ޖޭއެސްސީ އިން ޓެރަރިސްޓަކަށް ވަޒީފާ ދިން މައްސަލަ

By admin May25,2024

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު MDP އިސްވެ އޮވެ ހިންގި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ދިނުމާ އަލިފާން ޖެހި ޙާދިސާ ގައި PG އޮފީހުން ދަޢްވާކުރި 22 މީހުންގެ ތެރޭގައި ހިމެނޭ މީހެއް

ޑރ. މުއިއްޒުގެ ރިޔާސީ ދައުރު ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް MDPގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮންނަ JSC އިން MDP ގެ އެކްޓިވިސްޓެއް ކަމަށްވާ ހއ.އިހަވަންދޫ ޢަބްދުލްމާނިޢް ޙުސައިން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރައްވާަފައިވެއެވެ.

އޭނާ އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު MDP އިސްވެ އޮވެ ހިންގި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ދިނުމާ އަލިފާން ޖެހި ޙާދިސާ ގައި PG އޮފީހުން ދަޢްވާކުރި 22 މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް އެމައްސަލަ އޭރު ބެއްލެވި އުލިގަމް މެޖިސްޓްރޭޓު ކޯޓުގެ ރިޓައިޑް މެޖިސްޓްރޭޓް ނަޞީރު ބުނުއްވައެވެ.

ޓެރަރިސްޓެއް ދަޢްވާއަށް ފިލައިގެން އުޅެނިކޮށް MDP ގެ އެކްޓިވިސްޓަކަށް ވާތީ ދަޢްވާ އަނބުރާ ގެންދިޔުމުން قانونى ވަކީލުންގެ ފަރާތުން JSC ގައި އިނދެފައި MDP އާއި the Democrat’s ގެ އެކްޓިވިސްޓަކަށްވެފައި ޙިޝާނު ޙުސައިން މާބޮޑަށް ގަޔާވާ މީހަކަށް ވުމުން ޑރ. މުޢިއްޒު ހުވާކުރެއްވުމުގެ ކުރިން އިންތިޤާލީ މަރުޙަލާގައި ހައިކޯޓު ގެ ފަނޑިޔާރަކަށް ޢައްޔަނުކުރެވުނެވެ. މިނާ ގެ މައްޗަށް އުފުލުނު ދަޢްވާ އާއި ބެހޭ މަޢްލޫމާތު PG ގައި ހުންނަންވާނެއެވެ.

އެމައްސަލާގައި މާނިޢް ހިމެނޭ ގޮތުން 22 މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ހއ.އިހަވަންދޫ މ.ކޯޓަށް ޖިނާއީ ދަޢްވާ އެއް ކޮށް 3މީހެއްގެ މަށްޗަށް ދަޢްވާ ސާބިތުވެ މާނިޢް ކޯޓަށް ފިލައިގެން އުޅޭތީވެ ޙާޟިރު ނުކުރެވި އުޅެނިކޮށް އޭނާގެ މައްޗަށް ކުރި ދަޢްވާ ޕީ. ޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވާކަމަށާ އެދަޢްވާއަކީ މާނިޢްގެ މައްޗަށް ސާބިތުވުން ގާތް މައްސަލައެއްކަމަށް ވެސް ނަޞީރު ބުނުއްވައެވެ. ޢަބްދުލްމާނިޢް ޙުސައިނު ގެ މައްޗަށް ދަޢްވާކުރެވުނު މައްސަލަ PG އަނބުރާ ގެންދިޔުމުން ޤާނޫނީ ވަކީލުންގެ ފަރާތުންJSC ގެ މެންބަރަކަށް އައުމަށް ފަހު ފަނޑިޔާރުކަމަށް ޢައްޔަނުކުރުމާ ޖެހެންދެން ހުންނެވީ JSC މެންބަރަކަށެވެ. JSC ގެ މެންބަރުކަމުން އިސްތިޢްފާ ދީފައިވަނީ ފަނޑިޔާރުކަމަށް ޢައްޔަނުކުރާނެކަމުގެ ޔަޤީންކަން ލިބުމާއެކުގައިކަމަށް ވެއެވެ.

ސ. ސުވާލަކީ ޖިނާޢީ ދަޢްވާއެއް ކުރެވިފައިވާ މީހަކު އަދި ކޯޓަށް ފިލައިގެން އުޅުނު މީހަކު އަދި އޮޅުވާލުމެއްގެ ތެރެއިން JSC ގެ މެންބަރަކަށް އައި މީހަކު ފަނޑިޔާރުކަމަށް ޢައްޔަނުކުރުން ހުއްދަވާނެތޯއެވެ . .

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post