމާވީ މިހާރުގެ ސަރުކާރުން ތަނެއް އޮތިއްޔާ ބޯގަޅާތީއެވެ. ރާއްޖޭގެ ތަޖުރިބާކާރު ފަތުރުވެރިކަން މާކެޓްކުރާ އަމްޖަދުވެސް އެބޭފުޅާގެ ފޭސްބުކްގައި ސަރުކާރުގެ ދޯހަޅިކަންތަކަށް އިޝާރާތް ކުރެއްވިއެވެ. އަމްޖަދަކީ އޭޝިއާ ރީޖަނުގެ އެންމެ ފުންނާބު އުސް މާކެޓިންގ އެގްޒެކްޓިވް ލެވެލްގެ ދިވެހި ރައްޔިތެއްކަން ފާހަގަ ކުރަމެވެ.

އިގްތިސާދީ ގޮތުން ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާއިރު، މި ހާލަތު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ނެތްކަމަށް ސަރުކާރަށް ވަނީ ގަބޫލުކޮށްފަ އެވެ. ބަނގުރޫޓުވުމުގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިހާރުގެ ވެރިކަމުގެ ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިނގަމުންދާތީ، ބައިނަލްއަގްވާމީ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރާކަށް ބޭނުމެއް ނުވެއެވެ.

ވޯލްޑް ބޭންކުން ވަނީ އިގްތިސާދު ހަމައަކަށް އެޅުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓެކްސް ބޮޑުކުރުމަށް ސަރުކާރަށް ނަސޭހަތްތެރިވެ، ލޯނެއް ދެވެން ނެތްކަމަށްބުނެ އިންޒާރު ދީފައެވެ.

ވޯލްޑް ބޭންކުން ޓެކްސް ބޮޑުކުރަން ލަފާ ދިނީ ވޯލްޑް ބޭންކުން މިސަރުކާރަށް އިތުރު ލޯނެއް ނުދޭން މަސައްކަތް ކުރަމުންދާތީ އެވެ. ސަބަބަކީ ލޯނުގެ ގޮތުގައި މިފަސް އަހަރު ދުވަހުގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއް މުއިއްޒު ސަރުކާރުން ދައްކަން ޖެހެ އެވެ. މާލީ ގޮތުން ގޯސްކޮށް ކަންކަން ބެލެހެއްޓުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނުކުރެވޭ ކަމުގެ ރިޕޯޓްތަކުން އިތުބާރު ގެއްލި، އިންވެސްޓްމަންޓްތަކަށް ހުރަސް އެޅިއްޖެވެ. ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ މި ފަސްޖެހުމުގެ ސަބަބުން އިޤްތިޞާދީ ދަތިތައް އިތުރަށް ގޯސްވެ، ތަރައްޤީއާއި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ބޭނުންވާ ރައުސުލްމާލު ހޯދުމުގެ ޤާބިލުކަން ސަރުކާރަށް ގެއްލިއްޖެއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post