ފެނަކަ ދަވާލައިފި – އަދަދެއް ހިސާބެއް ނޭނގޭ

By admin May25,2024

ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިނގަމުންދިޔަ ކޮރަޕްޝަންތައް އެއީ މުޅި ގައުމު ދަންނަ އެކަމަކުވެސް ފިޔަވަޅު އަޅައި ހުއްޓުވަން ނުކެރުނު ޖަރީމާ ތަކެކެވެ. ފެނަކަ އުފެދުނީއްސުރެވެސް އެއީ ކޮރަޕްޝަނުގެ ހާއްޔެކެވެ. ނަމަވެސް މިސަރުކާރު އައިސް ތަހުގީގުކޮށް ފިޔަވަޅު އަޅަން އެންގީ ފާއިތުވީ ފަސް އަހަރު ތެރޭގައި ހިންގި ޖަރީމާ ތަކެވެ.

ފެނަކާ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ވިދާޅުވި ގޮތުގައި ބިލް އޮފް ކުއަންޓިޓީސް (ބީއޯކިޔު) އެސެސްމަންޓްތަކާއި މާކެޓް ވެލިއު އިވެލުއޭޝަން ފަދަ މުހިންމު ފިޔަވަޅުތައް ފަހަނައަޅައި ގޮސް ސްޓޭންޑަޑް ޕްރޮސީޖާތަކަށް ތަބާނުވެ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓްގެ ތެރެއިން 25 ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވެ އެވެ. ހަގީގަތަކީ ޕްރޮޖެކްޓްތައް ދީފައިވަނީ ބޮޑެތި ކަޓު ލިބޭގޮތަށެވެ. ލާރިކޮޅު ބަހާލީ އޭރުގެ އެމްޑީ އާއި ޕްރޮކިއުމެންޓުގައި އުޅުނު ޔަންގު ބޯއީސްތަކުގެ މެދުގައެވެ. ބައެއް ފަރާތްތަކަށް ޕްރޮޖެކްޓު ތަކުން ފައިސާ ނުދީހުރިއިރު، ކަޓުލިބޭ ޑީލްތަކުގެ ގިނަ ބިލްތަކަށް ހުރީ ފައިސާ ދީފައެވެ. މިފައިސާތަކުން މުއްސަނދިވެ ހާލުގައި މާލޭގައި ކޮޓަރީގެ ކުލި ނުދެއްކިގެން އުޅުނު ޕްރޮކިއުމެންޓުގަ އުޅޭ މުވައްޒަފުން ސައިކަލާއި ލޯންޗުފަހަރާއި އަގުބޮޑެތި ގޯޕްރޯއާއި އަދިކިއެއްތަ މާލޭން 3 ކޮޓަރީގެ އެޕާޓްމަންޓުތައް ނަގައި ރަށުގައި ފިހާރަތައްވެސް ހުޅުވައިފިއެވެ. ކުންފުނި ދަރަނީގެ ތެރެއަށް ޣަރަގުކޮށްލައި ގިނަ އަދަދެއްގެ ސަޕްލަޔަރުންނަށް ދައްކަންޖެހި އެކަމަކުވެސް ފައިސާ ހިފަހައްޓާލުމަށްފަހު މިމީސްމީހުން ބޭނުންވާ ބިލްތަކަށް ފައިސާ ދޫކޮށްގެންނެވެ.

. އެކަމަކު އޭރުގެ އެމްޑީއާއި އަދި ކުރިން އަނގަޔާ އަތާއި ދިމާނުވި އޭނާގެ ބައިވެރިން ލާރިގޯނިތަކުގެ ތެރޭގައި ނިދީއެވެ. ޖެމްސިސްޓަމް ފަދަ އަގުބޮޑެތި ތަކެތިން މިލިއަނުން ފައިދާ ނަގައި ޔޫޒްޑް ސިސްޓަމްތައް ދަވާދުލައި ލޯމައްޗަށް ރީތިކޮށްލުމަށްފަހު ޗައިނާއިން ގެނެސް ރަށްރަށަށް ފޮނުވީ އިންތިހާއަށެވެ. އެގޮތުން އެކިނފަހަރުމަތިން 502 ޖެމްސިސްޓަމް ގެނައިއިރު އޭގެތެރެއިން 302 ޖެމްސިސްޓަމަކީ ދަބަރު ޖަހާފައިވާ އެތައް ޒަމާނެއްވަންދެން ބޭނުންކޮށްފައިވާ އެއްޗިއްސެވެ.،ނަމަވެސް ދަވާދުލައި ލޯމައްޗަށް އޮޅުވާލުމަށްފަހު މިތަކެތި ރާއްޖެ ގެނެސް އެކި ރަށްރަށަށް ފޮނުވީއެވެ. އެއެއްޗެހި ބޭނުންކުރެވުނީ ކުޑަ ދުވަސްކޮޅަކުއެވެ. ހަލާކުވީމާ މިބުނަނީ ކޮންމެވެސް އެއްޗެއް އެނދީޔޯލަ އެވެ.

