ގާޒީ އަލީ އާދަމް ގެ މައްސަލައިގެ އަސްލު

By admin Jun11,2024
ކުރީގެ އިސް މެޖިސްތްރޭޓް އަލީ އާދަމް: ހައުސިން މިނިސްޓަރު ކަމުގައި ޑރ.މުއިއްޒު ކުޅުދުއްފުއްޓަށް ދިޔަ ކެމްޕޭނު ދަތުރެއްގައި އަލީ އާދަމް ގެ ގެއިން މުއިއްޒުއާއި އަދިވެސް އެމްޑީޕީގެ އިދިކޮޅު ފަރާތްތަކުން އަލީ އާދަމްގެ ގެއިން މެންދުރު ކެއި ކަމަށް ބުނެ ޖޭއެސްސީ ހިސާން ވަނީ ރުޅިވެރިކަން ފާޅުކޮށްފައި. އަދި އަލީ އާދަމް ވަކި ކުރުމަށް އޭރުއްސުރެ ދިޔައީ މައްސަލައެއް ފެނޭތޯ ބަލަމުން! އަލީ އާދަމްގެ ގެއިން އިދިކޮޅު ފަރާތްތަކުން ކެއީ އެ ގެއަކީ ރީތިކޮށް ހަދާފައި ހުންނަ ގެއަކަށް ވާތީ މެހުމާނުންނަށް ފަސޭހަ ހިތްގައިމު މާހައުލެއް އެތަނުން ލިބޭތީ. އެއީ އަލީ އާދަމްގެ އަންހެނުން އަދި ކުޅުދުއްފުށީ ލީޑިންގ ޓީޗަރު އާއި އޭރުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދިން މެންދުރުގެ ކެއުމެއް

އެދެމީހުންވެސް މެސެޖަކުން ވެސް އަދި އެނޫން ގޮތަކަުންވެސް ގޯސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަލީ އާދަމް ކުރީ އެންމެ މެސެޖެކެވެ. އެ މެސެޖުގައި ކައިވެނި ދެމެހެއްޓުމަށް ބާރު އަޅައި ބުނެފައިވަނީ ތިޔައީ ވަރަށް ކިޔަމަންތެރި އަންހެނެއް ކަމަށާ ، ރަޙްމަތްތެރިކަމުގެ ގުޅުން ބޭއްވިދާނެ ކަމަށެވެ. ކޯޓުގައި ހިނގާ މައްސަލައާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަލީ އާދަމް މަސައްކަތްކުރީ އެއަންހެން މީހާ އާއި އޭނާގެ ފިރިމީހާ އާދެމެދު ޖެހިފައިވާ އާއިލީ މައްސަލަ ވަރިއާއި ހަމަޔަށް ނުގޮސް ނަސޭޙަތް ދީގެން ހައްލު ކުރުވުމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ފަހަރެއްގައިވެސް މިބުނާ އަންހެން މީހާ އެއްވެސް މައްސަލައެއް ޖައްސައިގެނެއް ނޫނެވެ. “އަލީ އާދަމް ކައިރީގައި ބުނެގެންވެސް ވަރިކޮށްދޭނެ ގޮތް ހަދައިދޭނަމޭ” ބުނި މީހަކު ބުނެގެން އެކަމާ ކޮންމެވެސް މީހަކު އެ މައްސަލަ ޖޭއެސްސީއާ ހަމަޔަށް ގެންދިޔައީއެވެ.

ޖޭއެސްސީން އަލީ އާދަމަށް ކުރި ތުހުމަތަށް އަލީ އާދަމް އިންކާރު ކުރިއެވެ. ނަމަވެސް މެސެޖެއް ކުރި ކަމަށް އިޢުތިރާފްވިއެވެ. އަދި އެ މެސެޖުގައި ހިނގަމުންދާ މައްސަލައިގައި އަންހެންމީހާގެ ކޮޅަށް ބުރަވާނޭ ފަދަ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ބުންޏެވެ.

އަލީ އާދަމް: އާދެ

އަލީ އާދަމް: ހިނގަމުންދާ މައްސަލައަކާއި ގުޅިގެން މެސެޖެއް ނުކުރަން. މަޤާމުގައި ހުރެ ދައްކަން ނުޖެހޭ ވާހަކައެއްވެސް ނުދައްކަން. ވަކިން ބައްދަލުކޮށްވެސް ވާހަކައެއް ނުދައްކަން.

2023 ވަނަ އަހަރުގެ މެއިމަހު އެ މައްސަލައާއި ގުޅިގެން ޖޭއެސްސީން އަލީ އާދަމް ސަސްޕެންޑު ކުރިއެވެ. އަދި ދިފާޢު ވުމަށް އެއްވެސް ފުރުސަތެއް ނުދީ ފަނޑިޔާރުކަމުން ވަކިކޮށްލީއެވެ. ވަކިކޮށްލީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކުގެ ދަށުން ކަމަށް ބުނެއެވެ.

ޖޭއެސްސީއަށް އެނގިފައިވަނީ އަލީ އާދަމްގެ މުޅި އާއިލާއަކީ ފެށުނީއްސުރެ އެމްޑީޕީ ފިކުރާއި ދެކޮޅު އާއިލާއެއް ކެމެވެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުއްޓަށް ދިޔަ ދަތުރެއްގައި އަލީ އާދަމްގެ ގެއަށް ޕީޕީއެމް ޕީއެންސީގެ އިސް ބަޔަކު ދިޔައެވެ. އަދި އެގެއިން މެންދުރު ކައި ހެދިއެވެ. ކެމްޕޭނުގައި އަލީ އާދަމްގެ އާއިލާ ހަރަކާތްތެރިވީ ޕީޕީއެމް ޕިއެންސީ އަށެވެ.

ގާޒީ އަލީ އާދަމް ގެ މައްސަލައިގެ އަސްލު

މީގެއިތުރުން ، ފަލަސްތީނުގައި ހިނގާ ކަންތަކާ ދެކޮޅަށް ކުޅުދުއްފުށީގައި ބޭއްވި ޕިކަޕް ބުރެއްގައި ޕޯސްޓަރުތައް ޕްރިންޓުކުރީ އަލީ އާދަމެވެ. އަދި ރެލީގައި ޕިކަޕަށް އަރައިގެން އަލީ އާދަމްވެސް ދިޔައެވެ. އެއިވެންޓަކީ އެދުވަސްވަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިހެން ކުރިޔަށްދިޔަ އިވެންޓެކެވެ. ސަރުކާރުން މަނާކުރި އިވެންތެއް ނޫނެވެ. ސިޔާސީ އިވްނެޓެއްވެސް ނޫނެވެ. ނަމަވެސް މި ރެލީގެ ފޮޓޯތަކުގައި އަލީއާދަމް ހުރުމުން ހިސާން ވަނީ އެކަމާވެސް ހިތްހަމަނުޖެހިފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post