ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ވަޒީފާގެ ބިރު ދައްކަން ފަށައިފިއެވެ.

ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަދި ހާއްސަކޮށް ކުންފުނިތަކުގެ ވެރިންނާއި ކޯޑިނޭޓަރުން ދަނީ އެތަންތަނުގައި އުޅޭ މުވައްޒަފުންގެ ސިޔާސީ ވިސްނުން ހުރި ގޮތާއި މެދު ފާރަލަމުންނެވެ. އަދި ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ނޫޅެވޭނެ ވަރު ކޮށްދިނުމަށް ޕްލޭންތައް ހެދުމަށްވެސް ވަނީ އޮފީސްތަކުގެ ވެރީންނަށް އަންގާފައެވެ.

ސަރުކާރަށް ވޯޓު ނުދޭނަމަ ސެކްޝަން ބަދަލު ކުރުމާއި، ވަޒީފާ އަދާކުރަން ހުރި ރަށް ނޫން އެހެން ރަށަކަށް ޑިއުޓީ ބަދަލު ކުރުމަށްވެސް ވަނީ ޕްލޭން ހަދާފައެވެ.

މީގެ އިތުރުން، ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް މިހާރު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލާފަ އެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓިން މިކަން ކުށްވެރިކުރަމުން ބުނީ، މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންނެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ މި ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގަ ނަހަމަގޮތުގައި ބޭނުންކުރަމުން ނެވެ.