އެމްޑީޕީން ފަނޑިޔާރެއްގެ ދުވަސް ދުއްވާލި ގޮތް

By admin May26,2024

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުކޮށް ވަޒީފާއިން ވަކިކުރުމުގައި ބޮޑެތި އިޖްރާޢީ ގޯސްތަކެއް MDP ގެ ސިޔާސީ އެކްޓިވިސްޓުން ގެ މެޖޯރިޓީ އޮތް ޖުޑީޝަލްސަރވިސް ކޮމިޝަނުން ހަދާފައިވާކަން މިނޫހުން ބެލި ބެލުމުން ހާމަވެއްޖެއެވެ. މަޢްލޫމާތު ލިބިފައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަައެއްގެ ތަޙުޤީޤު ހިންގުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައިސް މުޙައްމަދު ނަޝީދު ގެ ވެރިކަން ވެއްޓުމާއި ގުޅިގެން އިސްވެ ހިންގި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިން ހާދިސާ އާއި ގުޅިގެން އިހަވަންދޫ މެޖިސްޓްރޭޓު ކޯޓުގައި ދަޢްވާ އުފުލާފައިވާ ޢަބްދުލްމާނިޢް ޙުސައިނުއެވެ.

ޢަލީ އާދަމް ގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެއްވިދުވަސްވަރު މާނިޢު JSC އަށް ދުރުވެ ހުންނެވީ އޭނާގެ މައްޗަށް ކުރެއްވި ޖިނާޢީ ދަޢްވާ އަނބުރާ ގެންދެވުމުން ޤާނޫނީ ވަކީލުންގެ ފަރާތުންނެވެ. އެމައްސަލަ އަނބުރާ ގެންދެވިކަމަށްވަނީ ކޯޓަށް ޙާޟިރުކުރުމަށް ބެލިއިރު ދީފައިވާ އެޑްރެހުގައި އޭނާ ނޫޅުއްވުމުގެ ސަބަބުން ޙާޟިރުކުރެވިފަަައި ނުވުމުންކަމަށްވެއެވެ. ޢަލީ އާދަމް ގެ މައްސަލަ ބެއްލެވިއިރު މާނިޢްގެ މައްޗަށް ޖިނާޢީ ދަޢްވާއެއް ކުރެވުނުވާހަކަ ޢަލީ އާދަމް ދެންނެވުމުން ދަޢްވާއެއް ކުރެވުނު ބޭފުޅަކު ތަޙްޤީޤު ކޮމެޓީގަައި ނުހިމެނޭކަމަށް ހެއްދެވުމަށް އިތުރުފުޅު ހެއްދެވިކަމުގައިވެއެވެ.

ނަމަވެސް ޢަލީ އާދަމް އިތުރަށް ތަފްޞީލު ކޮށް ދެއްވުމުން މާނިޢު ވަނީ އޭނާގެ މައްޗަށް ދަޢްވާއެއް ކުރިކަމަށް އިއްތިރާފްވެފައިވާކަމަށްވެއެވެ. އަދި ޢަލީ އާދަމް ތަޙްޤީޤުގައި ދެއްކެވި ބައެއް ވާހަކަތައް ރިޕޯޓުގައި ހިމަނާފައި ނުވުމުން އެވާހަކަ ދެންނެވުމުން JSC އިން އެކަން އިޞްލާޙް ކުރައްވާފައި ނުވާކަމާއި އެގޮތުން ޢަލީ އާދަމް ވަކިކުރެއްވުމަށް މަޖިލީހަށް JSC އިން ފޮނުއްވި ރިޕޯޓު ގެ ޞައްޙަކަން ޔަޤީންކުރެވިފައި ނުވާކަމާއި މަޖިލީހުން އެރިޕޯޓު ކިޔައި ދީފައި ނުވާކަން ވެސް ވަނީ އެނގިފައެވެ. ޢަލީ އާދަމްގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަތައް JSC އަށް ހުށަހެޅުމާއެކު މާނިޢްގެ ފަރާތުންނާއި JSC ގެ ފަރާތުން ސަކުވާތަކުގެ ލިޔުންތައް ނޫސްވެރިންނާއި ހިއްސާ ކުރަމުން ގެންދެވިކަމާއި ޢަލީ އާދަމް ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ޢަލީ އާދަމްގެ ޢަބުރުކަތިލުމަށްޓަކައި JSC އިން ނޫސްބަޔާންތައް ނެރެ ޒާތީވެ ޖެއްސުންކުރާ ގޮތަކަށް ޢަމަލުކޮށްފައި ވާކަން މިނޫހުގެ ހޯދުންތަކުން ދެނެގަނެވިފައިވެއެވެ.

