ޖޭއެސްސީ ގައި އެމްޑީޕީގެ ހީލަތްތެރި ރޭވުން

By admin Jun3,2024
ރާއްޖޭގެ ޝަރުއީ ނިޒާމް ގަޑުބަޑު ކުރުމަށްޓަކައި އެމްޑީޕީން ވަނީ އެމީހުން ބޭނުންވާ ބަޔަކަށް ފަނޑިޔާރުކަން ދިނުމަށްޓަކައި ، ނަޒާހަތްތެރި ބައެއް ފަނޑިޔާރުން ބޭރުކޮށްލާފައި. ޝަރުޢީ ނިޒާމް ހަލާކުކޮށްލި އެމްޑީޕީއަކީ އިޒްރޭލުގެ ޔަހޫދީންނަށްވުރެ ނުބައި ބައެއް

އެމް.ޑީ.ޕީ.ގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖުޑީޝަލްސަރވިސް ކޮމިޝަން( JSc ) ގެ ނުފޫޛުން ކޯޓުތަކުގެ 10 ޗީފް އެޑްމިނިސްޓްރޭޓަރުންން ވަކިކުރީ ވަކިބަޔަކަށް ވަޒީފާ ހޯދައި ދިނުމަށެވެ.

އޭރު ކޯޓުތަކުގައި އެޑްމިނިސްޓްރޭޓަރުންގެ ވަޒިފާގައި ވަކިކުރި ފަރާތްތައް ތިއްބެވީ އެމަޤާމަށް އިއުލާނުކުރުމުން އިންޓަވިޔުއިން ފާސްވެ އުޞޫލުގެ ތެރެއިން ވަޒީފާ ދީގެންކަމަށް ވީނަމަވެސް ޖުޑީޝަލްސަރވިސް ކޮމިޝަން މެދުވެރިވެ ކުއްލިއަކަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިމިސްޓްރޭޝަނުން މަސައްކަތު ގެ ފެންވަރުވަޒަންކުރުމުގެ އުޞޫލެއް ތަޢާރަފް ކުރުމަށް ފަހު ފަނޑިޔާރުންނަށާއި ، ދަންނަމީހުންނާއި ނުދަންނަ މީހުންނަށް ފޯމުތަކެއް ފޮނުއްވުމަށް ފަހު ފެންވަރު ވަޒަންކުރުމުގައި ބަލާ މިންގަނޑަށް މާކުސް ނުލިބުނުކަމަށް ނިންމުމަށް ފަހުގައެވެ. މާކްސް ދިން ބައެއް ފަރާތްތަކަކީ ، ކޯޓުއެޑްމިނިސްޓްރޭޓަރުންގެ މަސައްކަތަކީ ކޮބާކަން ނުވެސް ދަންނަ މީހުންނެވެ. އަދި އެމަޤާމުގައި ތިއްބެވީ ކޮންކޮން ފަރާތްތަކެއްކަން ވެސް އެގިފައި ނުވާ މީހުންނެވެ.

ކޯޓު އެޑމިނިސްޓރޭޝަންގެ މަޤާމު އުވާލުމަށްފަހު އަވަސް އަރުވާލައިގެން ޗީފް އެޑްމިނިސްޓްރޭޓަރު ގެ މަޤާމެއް އެމްޑީޕީން އުފައްދަން ރޭވިއެވެ. އެއަށްފަހު މީހުން ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާން ކުރިއެވެ. ނަމަވެސް 10 ކޯޓު އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރި މައްސަލަ ފަޒީފާ އާއި ބެހޭ ޓްރެބިއުނަލަށް ހުށަހަޅާފައިވުމުން ،އެމަޤާމަށް މީހަކު ހަމަނުޖެއްސުމަށް ޓްރެބިޔުނަލުން ޢަމުރުކޮށްފައި ވާތީ ، ޖޭ.އެސް.ސީ. ކުރަން އުޅުނު ހީލަތްތެރި މަސައްކަތް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އެންމެ ފަހުން އެމައްސަލާގައި ވަޒީފާ އާބެހޭ ޓްރެބިޔުނަލުން ވެސް ނިންމެވީ ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި އެއްކޮޅަށެވެ. އެފަރާތްތައް އޭރު ތިއްބެވި. ވަޒީފާ އިޢާދަ ކުރުމަށް އަންގައެވެ. އެއަށް ފަހު JSC ގެ ފަރާތުން އެމައްސަލަ ހައިކޯޓަށް އިސްތިއްނާފް ކުރިއެވެ. ހައިކޯޓުގެ އިސްތިޢްނާފުން ވެސް ނިންމެވީ ވަޒީފާ އިއާދަދަކުރުމަށެވެ. ހައިކޯޓުގެ ނިންމެވުން ވެސް JSC އަކަށް ކަމަކު ނުދިޔަައެވެ. ސްޕްރީމް ކޯޓަށް އިސްތިއްނާފް ކުރިއެވެ.
އެހެން ނަމަވެސް ސްޕްރީމް ކޯޓުން 26މޭ2024ގައި މިވަނީ ، ހައިކޯޓުކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ޙުކުމް ކުރައްވާފައެވެ.

މިޙުކުމާއެކު ، ފާހަގަވާ އަނެއްކަމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަން(DJA) ހިނގަމުން ދަނީ JSC. ގެ ދަށުންކަމަށް ވީނަމަވެސް ޑިޕާޓް މަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދަޢްވާކުރުމާއި ދަޢްވާ ލިބިގަތުމުގެ އިޚްތިޔާރު ލިބިދޭ ތަނަކަށްވާއިރު DJA ގެ މަސައްކަތްކަތްތަކަށް JSC ނުފޫޛް ފޯރުވަމުން ގޮސްފައިވާކަމެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post

Leave a Reply

Your email address will not be published. Required fields are marked *