އީވާ މަޖިލިސް ގޮނޑީގައި 15 އަހަރު އިނދެފިއެވެ. ބަޔަކު ހުވަފެނުގައި ވެސް ނުދެކޭހާ ލާރި ހަދައިފިއެވެ. މަޖިލީހުގައި 15 އަހަރު އިނުމުގެ ސަބަބުން މުޅި އޭޝިއާ ރީޖަންގެ ކޮންމެ ގައުމަކުން އީވާއާއި އޭނާގެ މުޅި އާއިލާއަށް ދައުލަތުގެ ހަރަދުގައި މުޅިން ހިލޭ މުޅި އުމުރު ދުވަހު ބޭސްފަރުވާ ކުރެވެއެވެ. މީގެއިތުރުން ކޮންމެ މަހަކު 54،000 ރުފިޔާގެ އެލަވަންސެއް ލިބެއެވެ. ރައީސް މައުމޫނު މާގިނަ ދުވަހު ވެރިކަމުގަ ހުރީމާ އެއީ އިނަފް އޭ ބުނި އީވާއަށް މިވަރު އިނަފް އެއް ނޫން ހެއްޔެވެ؟

މަޖިލީހުގައި މަކުނު ސައްކެޔޮ ގަހަށް އަރައި އިންނަހެން  ގޮނޑިން ނުފައިބާންވެގެން ވައްތަރުތައް އޭނާ ޖެއްސީ އޭރު ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އޭނާގެ ކުންފުނި ‘ރިޔަން’ މެދުވެރިކޮށް ސަރުކާރުގެ މަޝްރޫއުތައް މޮނޮޕޮލައިޒް ކުރުމަށެވެ. ނަމަވެސް ރައީސް އިބޫ އީވާގެ އެ އަމަލުތަކަށް ދެކޮޅު ހައްދަވައި އީވާއަށް އެ ފުރުޞަތެއް ނުދެއްވިއެވެ.

އީވާއަށް ރައްޔިތުން ވޯޓު ދިނީ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނާއި އީވާ އާއި އޮންނަ ރައްޓެހި ރަހުމަތްތެރިކަމަކުން ނޫނެވެ. އީވާ އަކީ މާ ހެޔޮ މީހަކަށް ވީމައެއްވެސް ނޫނެވެ. އިރެއްގައި ފުޓުބޯޅަ ކުޅުނު އަދި ފަންކާގައި ވަލެއް އައްސައިގެން ކަރުގައި މަޅި ބައްދައިގެން ދަންޖެހެން އުޅެނިކޮށް ކިރިޔާ ސަލާމަތްވި ލާދީނީ ސާބެ އާއި އިނދެގެން އުޅޭތީ އެއްވެސް ނޫނެވެ.

އީވާ އަށް ގަލޮޅު އުތުރު ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ ޓިކެޓުގައި ނިކުތީމައެވެ. އެމްޑީޕީގެ ދިދައިގެ ދަށުގައި ހުރީމައެވެ. އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށެވެ. އެހެންނަމަވެސް، ރިޔަން އަށް އުސޫލުން ބޭރުން ޕްރޮޖެކްޓުތައް ނުދިނުމާއި، ބޭނުންއިރަކު ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމަށް ކުރިން ހޯދި ބާރުތައް އިބޫގެ ވެރިކަމުގައި ނުލިބުނީމާ އެމްޑީޕީ އަކީ ގޯސް ޕާޓީއަކަށް ވީއެވެ. ރިޔަން އަށް ހެސްކިޔާފަ ޕްރޮޖެކްޓުތައް އުސޫލުން ބޭރުން ހަވާލު ނުކުރީމާ ގޯސްވީ ސަރުކާރެވެ. 

އީވާއަށް ބިލިއަނުން ޑޮލަރު ލިބުނަސް ހިތެއް ނުފުރޭނެއެވެ. މަޖިލިސް ގޮނޑީގައި ބަގުޑި ބައްދައިގެން 15 އަހަރު އުޅުނީމާވެސް “އިނަފް” އެއް ނުވީއެވެ.  ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަކީ އީވާއަށް ލިބިފައިވާ ވާރުތަ މުދަލެއް ނޫނެވެ. މިދާއިރާގައި އީވާ އަށްވުރެ ހުރިހާ ގޮތަކުންވެސް ތިގޮނޑީގައި ބައިންދާނެ ރަނގަޅު ގާބިލް މީހުން އެބަތިއްބެވެ.

މައުމޫނު މާގިނަ ދުވަހު ވެރިކަން ކުރީމާ “އިނަފް” އޭ ކިޔައި ،  10 އަހަރަކީ އެންމެ ރަނގަޅު މިންވަރޭ ބުނި މީހާ މިހާރު 15 އަހަރު ވީމާ ދެން މާބޮޑަށްވެސް އިނަފް އެވެ. މިފަހަރު ރައްޔިތުން ބޭނުންވަނީ އީވާ ނޫން ގޮތެކެވެ.  

މި ލިޔުން ފޮނުވި ފަރާތުގެ މައުލޫމަަތު ވާނީސިއްރު ކުރެވިފަ އެވެ. ބިތުފަންގި ނޫހުން ޕޮލިސީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ތިއެންމެ ބޭފުޅުންނަށް އަރުވަމެވެ!