ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިޓަލީގެ ރިހެބެއްގައި ފަރުވާހޯދަން ހުރެ އަޅުގަނޑުމެން ބިތުފަންގި.ކޮމް އަށް ހެއްދެވި ނެހެއްދެވި އަށް ގޮވައިފިއެވެ.

ޖާބެ އާއި އެކު އިޓަލީގެ ރޯމް ގައި 3 ދުވަހު އަޅުގަނޑުމެންގެ މީހުން ތިބިއިރު ޖާބެ ވަނީވަރަށް ހަޑިކޮށް ރައީސް މުއިއްޒުއަށް ބަވައި ގުރުއާނަށް ޖޯކު ޖަހައި މަސްތުވެގެން ހުރެ ވަރަޒސް ހަޑިކޮށް އުޅެފައެވެ. މިތަކެތި ލީކު ކުރަން ޖެހިއްޖެ ހާލަތެއްގައި ލީކު ކުރާނަމެވެ. މަޖިލިސް އިންތިޚާބަށްފަހު އަޅުގަނޑުމެން ގޮތް ނިންމާނަމެވެ.

ޖާބިރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އިޓަލީގެ ރެހެބެއްގައި މިހާރު ވަނީ ފަރުވާ ދޭން ފަށާފަ އެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އެތަކެއް އަމަލުތަކެއް ތަކުރާރުކޮށް ޖާބިރުގެ ފަރާތުން އަންނަނީ ފެންނަމުންނެވެ. އެގޮތުން އިތުރު އެހެން ވާހަކަ އެކެވެ. ތަކުރަރުކޮށް ހަޑި އައުގުރާނަ އެއްޗިހި ކިޔުންފަދަ އަމަލުތައް ފާހަގަކުރެވެއެވެ.

ޖާބިރަކީ މަސްތުވާ ތަކެތި ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރާ މަޝްހޫރު މެމްބަރެކެވެ.

ޖާބިރުގެ އަޚުލާގީ މައްސަލަތަކާއި ގުޅިގެން އެމްޑީޕީން ވަނީ އޭނާ އަށް ފިޔަވަޅު އަޅައި ކާށިދޫ ދާއިރާގެ ޓިކެޓްވެސް އަތުލާފަ އެވެ.

ހަޑިހުތުރުބަހުން ވާހަކަދައްކައި އެ އަޑު ރެކޯޑުކުރުމަށްފަހު އޭނާ އަންނަނީ އެކި މީހުންނަށް އެ ރެކޯޑިންތައް ފޮނުވަމުންނެވެ. އެފަދަ ބައެއް ރެކޯޑިންތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓަކާ ހުތުރު ބަހުން ވާހަކަ ދައްކަވައި، އެ މީހުންނަށް ނުރައްކާވާ ގޮތަށް އަމަލު ކުރެއްވި މައްސަލައިގައި އެ އެއާލައިނުން ޖާބިރަށް ދަތުރުނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. ހަޑިހުތުރުބަހުން ޕައިލެޓުންނާ ދިމާލަށް ވާހަކަދެއްކުމަށްފަހު ޖާބިރު ވަނީ މޯލްޑިވިއަންގެ ސީޕްލޭންގައި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ޖާބިރުގެ އަމަލުގެ ސަބަބުން ޕައިލެޓުންނާއި ކްރޫއިން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ސީޕްލޭންގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.