ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް، މަޖިލީސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި އެބައޮތެވެ. އެހާލަތު ތަކާއި ފުށުއަރާ ގޮތަށް ބަޔަކު އަމިއްލަ މަންފާ އަކަށް ބިލެއް ފާސްކުރީމާ މުއިއްޒު އަވަސް އަރުވާލައިފައި އޭތީގަ އޮތީ ކޯޗެއްތޯ ވެސް ބަލާނުލާ ކަމަށް ބަޔަކު މީހުން އެބަ ބުނެއެވެ.

ޕާޓީ ބަދަލުކުރުމުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުންގެ ގޮނޑި އޮޓޯއިން ގެއްލިފައި، މެންބަރުން ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭކަން އެނގި ހުރެ ދެފުށްކެހެރި ބިމެއްގައި މުއިއްޒު ސޮއި ކުރީ ޑީލެއްގެ ދަށުން ތޯ ނޫނީ އޭނާއަށް ކެމްޕޭނަށް ވަގުތު ނެތިގެން އެއްކޮށް ނުކިޔަނީތޯ މިއީ އުފައްދާ ސުވާލެކެވެ

މައިގަނޑު ތިން ހާލަތެއްގައި މަޖިލީސް މެންބަރުން މަގާމުން ‘އިސްތިއުފާ ދޭންވާނެ’ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ. އެއީ:އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން] އަދި އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން މި ކަންތަކެވެ.

މިގާނޫނު ފުރިހަމަ ނުވާއިރު މީގައި މުއިއްޒު ސޮއިކުރީ އޭނާ އަމިއްލައަށް 6 މީހަކު ފާޅުގައި މަޖިލީހަށް ނެރޭތީ އެވެ. އެހެންކަމުން އެމީހުން ޕީއެންސީ އަށް ސޮއި ކޮށްފިނަމަ ގޮނޑި ގެއްލޭނެ ހާލަތު އަންނާނެތޯ ނުވަތަ ނޫންތޯ ވިސްނާލުމަށްފަހު ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއްގެ ގޮތުން އެ ބިލް ތަސްދީގު ކުރީއެވެ