ރައްޔިތުންގެ މަޖިލީޖުގެ މިހާރުގެ ރައީސް އަދި ކުރީގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަންޓޭ އަކީ މިވަގުތު ރާއްޖޭގެ ކޯޓުތަކަށް އަތްބާނާ އެކޯޓުތަކުގެ ކޮންޓުރޯލް ނަގާފައިވާ މީހާ ކަމަށް ދޭހަވާ މޭރުމުން މަސްވެރިކަމާ ކަނޑުގެ ރިސޯސްތަކާބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނު ޖަލްސާގައި ރައީސް ޔާމީނުގެ ޝަރީޢަތް ލަސްކުރަނީ މިސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެވެސް މެމްބަރު އައްޑޫ އަސްލަމް ވިދާޅުވުމުންނެވެ.

އަސްލަމް ވިދާޅުވީ އޭނާއަކީ ޖޭއެސްސީގައި އިންނަ މީހެއްކަމުން ޔާމީނުގެ ޝަރީޢަތް އަވަހަށް ނިންމުމަށްޓަކައި މަސައްކަތް ކުރާނަމެވެ. “އަޅުގަނޑު ތިހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީނުގެ ޝަރީޢަތް ލަސްވަމުންދާ ސަބަބު ޖޭއެސްސީން ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުބަނޑު އިންނާތީ މާދަމާ އަޅުގަނޑު އެމައްސަލަ ލާނަމޭ ބަލުވާނަމޭ “