ދެފުއްކެހެރި “ބެހޭ” މިނިސްޓުރީން ހުތުބާ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި

By admin Jun7,2024

ރާއްޖޭގެ ދެފުށްކެހެރި އިސްލާމީ ކަންތައްތަކާ “ބެހޭ” އެންމެ މަތީ މަޖިލީހުން ހުކުރު ހުތުބާ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި ކަމަށް ދީނީ އިލްމުވެރިން ބުނަން ފަށައިފިއެވެ.
ޑޮކްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ފާސްކުރި ހުކުރު ހުތުބާއަކީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލި ހުތުބާއެކެވެ.
ފަލަސްތީނުގެ އަގުސާ ހިމާޔަތް ކުރުމަށް އިސްލާމީ އުއްމަތަށް ވާޖިބު ވާނެއޭ ކިޔާފައި އޭނާ ހުތުބާ ތައްޔާރުކުރިއިރު އެހުތުބާގައި ފަަލަސްތީނު އަގްސާ މިސްކިތް ސަލާމަތްކުރުމަށް މުސްލިމުން ކުރަންވީ ކަމަކީ ހަމައެކަނި ދުއާކުރުން ކަމަށް ދޭހަވާ ގޮތަށް ޝަހީމް ވަނީ ރައްޔިތުންގެ ސިކުނޑިތައް ދޮވެލަން މަސައްކަތް ކޮށްފައެވެ.
ފަލަސްތީނަކީ ދެ ދައުލަތެއް އޮންނަން ޖެހޭ ތަނެއް ކަމަށްވެސް ގަބޫލު ނުކުރާ ޑރ.ޝަހީމް އިސްލާމީ ފިގުހުގެ ބައެއް އެއްޗެހީގެ މާނަ ކުރަނީ އޭނާއަށް ފެންނަ ގޮތަށް ޒަމާނީ ހެދުން އިސްލާމީ ހުކުމްތަކަށް ފައްތައިގެންނެވެ.
އިއްޔެ ޝަހީމްގެ ހުތުބާގައި ވަނީ ފަލަސްތީނުގައި ހުރި މިސްކިތް ސަލާމަތްކުރުން އެއީ ވާޖިބެއް ކަމަށެވެ. ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށްވީއިރު “ވާޖިބު” ގެ މާނަ ޝަހީމް ވަނީ ގަދަވެގެންވާ ސުންނަތަކަށް ހަދާފައެވެ.
ހަގީގަތުގައި ވާޖިބެއް ދޫކޮށްލައިފިނަމަ ފާފަވެރިވާނެއެވެ.
އެހެންކަމުން ޝަހީމް ބުނާގޮތަށް ކަންތައް ކޮށްފިނަމަ އަހަރެމެން ހުރިހާ މައިންނަކާއި ބަފައިންގެވެސް ކައިވެނި ރޫޅި އެންމެންނަކީ ކާފަރުންނަށްވެސް ވެދާނެއެވެ.


ޝަހީމަކީ ޓެރަރިޒަމް އަށް ފައިނޭންސް ކުރި މީހެއް ކަމަށް އެއްބަޔަކު މީގެ ކުރިން ބުންޏަސް އެފަދަ އެއްވެސް ހަރުކަށި ކަމެއް ޝަހީމްގެ ފަރާތުން އަދި ނުފެނެއެވެ. އޭގެ ބަދަލުގަިއ ފެންނަނީ ދީނީ ކަންތައް އޮޅުވާލައި ވަޟުއީ ކަންތައް ދީނުގެ ތެރެއަށް ވައްދައި އިސްލާންދީން ގަޑުބަޑުކުރުވާ މަންޒަރެވެ.

އިއްޔެ ހުކުރު ހުތުބާގައި ވާގޮތަށް ކަންތައްކުރާނަމަ ދިވެހިންގެ ތެރެއިން އެއްބަޔަކު ޖިހާދަށްވެސް ގޮސްދާނެއެވެ،
ސަބަބަކީ އަޤްސާ ސަލާޟަތްކުރުން އެއީ ޝަހީމް ބުނެފައިވަނީ “ވާޖިބް” ކަމަށެވެ.
ވާޖިބުގެ މާނައަކީ އެކަމެއް އެއީ އިސްލާމް ދީނުގައި ކޮންމެހެންވެސް ކޮށް ނިންމަން ޖެހޭ ކަމެކެވެ. އެކަން ނުކޮށްފިނަމަ ފާފަވާނެއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post

Leave a Reply

Your email address will not be published. Required fields are marked *