ބޭންކުން ލޯނު ދޫކުރުމަށްފަހު ނުވަތަ ދަރަންޏަށް ފައިސާ އަނބުރާ ދައްކާއިރު އިތުރަށް ދިނުމަށް މަޖުބޫރު ކުރުމަކީ ދީނީ ގޮތުން ހުއްދަ ނޫން މުޢާމަލާތެއް ކަމުގައިވިޔަސް، ބޭންކަކުން ފަރުވާލެއް ނުހުރެއެވެ. މިމައްސަލައިގައި ދާނީ ކާކު ކައިރިޔަށް ހެއްޔެވެ؟ ބޭންކު ހިންގަންވެސް ހަވާލުކޮށްފައި ހުންނަނީ ބޭރު ދޮން މީހަކާ ވިއްޔާއެވެ.

ނަސީބަކުން ރައީސް މުއިއްޒުގެ މިސަރުކާރުން ވަނީ ކޮވިޑް ދުވަސްވަރު ދޫކުރި އެސްޑީއެފްސީ އެޗްޑީއެފްސީ ލޯނުތަކުގެ އިންޓެރެސްޓް މާފު ކޮށްދެއްވާފައެވެ. އީދު ބަންދު ނިމުމާއެކު ލޯނުތަކުގެ އިންޓެރެސްޓް މާފު ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު އެގްރިމެންޓެއް ހަދައި އިންޓެރެސްޓް މާފު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ..