ނޫރައިންގެ އިސްތިއުފާ: ނާގާބިލް ދެމީހެއް މުށުތެރޭގައި މަލްޓިބިލިއަން ޑޮލަރުގެ އިންޑަސްޓްރީ
އިނދަޖެހޭތީ

By admin May22,2024

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން، އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ.

އޭނާ އަކީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ފަރާތްވެސް މެއެވެ. ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ .ނޫރައިން މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އޭނާވަނީ, ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނަވާ, ފަހަކަށް އައިސް އެމްއެމްޕީއާރުސީ ތަމްސީލުކުރަންވެސް ފަށާފައެވެ.

އެހެންނަމަވެސް އެއީ އޭނާގެ މަސްއޫލިއްޔަތުގައި ހިމެނޭ މަސައްކަތެއް ނޫނެެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ނަމުގައި މީޑިއާތަކަށް އިންޓަވިއު ދިނުމާއި އަދި އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ނަމުގައި ޕެނަލް ޑިސްކަޝަންތަކުގައިވެސް ފަހަކަށް އައިސް އޭނާއަށްވަނީ ބައިވެރިވާން މަޖުބޫރު ވެފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިމަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ, މީޑިއާތަކަށް އިންޓަވިއު ދިނުމާއި, އަދި އިނގިރޭސިބަހުން ބާއްވާ ޕެނަލް ޑިސްކަޝަންތަކަށް އެރުމަށް އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު އުޒުވެރިވުމާއި ގުޅިގެން, އެމަސްއޫލިއްޔަތު އަދާކުރުމަށް މަޖުބޫރު ވެގެންނެވެ.

ހަމައެއާއެކު, މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު އަބުދުއްރަހީމްގެ

ދަރިފުޅު އިބުރާހިމް ފައިސަލް އިނގިރޭސިބަހުން ދެމުންދާ އިންޓަވިއުތަކާއި ގުޅިގެން ރާއްޖޭގެ އަގުބޮޑު ފަތުރުވެރިކަމުގެ ސިނާއަތުގެ މޫނުމަތި ހުތުރުވެ, އެސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ޒިންމާ ނޫރައިން އުފުލަން ބޭނުން ނުވާކަމަށްވެސް މައުލޫމާތު ހިއްސާކުރި މިސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިމަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ, މީޑިއާތަކަށް އިންޓަވިއު ދިނުމާއި, އަދި އިނގިރޭސިބަހުން ބާއްވާ ޕެނަލް ޑިސްކަޝަންތަކަށް އެރުމަށް އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު އުޒުވެރިވުމާއި ގުޅިގެން, އެމަސްއޫލިއްޔަތު އަދާކުރުމަށް މަޖުބޫރު ވެގެންނެވެ.

އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް ”ބްރޯކެން އިންގްލިޝް“އިން މީޑިއާތަކަށް ދެމުންދާ އިންޓަވިއުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެ އިންޓަރވިއުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ވުމުގެ ބަދަލުގައި އެ އިންޓަވިއުތައް ވެގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ނެގެޓިވް ކެމްޕޭންއަކަށެވެ.

މިއީ ދިޔަވަރު އޮންލައިންގެ އަސްލެއް

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post