ރައީސް ޔާމީނަށް އެންމެ ހެޔޮއެދޭ ބަޔަކީ ޕީއެންސީ ލީޑަރޝިޕް ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރެއްގެ ގޮތުގައިވެސް ހުންނެވި ޕީއެންސީގެ ކައްޕިތާނު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއިރު، ރައީސް ޔާމީނުގެ ދަރިފުޅު ޒޭންގެ ނަމުގައި ރަޖިސްޓްރީ ކުރާ ސިޔާސީ ޕާޓީ ހުޅުވުމުގެ ޖަލްސާއަށް ވަޑައިގަންނަވަން ހުއްދައަށް އެދިވަޑައިގަތުމުން ޕީއެންސީ ސަރުކާރުން ރައީސް ޔާމީނަށް ހުއްދަ ނުދެއްވިއެވެ.

 

ކުށުގެ ބަންދުގައި ހުންނަވާ އިރު ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަތުމަކީވެސް ކުށެކެވެ. ރައީސް ޔާމީނަށް ހުއްދަ ދޭންޖެހޭ ޤާނޫނީ ހާލަތެއް ނެތްއިރު، އެކިފަހަރު މަތީން މިހާރުވެސް ސިޔާސީ ހަރަކާތްތަކުގައި ރައީސް ޔާމީނު އުޅުއްވާއިރު އަނބުރާ އެމަނިކުފާނު ޖަލަށް ބަދަލު ނުކުރައްވައެވެ.

ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އިތުރު ކުށެއް އެޅުއްވުމަށް ބަޔަކު އަޑީގައި ތިބެގެން ކުރި މަސައްކަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރައީސް ޔާމީން ސަލާމަތް ކޮށްދެއްވީއެވެ.

ރައީސް ޔާމީނު އެ ޖަލްސާގައި ބައިވެރި ކުރުވަން ހުއްދައަށް އެދި ސިޓީ ފޮނުވީވެސް ޤާނޫނާ ހިލާފު ކަމެއްކަން އެނގި ހުރެއެވެ. މަޤްޞަދަކި ރައީސް ޔާމީނު ލައްވާ ގޯހެއް ހެއްދެވުމެވެ. ވަﷲ އަޢްލަމް.