އިތުރު 100 މިލިއަން ޖީބަށް ކަހާލުން

ފެނަކައިގެ އެކި ބުރާންޗު ތަކުގައި ހުރި އޮޅުވާލައިގެން ގުޅިގެން ރޭވިގެން ގެނެސްފައިވާ ބައު ޖެމްސިސްޓަމްތަކުގެ މައްސަލަޖެހުމާއެކު އެއެއްޗެހި މަރާމާތުކުރަން ކަމަށް ބުނެ އެކިފަހަރުމަތިން ޕްރޮކިއުމެންޓުގައި އުޅޭ ޔަންގު ކުރައުޑުން މިހެދި ގޮތަކީ އެމީހުންގެ ރައްޓެހިންގެ ކުންފުނިތަކަށް ޕްރޮޖެކްޓު ދިނީއެވެ. މުދާ ޑެލިވަރީ ނުވަނީސް ފައިސާވެސް ދޫކުރީއެވެ. އެމީހުން ކައިވެނި ޕާޓީ ބާއްވައި ތަނެއް ކުއްޔަށް ނަގަންވެގެން އެއްފަހަރާ ދެތިން ލައްކަ ރުފިޔާގެ ކަޓެއް ބޭނުންވީމާ މިއީ ކަންތައްކުރި ގޮތެވެ. މިގޮތަށް އެކިފަހަރުމަތިން މަރާމާތުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެ 100 މިލިއަން ރުފިޔާގެ ފައިސާ ބޭކާރުވެފައިވާ ކަމަށާއި، ޖެމްސިސްޓަމްތަކަށް ބޭނުންވާ މުހިންމު އެއްވެސް ސާމާނެއް ފާއިތުވި ފަސް އަހަރު ގަނެފައި ނުވާކަން ވަނީ އެނގިފައެވެ. މީގެ އިތުރުން ކުރީގެ އެމްޑީ އާއި ފެނާކާގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް މި ޖަރީމާތަކުގައި ބައިވެރިވިއިރު ، ކޮންޓްރެކްޓްތައް ހަވާލުކޮށްފައި ވަނީ ކުންފުނީގެ ލީޑަޝިޕާ ގާތް ގުޅުމެއް އޮންނަ ފަރުދުންނާއި ކުންފުނިތަކަށެވެ. ވަކިން ހާއްސަކޮށް ލަދުވެތި އެއް ތުހުމަތަކީ ޖަނަރޭޓަރު ޑެލިވަރީގެ ފައިދާހުރި ކޮންޓްރެކްޓްތަކުން ބޮޑެތި ފައިދާތަކެއް ހޯދައި، މުއްސަނދިވި ކަމަށް ތުހުމަތު ކުރެވޭ އެސްޓީއޯގެ ކުރީގެ ބޯޑު މެމްބަރެކެވެ. މިސަރުކާރު އައިސް އޭނާ ވަނީ އެސްޓީއޯގެ ބޯޑުން ވަކިކޮށްފައެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އަގުބޮޑު ކޮލެޓީ ޔަމަހާ ކާރެއް ގެނައީ މި ކޮރަޕްޝަނުގައި ބައިވެރިވި މިދެންނެވި ބޯޑު މެމްބަރެވެ. އޭނާގެ ކާރަކީ ފެނަކައިގެ ޕްރޮކިއުމެންޓުގައި އުޅޭ މީހަކަށް ހާއްސަ ޝީޓެއް ރިޒާވްކޮށްފައިވާ ކާރެކެވެ.

އިތުރު 4 މިލިއަން ރުފިޔާގެ ޕެންޑިންގ ބިލްތަކެއް ހަމައެކަނި މިދެންނެވި އެސްޓީއޯގެ އެކްސް ބޯޑު މެމްބަރާއި ގުޅިފައިވާ ކުންފުނިތަކަށް ދޭން ޖެހިފައިވާއިރު، މުޅިއެކު 4.3 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ފެނަކައިން ދޭން ޖެހިފައި އެބަހުއްޓެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post