ބްރޭކިންގ ނިއުސް: ޙައްޖު ވާޖިބު ނުވާ މީހުންވެސް ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވައިފި

By admin Jun7,2024
ސަރުކާރުގެ ޚަރަދުގައި ޙައްޖު ވާޖިބު ނުވާ މީހުންވެސް ގެންދަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީ ތެރެއިން އެބަ ބުނޭ

ދައުލަތުގެ ބައިތުލްމާލުގައި ހުންނަ ފައިސާ އަކީ ރައްޔަތުން އެންމެންގެ މަސްލަހަތު އެކުލެވޭ ކަންތަކުގައި ޚަރަދުކުރުމަށް ހުންނަ ފައިސާ. އެ ފައިސާ ވަކި ބަތަކަށް ޚަރަދުކުރާ ނަމަ އޭގެ އަޑީގައި އޮތް ދީނީ ނުވަތަ އިޖުތިމާއީ މަސްލަހަތު ބުނެދެންޖެހޭ. ރައްޔަތުންގެ ޟުރޫރީ ބޭނުންތައް ނުފުދިފައިއޮތްވާ އަދި ދައުލަތް ދަރަނިވެރިވެފައި އޮތްވައި ހައްޖު ވާޖިބުނުވާބަޔަކު ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުވުމުގައި އޮތީ ކޮން ދީނީ މަސްލަހަތެއްތަ! ދަރަނިވެރިވެފައިވާ މީހާގެ މައްޗަށް ވާޖިބުވާނީ ސަދަގާތްކުރުމުގެ ކުރީގައި އޭނާގެ ދަރަނި ދެއްކުން . ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނީގޮތުން ލިބިދޭ އިޚުތިޔާރުގެ ދަށުން ހިތުހުރިގޮތަކަށް ބައިތުލްމާލުން ޚަރަދުކުރުމުގެ ހުއްދަ ދީނީގޮތުން އޮތްކަމަށް ދެކޭނަމަ ކުރީގެ ސަރުކާރުގައި އެމް.ޑީ.ޕީ. ން ކުރި ޚަރަދުތަކާ ދެކޮޅަށް ދައްކާނެ އެއްވެސް ވާހަކައެއް އޮވެގެންނުވާނެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post