ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު ގަތް ގަނޑު

By admin Jun22,2024
ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު. މީނާ ވަނީ ނުހައްގުން އެތައް ލައްކަ ރުގިޔާއެއް މަޅާލާފައި. މީނާ އަކީ ޒުވާން އަންހެންކުއްޖަކު އޯވަނައިޓެއް ކޮށްފިއްޔާ އެކުއްޖާ ބުނާ ގޮތަށް މައްސަލަ ނިންމަދޭ މީހެއް ކަމަށް މައުލޫމާތު ލިބޭ

ހައިކޯޓު ގެ ފަނޑިޔާރު ޖޭ.އެސް.ސީގެ ނާއިބްރަައީސް ހދ.ވައިކަރަދޫ، ގްރީން ވިލާ ، ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓެއްގެ މަޤާމުގައި ހުންނެވި ދުވަސްވަރު މުޙައްމަދު ނިޔާޒު ކޯޓަށް ޙާޟިރު ނުވާ ދުވަސްތަކަށް މުސާރައިން ކެނޑުމަށް ފަހު ކޯޓުގެ ބަޖެޓަށް އެފައިސާ ޖަމާކުރަން JSC އެންގިއެވެ.
މިކަމާ މުޙައްމަދު ނިޔާޒު ހިތްހަމަ ނުޖެހި އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެކޯޓުން ވެސް ނިންމީ ޖޭ.އެސް.ސީ.ގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށެވެ. ދެން މިކަލޭގެ އެ ހުކުމް އިސްތިޢްނާފް ކުރާނެކަމަށް ބުންޏެވެ. ނަމަވެސް އިސްތިޢްނާފް ނުކޮށް މިކަލޭގެ ކުރި ކަމަކީ ކުޅުދުއްފުށީ ކޯޓަށް ނިކުންނަން ފެށީއެވެ. އަދި ހުރިހާ ފައިސާއެއް މީނާ ކުރިކަމަކީ އަމިއްލައަށް ޗެކްގައި ސޮއިކޮށް ނަގައި ބޭނުންކުރީއެވެ.

މީނާ ފުރަތަމަ ހުރީ ހައިކޯޓުން JSCގައި ހުންނަވާ މެންބަރެއްގޮތަށް. ނަމަވެސް ޤާނޫނީ ވަކީލުންގެ ފަރާތުން JSC ގެ މެންބަރަކަށް ހުރި ޖޭ.އެސް.ސީ.ގެ ނައިބުރައީސް MDPގެ އެކްޓިވިސްޓް ހއ.އިހަވަންދޫ ޢަބްދުލްމާނިއު ޙުސައިނު ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނުކޮށްފައި މުޙައްމަދު ނިޔާޒު JSC ގެ ނާއިބު ރައީސަކަށް ޢައްޔަނު ކުރެވުނެވެ. މިއީ ހިސާނުގެ މަސްލަހަތު ހިމާޔަތްކުރާ އަދި ހުސްނުއްސުއޫދުގެ “ގާޒީންގެ ތެރޭގައި ހިމެނޭ ކޮރަޕްޓު ނެޓްވޯކެވެ.”

އަދި ކޯޓަށް ޙާޟިރު ނުވާ ދުވަސްތައް ޙާޟިރުވީ ދުވަސްތަކެއްކަމަށް ނޯޓު ކުރިއެވެ. އެއިން ބަރާބަރަށް މިކަލޭގެ މުސާރަ ނެގިއެވެ. ކޯތަށް ނުނުކުތަސް މިކަލޭގެ މުސާރަ ނެގީ ކޯޓަށް ނުކުތް ކަމަށް ހަދާފައެވެ. އެއަށްފަހު 2009ވަނަ އަހަރުގެ ޗުއްޓީ ހަމަޖައްސައި ދިނުމަށް މިބުނާ މުޙައްމަދު ނިޔާޒް JSCގައި އެދުނެވެ. ނަމަވެސް 16 ޖުލައި 2009 ން 1 ނޮވެމްބަރު 2009 އަށް ޙާޟިރު ނުވާ ދުވަސްތަކެއްކަމަށް ސިވިލް ކޯޓުން ވެސް ނިންމާފައި ވުމުން ޗުއްޓީ ހަމަޖައްސައި ދެވެން ނެތްކަމަށް jSC އިން މިކަލޭގެއަށް އެންގިއެވެ.
ނަމަވެސް 2009ގެ އަހަރީ ޗުއްޓީ 2 ޖޫން 2010 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(DJA) އިން މުހައްމަދު ނިޔާޒުގެ އެދުމުގެ މަތިން ހަމަޖައްސައި ދީފައިވެއެވެ. އެގޮތަށް ދިމާވެފައި ވަނީ ޖޭ.އެސް.ސީ.އިން މުޙައްމަދު ނިޔާޒަށް ފޮނުވި މެސެޖު ގެ ކޮޕީ ޑިޕާޓްމަންޓަށް JSC އިން ކޮޕީ ކޮށްފައި ނުވުމުން ކަމަށް އެތަނުގެ ދުވަސްވީ މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށްފައި ބުންޏެވެ.

މިއީ ކަން ހިނގި ގޮތެވެ. މިމައްސަލަ ބަލާނެ ބަޔަކު ނެތެވެ. ޖޭއެސްސީންވެސް މިމމައްސަލަ ބަލާކަށް ނޫޅުނީ ހިސާނުއަށް ކޮން އެއްޗެއް ނިޔާޒު ދައްކައިގެން ކަމެއް ނޭނގެއެވެ.
ނުނުކުންނަ ދުވަހަށް ގާޒީއަކު އަމިއްލައަށް ޗެކުގައި ސޮއިކޮށް ކޯޓުން ފައިސާ ނެގީމާ މިދެން ތަންފުކެއް ބޮޑުވަރެވެ. ކުއްތާ އެއްވެސް މިހެނެއް ނަހަދާނެ އެވެ.

މިހާރު ޖޭއެސްސީގައި އެހެރީ އަދުރޭ އެވެ. އަދުރޭ މިކަމުގައި ނިންމާނެ ގޮތެއްވެސް ނޭނގެއެވެ.

އެނގޭހާވެސް ކަމަކީ ހުސްނުއްސުއޫދުއާއި ހިސާނުއާއި ގުޅިގެން މިކަލޭގެއާއި މާނިއު ވަނީ ގިނަ މައްސަލަތަކެއް މިމީހުން ބޭނުންވާ ގޮތަށް ކޯޓުތަކުން ނިންމާފައެވެ. އަދި މިމީހުން ބޭނުންވާ ގާޒީންތައް ކޯޓުތަކުން ބޭރުކޮށްލާފައެވެ. ބަދަލުގައި މިމީހުންގެ ބޯއީސްތަކަށް ގާޒީކަންވެސް ދީފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post