ރައީސް ޔާމީންގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ހުއްދަ ނުނަގައި ބާއްވަން އުޅޭ ކަމަށްބުނެ މިރޭ ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބާއްވަން ކުޑަތަންވެފައި އޮއްވައި ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ފުލުހުން ހުރަސް އަޅައިފިއެވެ.

ޕީއެންއެފް އިން ޖަލްސާއަށް ތައްޔާރުވެ އާންމު މެންބަރުންނާއި އިސްވެރިން ޣިޔާސުއްދީން ސްކޫލަށް ދިޔައިރު އެސްއޯ ފުލުހުންވަނީ ސްކޫލްގެ ގޭޓު ވަނީ ބަނދު ކޮއްފައިއެވެ. އެ ޕާޓީގެ އިސްވެރިން ފާއިތުވި ދުވަސްތަކުގައި ވަނީ މި ޖަލްސާ ބޭއްވުމުށް ސަރުކާރުން ހުރަސް އަޅުމުންދާ ކަމަށް ތުހުމަތުކޮއްފައިއެވެ.

ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މި ޖަލްސާ ޣިޔާސުއްދީން ސްކޫލު ހޯލުގައި ޖަލްސާ ބާއްވަން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ސްކޫލް ހިންގާ ކުންފުނިއަށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އެ ސްކޫލުގައި ހުއްދަ ނެތި އިވެންޓެއް ބާއްވާން މަސްއްކަތް ކުރަމުންދާ ކަމަށައި އެ އިވެންޓް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މިރޭ 6:42 ގައި އެދިފައިވާ ކަމަށެވެ.

އަދި ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ މެނޭޖްމެންޓިން މި ޖަލްސާ ރީ ޝެޑިއުލް ކުރުމަށް އެދި މަލީހު ޖަމާލަށް ފޮނުވާފައިވާ އީމެއިލްއެއް މީޑިއާ ތަކާއި ހިއްސާ ކޮށްފައިއެވެ. އޭގައި ގައަސްލު ސަބަބެއް އެނގެން ނެތްއިރު މަލީހު ހުއްދަ ނުނަގާ ކަމެއް ކުރަން އުޅޭ ކަމަކަށްވެސް ނެތެވެ. އޭގައި އޮތީ ދިމާވި މައްސަލައެއްގެ ސަބަބުން ޖަލްސާ ބާއްވަން ދީފައިވާ ފައިސާ އަނބުރާ ގެންދިއުމަށާއި އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.