ބުލީ ކުރުމާއި ދެކޮޅަށް ދިވެހި ސަރުކާރު ތެދުވެ ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބުލީ ކުރުމުން.ރައްކާތެރި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ޓާސްކުފޯސްއިން ބުނީ މުޅި ރާއްޖޭގައި ބުލީ ކުރުމާ.ދެކޮޅަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފަތުވާ ތަކާއި ހުކުރު ހުތުބާގެ ޒަރީއާއިން ވެސް އެމަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ބުލީ ހުއްޓުވަން އެކުލަވާލި ފޯސްގެ މެމްބަރު އަދި އިސްލާމިކް.މިނިސްޓަރު ވިދާޅުވި ޚުތުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން މިފަދަ ނޭދެވޭ ކަންކަން އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށާ، މިފަދަ ކަންތަކުގެ އަސްލަކީ އެކަށީގެންވާ ދީނީ ތަރުބިއްޔަތު ނުލިބުމެވެ.

ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަކުރެއްވީއްޔާ ކުރެވެން އޮތް”މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،” ޝަހީމް ވިދާޅުވި އެވެ.