މީސްތަކުންގެ ޢަބުރާއި ފުރާނަ އާއި މުދަލަކީ ދީނުގައި ހުރުމަތްތެރިކުރައްވާފައިވާކަންކަމެވެ. އެއިންކަމަކަށް ގެއްލުންދިނުމަކީ ދީނީގޮތުން ޖިނާޢި ކުށެކެވެ. އަދި ދައުލަތެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިދެންނެވި އަސާސްތައް ރައްކާތެރިކޮށް ދެމެހެއްޓުންކަމުގައި ވީނަމަވެސް އެކަމަށް JSC އިހުމާލުވެފައިވެއެވެ.

އެނގިފައިވާގޮތުން ޢަލީ އާދަމް ފަންޑިޔާރުކަމުން ވަކިކުރެއްވީ އޭނާގެ ސުލޫކީ މައްސަލަ އެއް ބެލިގޮތް ފަންޑިޔާރުން ގެ އިސްތިޢްނާފް މަޖިލީހުން ބައްލަވަމުން ގެންދަވަނިކޮށެވެ. ފަނޑިޔާރަކާއި މެދު ޖޭ .އެސް.ސީ. އިން އަޅުއްވާ ސުލޫކީ ފިޔަވަޅަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ ފަނޑިޔާރަށް ހަމައެކަނި އިންސާފް ހޯދުމަށް އޮންނަ ފުރުޞަތަކީ ފަނޑިޔާރުންގެ އިސްތިޢްނާފު މަޖިލީހެވެ. އެމަޖިލީހުން ގޮތެއް ކަނޑަ އަޅަންދެން ފަނޑިޔާރުކަމުން ވަކިކުރެއްވުމަށް ވޯޓަށް އެހުން ލަސްކޮށްލަ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމަށް ސިޓީއަކުން ޢަލީ އާދަމް ދެންނެވިކަމަށް ވެއެވެ.

ނަމަވެސް އެސިޓީއަށް ޖަވާބެއް ދެއްވާނެކަމުގެ އިންތިޒާރުގައި ހުންނަވަނިކޮށް ޖަވާބެއް ދިނުމެއް ނެތި އަދި ވޯޓަށް އެހުމުގެ ޖަލްސާ ތާވަލު ކުރިކަން އަންގާލުމެއް ނެތި މަޖިލީހުގައި އޮތް MDP ގެ މެޖޯރިޓީ ގެ ބޭނުން ކޮށް ޢަލީ އާދަމް ވަނީ ވަކިކުރައްވާފައެވެ. މިނޫހުންކުރި ދިރާސާ އިން އެނގުނު މުހިއްމު އެއްކަމަކީ ފަނޑިޔާރުންނަކީ ، ވަކިފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަންކަމާއެކު ޝަރީޢަތްތައް ކުރައްވަންޖެހޭ ބޭފުޅުންކަމަށް ވާއިރު JSC ގައި ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ތިއްބަވާ ގޮތަށް އެކޮމިޝަނު ގެ ޤާނޫނު ބައްޓަން ކޮށްފައި އޮތުމަކީ ސިޔާސީ ނުފޫޛުން ކޯޓުތައް މިނިވަންކުރުމަށް އޮތް ހުރަހެއްކަމުގައި ފާހަގަކުރެވުނުކަމެވެ. ފާހަގަކުރެވުނު އަނެއްކަމަކީ
. ޖޭ. އެސް.ސީ.ގައި ސިޔާސީ ނުފޫޛް ނެތްނަމަ އޮޅުވާލުމެއްގެ ތެރެއިން މާނިޢު ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނު ކުރެއްވުމުގެ ފުރުޞަތު ނުއޮތީސްކަމެވެ

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post