ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ރަމަޟާނ1 މަހުގެ ހަދިޔާއެއްގެ ގޮތުން ރޯދް ވީއްލުމްށް ފޮނުވި ކަދުރު ބަހަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ. 

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކަމަށެވެ. އަދި އައިޑީ ކާޑު ހިފައިގެން ދިއުމުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. 

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ މެންދުރު 13:00އިން މެންދުރުފަހު 15:00އަށެވެ. އަދި މިމަހުގެ 14އިން 18އަށް ކޮންމެ ދުވަހަކު މެންދުރު 13:00އިން މެންދުރުފަހު 15:00އަށެވެ. އަދި މިމަހުގެ 23އިން 25އަށް ކޮންމެ ދުވަހަކު ހެނދުނު 9:30އިން މެންދުރު 12:00އަށެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ.

ސަޢުދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމަށް މިއަދު ފަށާފައިވާއިރު މާލެ ސިޓީން ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ފަޤީރުންނާއި މިސްކީނުންނަށް ބެހުންވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ފައްޓަވާފައެވެ. ގޮވާން ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގައެވެ.